ފުވައްމުލަކު: އެ ރަށުން ފެން ކެނޑުނުތާ އެތައް އިރެއް ވަނި ވެފައި.-- ފޮޓޯ: އަސަދު ފޮޓޯގްރަފީ
10 ނޮވެމްބަރ 2025 - 23:46
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ރަށުގެ ފެނަކަ ބްރާންޗުން ނެރުނު އެންގުމެއްގައި ބުނީ ފެނުގެ ހިދުމަތް ވަގުތީ ގޮތުން ކަނޑާލީ އެ ނެޓްވޯކު ސާފުކުރުމަށް ހައި ޑޯޒެއްގެ ކްލޮރިން އެޅުމަށް ކަމަށެވެ. އެހެންވެ، މި ވަގުތު އެ ފެން ބޭނުންކުރުން ރައްކާތެރި ނުވާނެތީ، އެ ފެން ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ.
ފުވައްމުލަކުގެ ގިނަ ގޭގައި ބޯން ބޭނުންކުރަނީ، ސަޕްލައި ފެން ފިލްޓާ ކޮށްގެންނެވެ.
އެ އެންގުމުގައި، ފެނުގެ ހިދުމަތް މެދުކެނޑޭ ގަޑިތަކުގައި ވޯޓާ ޕިއުރިފަޔާ ވެސް ނިއްވާލަން ވަނީ އެދިފަ އެވެ.
ފުވައްމުލަކުން ވާހަކަދެއްކި މީހަކު "މިހާރު" އަށް ބުނީ ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފައި ކަމަށާއި އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ދުވަސްވެއްޖެ ސަޕްލައި ފެނުގެ މެއިންޓެނަންސް އެކޭ ކިޔާފައި ރޭގަނޑު ފެން ކަނޑާތާ ވެސް،"
ފެނުގެ މައްސަލަ މާ ބޮޑަށް ގޯސްވެ، އެ ރަށުން ފެން ކަނޑާލީ މެންދުރު 1:00 ޖަހާއިރު އެވެ. އޭގެ ފަހުން އަދި އެ ރަށަކަށް ސަޕްލައި ފެނެއް ނުލިބެ އެވެ.
"އެބަހުރި ހަމައެކަނި ސަޕްލައި ފެނަށް ޑިޕެންޑު ވެގެން އުޅޭ ގެތައް. އެ މީހުންނަށް ވަރަށް އުނދަގޫވާނެ. ހާއްސަކޮށް، ފްލެޓުތަކުގައި އުޅޭ މީހުންނަށް ވަރަށް އުނދަގޫވާނެ." ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކުން ފެން ކެނޑުމުން، މިރޭގެ ވަގުތެއްގައި 2،000 ކޭސް ފެން އެ ރަށަށް ފޮނުވުމަށް ސިފައިން އަންނަނީ ތައްޔާރުވަމުންނެވެ.
ފެނުގެ މައްސަލަ ދިމާވެ ފެން ކަނޑާލުމުން، ފުޅީގައި ބަންދުކުރި ފެން ހޯދަން ދިޔަ މީހުން ގިނަވެ ފިހާރަތަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުމާރި
11 November 2025
ކޮބާތަ ސަޕްލައި ފެނަކީ؟ ވާރޭ ފެނަކީ ވެސް ސަޕްލައިފެން ތަ؟
ކުރަ
11 November 2025
ކޮބާ މިކަމުގަވެސް މެޑަލް ޖަހާލަން ހަވާއަރުވާލަން ދާންވާނެ ދޯ!
