މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އީސީގެ މެމްބަރުން. --ފޮޓޯ: މަޖިލީހުގެ އިދާރާ
12 ނޮވެމްބަރ 2025 - 17:56
ރާއްޖޭގައި މިހާރު އޮތް އިންތިހާބީ ނިޒާމަށް ރައްޔިތުންގެ އިތުބާރުކުރާ ކަމަށާއި ހަރަދު ކުޑަވިޔަސް، އީވޯޓިން އަށް ދިޔުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުގެންގުޅޭ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އީސީ އަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ގިނަ މެމްބަރުންގެ ސުވާލުތައް އަމާޒުވީ، އިންތިހާބުތައް ބާއްވަން މިހާރު ކުރާ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުންނެވެ.
މިގޮތުން، ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން، ރާއްޖޭގައި ވެސް އީވޯޓިން ތައާރަފް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ އެއްސެވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، ޒާހިދު ވިދާޅުވި ގޮތުގައި، އިންތިހާބެއްގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ އިތުބާރު އެ އިންތިހާބަކާ މެދު އޮތުމެވެ. އެގޮތުން، މިހާރު ރާއްޖޭގައި އިންތިހާބުތައް ބޭއްވޭ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި އެކަން ބަދަލުކުރެވޭނެ މާހައުލެއް މި ވަގުތު ރާއްޖޭގައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް މާފާއެކު ދަންނަވަން، އީވޯޓިން އަށް ދިޔުމުގެ އެއްވެސް ވިސްނުމެއް އީސީއަކުން ނުގެންގުޅެން. އީވޯޓިންއަށް ދާނެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޒާހިދު ވިދާޅުވި އެވެ.
ގާނޫނަށް ބަދަލު ގެނެސް، ނިޒާމު ބަދަލުކުރަން އީސީގެ މައްޗަށް ލާޒިމު ކުރިޔަސް، އެކަން ތަންފީޒު ކުރަން ވަރަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ކުރިމަގުގައި އެކަން ކުރާ ނަމަ އެންމެ ފަސޭހަ އަދި ކުރު މަގަކީ، ސިޔާސީ ޕާޓީތަކާ ގުޅިގެން އީސީން އެ މަސައްކަތް ކުރުން ކަން ޒާހިދު ފާހަގަކުރެއްވި އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭ ނަމަ ރައްޔިތުންގެ އިތުބާރު ހޯދަން ފަސޭހަވާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
13 November 2025
އީ.ސީން އެހެން އެބުނީ އެހެން ބުނާށޭ ބުނެގެން.ރައްޔިތުންގެ ގިނަބަޔަކު ތިބިގޮތް ޔަގީންވީމަ މޯލްޑިވްސް 2.0 ގެ ދަށުން ރިކޯޑެއް ހެދުމަށް " ގިނަ ރައްޔިތުން އެދިގެން " ހަމަ 2.0 ގެ އަޅު ސިސްޓަމުން ވޯޓުލާގޮތް ހަދާނެ! ނުކުރާނަމޭ ބުނެފިތަ , ކުރާނެ. ރައްޔިތުން ވާވައްދަން ޖައްސާ ސުޓަންޓް މިއީ.
ޑާޓުކް ޚައިރުލްއިސްލާމް
13 November 2025
އީސީގެ ރައީސް ދެއްވާފައިވާ ޖަވާބަކީފުރިހަމަ ޖަވާބެއް،ރާއްޖޭގައި މިހާރުމިއޮތް މަލްޓިޕާރޓީނިޒާމުގައި އިންތިޚާބުތަކާބެހޭގޮތުން ޕާރޓީތަކާއެކު މަޝްވަރާކުރުން ވ.މުހިއްމު އަދި އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގަންޖެހޭނެ، ކުރީގެ އީސީ މެމްބަރުން ފުވާދު ،ޙަބީބު މެން ތިއްބެވިއިރު ހޭލުންތެރިކުރުވުމުގެގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވި،ޙަބީބުއަކީ އުނގަނައިދެއްވުމުގައި ގިނަދުވަސްތަކެއް ހޭދަކުރައްވާފައިވާބޭފުޅެއް
ބަޑިތަކުރު
13 November 2025
އެއްބަޔަކު 2.0 އިން ކޮރަޕްޝަން ނައްތާލެވޭނެކަމަށް ދެކޭ އިރު އީސީ އާއި ގިނަ ރައްޔިތުން އެކަން ގަބޫލު ނުކުރަނީ ސަބަބެއް އޮތީމަ ކަމަށް ގަބޫލުކުރެވެއެވެ.
މާހިރު
13 November 2025
ތިޔައީ ވަރަށް ބޯދާ ވިސްނުމެކެވެ. އީ ވޯޓިންގ ވެސް ރައްޔިތުންގެ އިތުބާރު ލިބޭގޮތަށް ޤާއިމް ކުރުމުން އެކަން ހަމަޖެހޭނެއެވެ. މިޒަމާނަކީ ހުރިހާކަމެއް ޑިޖިޓަލް ވެފައިވާ ޒަމާނެކެމެ. އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުންވެސް އީ ވޯޓިންގ އަށް ދާންޖެހެއެވެ.
ޓޮނޭ
13 November 2025
ތިޔަ ބުނާ ތަންތާނގައި ޕޯސްޓުން އަންނަ ޕެކޭޖް ގޭދޮރުމަތީގައި އެތައް އިރަކު ބަހައްޓާފައި ހުންނައިރުވެސް އަތްލާނެ މީހަކު ނުވޭ. މިތާނގައި މިއުޅެނީ މިސްކިތަށްދާން ގެންގުޅޭ އެންމެ އާދައިގެ ބާ ފައިވާންގަނޑެއްވެސް ހަލާކުވަންދެން ނޭރިގެން.
ކަޅި
12 November 2025
2.0 އަށް ގޮއްސިއްޔާ ޔަގީން ހާޖާނުހަދާނެކަން.
ހުއްޔާ
12 November 2025
ސުއްބޫހުން
ނންތޭ
12 November 2025
އެއީ ހަރަދު ކުޑަ މޮޅު ގޮތެއް.