ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯޓު އެ ރަށު ފަރަށް އަރައިފައި.-- ފޮޓޯ: ޕޮލިސް
11 ނޮވެމްބަރ 2025 - 23:47
ކ. ކާށިދޫ ފަރަށް ބޯޓެއް އަރައި މިރޭ ހިނގި ހާދިސާގައި ގެއްލުނު މީހަކު މަރުވެފައި އޮއްވާ މީގެ އިރުކޮޅެއް ކުރިން ފެނިއްޖެ އެވެ.
އެ ހާދިސާގައި މަރުވީ ބަނގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރް، 30މ އެވެ.
ފުލުހުންނާއި އެމްއެންޑީއެފުން ވެސް ބުނި ގޮތުގައި، އެ މީހާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފަރުމަތިންނެވެ. ފުލުހުން ބުނީ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަލަމްގީރް އޮތީ މަރުވެފައި ކަމަށެވެ.
ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯޓު އެ ރަށުގެ ދެކުނު ފަރާތު ނެރުނު ކައިރި ފަރަށް އެރީ އެ ރަށަށް ވަންނަން އުޅެނިކޮށް ކަން އެނގިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ މިރޭގެ 7:52 ހާކަންހާއިރު އެވެ. އޭރު އެ ބޯޓުގައި ތިބީ 11 ފިރިހެނުން ކަމަށާއި އެއީ ފަސް ދިވެއްސަކާއި ހަ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
"ފައިސަލް" ބޯޓު ފަރަށް އެރުމާ ގުޅިގެން އޭގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިމް.
12 November 2025
އަދިވެސް ކަނޑުގެ ސަރަހައްދު ބޮޑުކުރަންވީ..
އިންތިހާ
12 November 2025
ލޯމެރޭ ކައްޕިން ވަރައްގިނަކަމައް އޮޑިވެރިންބުނޭ
ހެޔޮކޮށް
12 November 2025
އުނދަގޫކަމެއް ލޯނުމެރޭ ކައްޕިންހޯދުމަކީ. ރިސޯޓުތަކުގަވެސް ވަރަށް އުނދަނގޫ މިކަން ކުރަން.
ހާންޖީ
12 November 2025
ޒުވާނެއް މެދުއުމުރެއް ބަލާނެ ކަމެއްނެތް ، ޤައުމުގެ ދެބައިކުޅަ އެއްބައި ތިބަލީގައި ޖެހިފަވަނީ. ހަފްތާ ބަންދަން ދިޔާ ތަކެތި އަދި ތެޔޮ ބޮޔެ އުޅޭ ބަރަބަރާ އޮފީހަށް ނިކުންނަ ކުދިންވެސް މަދެއް ނޫން. އެކުދިން އެތިބީ ބިރަކާނުލާ މަޖާ ކުރަން ދަސްކޮއްފަ.
ސުހާނާ
12 November 2025
އެމީހުންގެ ޕާޓީގެ ބޮޑުން ބުނަނީ، ބިރަކާ ނުލައި މަޖާ ކުރެވެންވާނެޔޭ. އެހެންވީމާ، ބޮޑުން ބުނާ ގޮތަށްތާ އުޅެވޭނީ.
ޢަރުތަ
12 November 2025
ބަލި މީހަކުގާތު ހޭލާހުރެފަ އައިސް އޮޑިއަށް އަރާ ހުންގާނާ ހަވާލުވަނީބާ!