ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ބޭރުގެ ބޯޓު ސިފައިންގެ ޑްރޯން އިން ލޮކޭޓްކޮށްފައި.
09 ނޮވެމްބަރ 2025 - 19:28
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާގެ މަސްބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ މީހުންގެ ވަނަވަރާއި ފެނުނު މަސްތުވާތަކެތީގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ލަންކާގެ ނޫހުން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން އެ ބޯޓު ހޯދާފައި ވަނީ ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ.
ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން އޭރު ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާ
10 November 2025
މިހާރު ދިވެހިރާއްޖޭގައި އުޅެނީ ހުސް ފިލޯސަފަރުން. ވަރަށް މޮޅުވާނެ. ހުރިހާ ކަމެއްގެވެސް ޢިލްމާ ހިލްމާ ތަޖުރިބާވެސް ހުންނާނެ. ބޭބެމެނަށް އަތުވާވަރަށްވުރެ މާ މޮޅީ
އަލި
09 November 2025
މިއީ ދިވެހި ރާއްޖެއެވެ. ފާޑު ނުކިޔާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ވެރިކަން ކުރަންވީ ގޮތާއި، ގާނޫނު ހަދަންވާ ގޮތްވެސް އެކަން ކުރަން ހޮވާފައިތިބޭ މީހުންނަށްވުރެ ބޮޑަށް އިނގޭނީ އެހެން މީހުންނަށެވެ. އެހެންވީމައި ކަމެއް ރަނގަޅެއް ނޫވާނެއެވެ. އޮންނާނީ ފާޑުކިއުމެވެ.
1828
09 November 2025
ބިނާކުރަނިވި ފާޑުކިޔަން ޖެހޭ
ޑެޑީ
09 November 2025
ތިޔަމީހުންގެ ވާހަކަތައް މިހާގާތުން ގެނަސްދޭތީ ސާބަސްދެން. ތިޔަމީހުން މިރަށުން ފުރަންދެން ތިޔަބައިމީހުންގެ އަޕްޑޭޓްސްތައް ހަފްތާއަކު އެއްފަހަރު ގެނަސްދޭންވާނެ.
ވެންގަބޯ
09 November 2025
ދުނިޔޭގެ އެހެން ގައުމުތަކުގައި މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި އެގައުމެއްގެ ނޫސްވެރިންނަށް ދައްކާނެއެވެ ޑޮލަރު ވަގަށްނެގި މީހުން އަތުލިއިރު އަދިވެސް ޑޮލަރު ތަކަށް ވީ ގޮތެއްވެސް ނޭނގެއެވެ ހަމަ މިއައްވެސް ވާނީ އެން ކަންނޭނގެ ދޯ މީގެ އަޑުވެސް ދުވަސް ކޮޅަކުން ފަނޑުވެގެން ހިނގާ ދައިނޭއެވެ
ތީރު
09 November 2025
ނަމަވެސް، އެ މީހުންގެ ވަނަވަރާއި ފެނުނު މަސްތުވާތަކެތީގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. މީ ވަރަށް ވާހަކަ
1828
09 November 2025
ދެން މިޚަބަރުގެ ކޮމެންޓް ސެކްޝަނުން ފެންނަނީ ދިވެހި ރައްޔިތުންގެ ޝުއޫރު. އެގޮތުން ތިޔަ މަސްތުވާތަކެެތި ފުލުހުންނާ ހަވާލުކުރުމުން ވާނުވާ ނޭނގި ގެއްލޭނެ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރާތަން ފެނިގެންދާނެ. ސަބަބެއްވެސް ނެތިއެއްނޫން.