ފެނުގެ މައްސަލަ ހައްލުކުރަން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުން، އެ ރަށުގެ އިދާރާތަކުގެ އިސްވެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.-- ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް ފޭސްބުކް ޕޭޖު
11 ނޮވެމްބަރ 2025 - 13:19
ފުވައްމުލަކުގެ ސަޕްލައި ފެން ވަނީ އިންސާނުން ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަށް ތަޣައްޔަރުވެފައި ކަމަށާއި އެ މައްސަލަ ހައްލުކުރަން ދެތިން ދުވަސް ވާނެ ކަމަށް، ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އާބާދީ 13،800 އަށް ވުރެ ބޮޑު ސިޓީގައި ފެނުގެ ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރަން އިއްޔެ މެންދުރު 1:00 ހާއިރު ވަނީ ފެން ކަނޑާލައިފަ އެވެ.
އެކަމާ ގުޅިގެން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވީ، ސަޕްލައި ފެނަށް މައްސަލަ ދިމާވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ނަމަވެސް، ފެނަކައިން އިސްވެ އެކަން ހައްލުކުރަން މަސައްކަތެއް ކޮށްފައިނުވާ ކަމަށް ފިކުރީ ވިދާޅުވި އެވެ.
ފެނަކައިގެ ޕްލާންޓުން ފެން ލީކުވުމާއި އެއާ އެއްވަރަށް ފެން ނުއުފެއްދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ގޭގެއަށް ފެން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވެ އެވެ.
މި ފަހުން އާއްމުންގެ ޝަކުވާތައް ބޮޑުވުމުން، އެ ކަންބޮޑުވުންތައް ހިއްސާކުރީ ކައުންސިލުންނެވެ. އޭގެ ފަހުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އޮފިޝަލަކު މިދިޔަ ހަފުތާގައި ފުވައްމުލަކަށް ވަޑައިގެން، ފެނުގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން ޔަގީންވީ، ފިކުރީ ވިދާޅުވި ގޮތުގައި، ފެނުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމެވެ.
"އިސްސާނުން ބޭނުންކުރަން ރަނގަޅު ނުވާ ވަރަށް ދަށް ވެފައި ހުރީ ފެނުގެ ހާލަތު،" ފިކުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔުޓިލިޓީގެ ލަފައާ އެކު ފެނުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ފެނުގެ ނެޓްވޯކަށް ހައި ޑޯޒް ކްލޮރިން އަޅާފައިވެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަދި އެމްއެންޑީއެފް ގުޅިގެން ފުވައްމުލަކަށް ފެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އައްޑުއިން ވެސް ރޭގައި ފެން ކޭސް ގެންގޮސް އަދި މާލެއިން ވެސް އިތުރު ކޭސްތައް ގެންދިއުމަށް ފަހު ގޭގެއަށް އެ ބެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
އެ ރަށުގެ ފެނަކަ ބްރާންޗުން ރޭ ނެރުނު އެންގުމުގައި ވަނީ، ވޯޓާ ޕިއުރިފަޔާ ބޭނުންކޮށްގެން ބޯފެން ބޭނުންކުރާ ނަމަ، މައްސަލަ ހައްލުވަންދެން ވޯޓާ ޕިއުރިފަޔާ ވެސް ނުޖައްސަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޱރ ސިޓީ
12 November 2025
ސިޓީގެ ކޮންމެވެސް ކުއްޖަކު ބުނެދީބަލަ ތަރުޖަމާނު ބުނި ގަޱިއަށް ފެންލިބުނުތޯ އަދި ލިބުނުކަމަށްވާނަމަ އެފެނަކީ ރައްކާތެރި ފެންތޯ؟
ޱރ ސިޓީ
11 November 2025
މިކަމުގަ މިސިޓީގެ ވެރިންގެވެސް އިހުމާލު ވަރައްބޮޱު ނުވިތާކަށް ކޮމެއުނިޓީ ހެލްތުގެ ދާއިރާއިން ކިޔަވާފަ އަދި ނުލާހިކު ތަޖުރިބާހުރި ބޭފުޅުންވެސް އެބަތިބި ސިޓީ ކައުންސިލް މެމްބަރުންގެ ގޮތުގަ އެބޭފުޅުންނަށް ވ ރަންގަޅައް އެނގިވަޱައިގަންނަވާނެ ކިހާނުރައްކާ ކަމއެއްކަން މިހިނގައިދިޔާއީ ވީމާއެބޭފުޅުން ޒިންމާއިން ރެކިގެން އެތިބީ މިއަދު
ކިހާބޮޑުކަމެއް
11 November 2025
ދެން މިހުރިހާ ދުވަހަކު ރުފިޔާ ދެއްކީ ތަޣައްޔަރުފެން ބޭނުންކުރަންދޯ. ކޮބާ ބަދަލު ދިނުން؟ ފުލުހުންގެ ދައުރު؟ ހެލްތު މިނިސްޓަރީ؟ ނޫސްވެރިން؟ ނިދާފައޮންނަ ފުޑު އެންޑު ދުރަގު އޮތޯރިޓީއާ އެޗުޕީޢޭ؟ ވަރިހަމަ ވާނެ މާލެއެއް ނޫނެއްނުދޯ؟
ޱރ އޮޱިޓް
11 November 2025
ސިޓީ ކައުންސިލުން ޖެހޭނެ ފުރިހަމަ އޮޱިޓެއްހަދަން މިފަހަރު ދޫދީގެން ނުވާނެ ހުރިހާމޮޅެއް މާލެ މާލެ މާލެ އަކަށްނޫން.
