އެޓްލާންޓިސް ރިސޯޓުގެ ކޮންސެޕްޓް ކުރެހުމެއް. --ފޮޓޯ: އެމްއޭކޭ ޕްރޮޕަޓީސް
12 ނޮވެމްބަރ 2025 - 22:25
ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ޓޫރިސްޓު ރިސޯޓު ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ.
ދެކުނު މާލެ އަތޮޅުގައި އޮންނަ ވާރެއްދޫގައި އެ ރިސޯޓު ހަދަނީ ކުރަނީ ވަކި ދެ ރަށެއްގެ ގޮތަށެވެ އޭގެ ތެރެއިން އެއް ރަށް ހަދަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އާއިލާތަކަށް ހާއްސަކޮށް "ފެމިލީ ރިސޯޓެއް" ގެ ގޮތުގަ އެވެ. އަނެއް ރަށް ހަދަނީ ލަގްޒަރީ ކޮންސެޕްޓަށެވެ.
އެ ދެ ރަށުގައި 270 ކޮޓަރި އާއި 223 ވިލާ ހަދާއިރު، ތަފާތު 20 ރެސްޓޯރަންޓަކާއި ސްޕާ، އިންޑޯ އަދި އައުޓްޑޯ ފިޓްނެސް ސެންޓަރުގެ ހިދުމަތް ގެސްޓުންނަށް ލިބެން ހުންނާނެ އެވެ.
ދެ ބީޗް ކްލަބް ހިމެނޭ މި ރިސޯޓުގެ އެންމެ ހާއްސަ ސިފައަކީ ތަފާތު 15 ރައިޑާ އެކު ތަރައްގީކުރާ 70،000 އަކަ މީޓަރުގެ ބޮޑު ވޯޓާ ތީމްޕާކެވެ.
އެޓްލާންޓިސް ރިސޯޓުގެ ކޮންސެޕްޓް ކުރެހުމެއް. --ފޮޓޯ: އެމްއޭކޭ ޕްރޮޕަޓީސް
އެ ރިސޯޓު ތަރައްގީ ކުރަނީ، އެ ރަށުގެ ގުދުރަތީ ރީތި ކަމާއި ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.
މިގޮތުން، އެ ރިސޯޓުގައި މުރަކަ އިންދުމާއި ފެނާއި އިއާދަކުރަނި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ލަގްޒަރީ ރިސޯޓާއި ހޮޓާ ހިންގާ ކާޒްނާ އިންޓަނޭޝަނަލް އާއި އެސެޓް ގްރޫޕު ގުޅިގެން "އެޓްލާންޓިސް ދަ ރޯޔަލް"ގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާލެގަމް
13 November 2025
އިންޑިއާ ލަންކާ ބަންގާޅު ނޭޕާލް ބޫޓާން ފިލިޕީންސް ރައްޔިތުންނަށް އުފާވެރި ޙަބަރެއް.
މިހާލި
13 November 2025
ވަށައިގެންވާ ހުރިހާ ރިސޯޓްތަކެއް ގިރާ ހަލާކުވަނީ ،މި މީހުން ފަޅުހިއްކާ ހުރިހާ ސަކަރާތެއް މިޖަހަނީ .އެކަމަކު ގުރީން ޓެކުސް މިނަގަނީ ނަމެއްގަ
ސާވިސް ޗާޖު ބޮޑުކުރޭ
13 November 2025
ޙިނގާ ފެކްޓް ޗެކް ކުރަން. އާޓިކަލްގައި ބުނެފައިވަނީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓް ބްރޭންޑް އެޓްލާންޓިސް އޭ. މުޅި ދުނިޔޭގަވެސް ހުރީ އެޓްލާންޓިސްގެ އެންމެ 4 ރިސޯޓް. އެތަނުން 1 ރިސޯޓް ވަނީ އެހެން ކުންފުންޏަކަށް ވިއްކާލާފައި. ތީ އެންމެ 3 ރިސޯޓް ހިންގާ ބަައެއް އަދި އެތަނުން 2 ރިސޯޓު ހުރިީ ޔޫ.އޭ.އީ ގައި. އިންޓަނޭޝަނަލް މާކެޓް ހާއްސަކޮށް ރާއްޖެކަހަލަ ޑެސްޓިނޭޝަނަކަށް އާ ބައެއް. ތި ރިސޯޓް 2029 ގެ ފަހުން ވިޔަސް ހުޅުވުނަސް ރަނގަޅު.
މަޒްނާ
13 November 2025
މަސައްކަތް އެބަ ކުރިއަށް ދޭ.ރަށް ޑިވެލޮޕް ކޮށްފަ ހިންގާ މެނޭޖް ކުރާނީ އެޓްލާންޓިސް.
ރޭންނޯ
13 November 2025
ޖަނާ 2028
ޞިމްހާން
12 November 2025
ޝުކްރިއްޔާ މުހަަައްމަދު އަލީ ޖަނާހް. ޖަނާ ގެނެންނަ މިފަދަ ބޮޑެތި އިންވެސްޓްމަންޓް ގެ ސަބަބުން މިގައުމު މިދަނީ ބާރު ސްޕީޑްގައި ކުރި އަރަމުން.
މިގް33
13 November 2025
ހާދަ ހަޖަމް ނުވާ މީހުން ގިނައޭ. ޖަނާގެ ގެނައި އިންވެޓްމަންޓް، ކޫއްޑޫ އެއަރޕޯޓް، ޢެރަށުގައި ހިންގާ ރިޒޯޓް، ސިކްސެންސެސް ލާމް ހިންގާ ރަށް، މާލެ އޮތޮޅު ކުޑަހިތި،އައްޑޫ ޝަންގްރިއްލާ، ރެސިޑެންސްމޯލްޑިވްސް ފަޅުމާފުށި ހުވަދޫ، އިތާފުށި، މިހާރު ހަދަމުން ދަނީ މެކްސް ލެގޫން، ރަންފަރު، ވާރެއްދޫ...ވިލިވަރު... ހަސަދަވެރިވާން ނުވާނެ.
ކޮރޮސްޑީ
13 November 2025
އޭނަ އެއްނޫން އިންވެސްޓަރުން ގެންނަނީކީ. އޭނާ އެ ދޭތެރެއަށް ދެމިގަންނަނީ. ދެމިގަނެވޭކަހަލަ ތާކު ކޮންމެސަރުކާރަކު އިންނަނީ.
ގަމަރުއްނިސާ
13 November 2025
ދިވެހިން ގަމާރުކަން މަތީ އަބަދަށް