ޱރ ހެލްތް
11 November 2025
މިއޭ އަޱައްބާރުލާފަ އޮނަރަބްލް އަފީފު ދީދީ ދައްކާވަކައަކީ، މިފަދަކަމެއް މާލެއަށް ދިމާވިނަމަ ކަންތައްވާނެގޮތް ރ ޔާމީނުގެ ވެރިކަމުގަ ދިވެހި ރައްޔިތުންނަށް ވަނީފެނިފަ. ލަސްނުކޮށް އައިލެންޱް އޭވިއޭޝަންގެ ފުލައިޓްތަކުން ބޯފެން އުފުލުމަށް ގޮވާލަން ޛައުލަތުގެ ކަމާބެހޭ އިދާރާތަކަށް
raajje
11 November 2025
ފެނަކަފަދަ ކަރަޕުޝަންނާއި އަދިވެސް އެހެންމައްސަލަތަކުގައި ބޮއްސުންލާފައިއޮތް ތަނަކާ ސަޕުލައިފެން ފަދައަސާސީ ސެންސިޓިވް ހެލްތާގުޅިފައިވާ ކަމެއް މެނޭޖުކުރަން ހަވާލުކުރީމާ ވާނެގޮތުގެ ކުޑަމިސާލެއްތީ! ފެންބޮއިގެން ބަޔަކުމަރުވީމަ ތިކަމާ ކިރިޔާވެސް ސަރުކާރުންވިސްނާނީދޯ
ޗަނދުރިކަބު
11 November 2025
އެއްކަލަ ފިހާރަތަކުން މާލޭ ބާޒާރުން ދަސްކޮށްގެން ފެނުގެ އަގު ރަނަށް ނުހަދާބާ؟
1206
11 November 2025
ސަރުކާރުން ނުވަތަ އެހެން ބަޔަކު ވިޔަސް ގާއިމުކުރާ މި ފަދަ އާންމު ޚިދުމަތްތަކަކީ، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ މަސްލަހަތު ނެތް ބަޔަކު ގަވާއިދުން (މެދުނުކެނޑި) އިންސްޕެކްޓު ކުރަންޖެހޭ ކަންކަން.
ސަސި
11 November 2025
ބޮޑެތި ސިންގާހާ އިވެންޓު ބާއްވާއިރު މިވަަރު ކަމެއް ހައްލުކުރެވޭނެ ގޮތް ނެތް ބައެއް އަހަރުމެންނަކީ
ކަކުނިބޯ
11 November 2025
ޢެފެންހޮޅި އަސްލު އޮތީ ޤައްޒާގަތޯ އެއީ އެތާފެންވެސް ހަމައެފަދަ ކަމަށް ވަނީ.......
raajje
11 November 2025
ކަކުނިބޯ: ގައްޒާއޭކިޔައިގެން ޖޯކުޖެހުމަކީ ބަލައިގަނެވޭނެކަމެއްނޫން، އެތަނުގެ އަންހެނުންނާ ކުޑަކުދިންނާއި މުސްކުޅިން އުޅޭހާލާ އެމީހުނަށްކުރަމުންދާއަނިޔާއާމެދު ހިތާމަކޮށް ކަންބޮޑުނުވާ އެއްވެސް "ހަމަވިސްނޭ" މީހަކުމިދުނިޔޭގައިނެތް މުސްލިމަކަސް އަދި ގައިރުމުސްލިމަކަސް، މިހިތާމަކުރޭ! މިފަދަކަމަކާވެސް ޖޯކުޖަހަންތަވީ؟
ކިހިނެއްވާނީ
11 November 2025
ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބެއް ނައްތާނުލައި ކިތަންމެ ވަރަކަށް ފެންލައިން ފްލަޝްކުރިއެކޭ ކިޔާފައި ފެނުގެ ހުރި ތަޣައްޔަރުކަމެއް ފިލައިދާނެބާ؟
މުހައްމަދު 80
11 November 2025
މި މޢުޅުމާތު މުޅިޔަކުން ރަގަޅެއްނޫން… ޕްލާންޓް ހަލާކުވެގެން ޕްލާންޓް ތެރެއިން ވެސް ތަޣައްޔަރު ފެން ޓެންކްތަކަށް ގޮސްގެން ފެން ލައިން އަށް ދިޔައީ…. އަސްލު ދިމާވި މަސަލަޔަކީ ޕްލާންޓް ހަލާކުވެގެން ފެން އުފެއްދުން ހުއްޓުނީ…