ޱރ ފެން ޕްލާންޓް
11 November 2025
ފުވައްމުލަކު ސިޓީ ކައުންސިލައް ގޮވާލަން މިނިވަން ކޮންސަލްޓެންޓެއްގެ އެހީގަ ފުރިހަމަ އޮޱިޓެއްހަދަން އަދި އެރިޕޯޓް ދައުލްތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަލަން އިހުމާލެއް އޮތްކަމަށް ފެންނަނަމަ ތިޔަ ބުނާ ފެނަކަ އަށް ދައުވާކުރަން.
ދަގަތްފާނު
11 November 2025
ފެނަކައޭ އަނެކައްޗެކޭ ކިއަނީ އޮޅުވާލަން. ކ.ހުޅުމާލޭގަ ތިހެންވޭތޯ، ކ.މާލޭގަ ތިހެންވޭތޯ.
ހަހަހާ
12 November 2025
ތީ އެމް،ޑަބްލިއު،އެސް،ސީން ބަލަހައްޓާ ނެޓްވޯކް
ޕިކްސް
11 November 2025
ފެނަކައާ ދެކޮޅަށް ރައްޔިތުން އެބަޖެހޭ ދައުވާކުރަން. އަސާސީ ހިދުމަތެއްދޭއިރު މިވަރަށް ވަރުވާ ކުޑައެއް ނުކުރެވޭނެ.
މިވަރުވާއިރުވެސް ފެނަކަ ނިދާފަ
11 November 2025
މީ ދެންފުކެއް ބޮޑުވަރު އިހުމާލުވިޔަސް. މިސަރުކާރުވެސް މިދިޔަ ސަރުކާރުވެސް ހަމަ އަޅާނުލާ އޮތީ. ކޮބާތަ ރެގިއުލޭޓަރަށް ހުޅައަޅާ ޓެސްޓް ރިޕޯޓުތައް
ޱރ ހެލްތު
11 November 2025
ތިޔަ އާބާދީއަށް ފެން ފޯރުކޮށްދޭން ކިތަކެއް ޕްލާންޓް ހުރޭތޯ؟ އަދި ބެކަޕް ޕްލާންޓެއް ހުރޭތޯ ؟ ކިހާއަވަސް އަވހަކަށް މެމްބްރޭން ބަދަލުކުރޭތޯ ؟ ޤަވާއިދުން މެއިންޓަނެންސް ބަލަހައްޓާތޯ ؟ ފެނުގެ ސާމްޕަލް ޕަބްލިކު ހެލްތު ލެބޯޓްރީން ޓެސްޓް ކުރޭތޯ؟ މީ ހައްތާވެސް ސުވާލު އަދި ފެނުގެ ނެޓްވޯކް އޮތީ އެއްލައިނަކަށްތޯ؟ ނޫނީ އެކިބައިބައި ވަކިންތޯ އޮތީ؟
ބޮޱުތަނުން ފޭލް ވެފަ
11 November 2025
އަދިވެސް ވެގެން ތިޔައުޅޭ ގޮތެއް ސާފެއްނުވޭ؟ ޱީސަލިނޭޓް ކުރަން ލޮނު ނުވަތަ ތޮރުފައިގެން ބިމުންނަގާ ފެން ތޯ ޱީސަލިނޭޓް ކުރަނީ ؟ ސްޓޯރޭޖު ކިތަކެއް ތާނގިތޯ ބެނުންކުރަނީ އަދިހަމަ ވަކިން ޕްރޮޱަކްޝަން ޓޭންކެއް ހުރޭތޯ؟ ގަޱިއަކު އެއްފަހަރު އުފައްދާފެން ޗެކުކުރޭތޯ ރަށުގެ ރައްޔިތުންނަށް ފެންފޯރުކޮދޭ ނެޓްވޯކުގަ ޔޫވީ ސިސްޓަމެއް ބޭނުންކުރޭތޯ؟ ތިޔަވަރުގެ އާބާދީއަކަށް ފެންފޯރުކޮށްދޭން ކިތަކެއް ތާނގީ ހުރޭތޯ؟