13 ނޮވެމްބަރ 2025 - 09:07
ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެ ކަމަށާއި ރޭގައި މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނުގެ މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ދެ ދުވަސް ފަހުން، ރެއިން ފެށިގެން އެ ސިޓީގެ ގޭގެ އަށް މިހާރު ފެން ލިބޭނެ ކަަމަށެވެ.
އެކަމަކު، މިއަދު ހެނދުނު ވެސް ބައެއް ގޭގެ އަށް ފެން ނުލިބޭ ކަމުގެ ޝަކުވާ އެ ރަށުގެ ބައެއް މީހުން ކުރި ކަމަށް ދެންނެވުމުން ނަޖާހް ވިދާޅުވީ، އެއީ "ކްރޮސް ކަނެކްޝަން" ހަދާފައި ހުރި ގެތައް ކަމަށެވެ.
ކްރޮސް ކަނެކްޝަނަކީ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރުމެވެ.
"ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް ފެން އަދިވެސް ނުލިބޭނެ. އެހެން ހަދާފައި ހުރި ގެތަކަށް އަންގަމުން އަޅުގަނޑުމެން މިދަނީ އެކަން ރަނގަޅު ކުރަން. އެއީ އަމިއްލަ އަށް ވެސް ހައްލު ކުރެވޭނެ އާދައިގެ ކަމެއް. އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ، ބައެއް ގޭގޭގެ މީޓަރުގެ ވޭލް އަދިވެސް ހުރީ ބަންދު ކޮށްފައި ކަމަށާއި އެހެންވެ ފެން ލިބުނަސް ނޭނގޭނެ ކަމަށެވެ.
"ވޭލް ހުޅުވޭނީ ފެނަކައިގެ މީހުންނަށް،" އޭނާ ބުންޏެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަޣައްޔަރު ވެފައިވާތީ އެ ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާ އެކު، އެ ރަށް އެއްކޮށް އޮތީ ފެނަށް ޖެހިފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ޖެހިގެން އައި އަންގާރަދުވަހު ވިދާޅުވެފައިވަނީ ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. އެކަމަކު، އެ ވަގުތު ހަމަވިއިރު ވެސް ފެނެއް ނުލިބުނެވެ.
އޭގެ ފަހުން ފެނަކައިގެ އެމްޑީ ނަޖާހު "މިހާރު" އަށް އިއްޔެ ވިދާޅުވީ ފެނުގެ މައްސަލަ ދިމާވީ ގޭގެއަށް ފެން ހޮޅި ގުޅާފައި ހުރި ގޮތުން ކަމަށެވެ. އަދި ބައެއް ތަންތަނަށް ހުރީ ރީތި ފެނާއި ވަޅު ފެން އެއް ހޮޅިއަކަށް ގުޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގޭގެއަށް ގުޅާފައި ހުރި ހޮޅިތައް ފަހުން ރަނގަޅު ކުރާނެ ކަމަށެވެ. ނަމަވެސް މައި ނެޓްވޯކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަދި ފެނުގެ ޓެސްޓްގެ ހެދުމަށް ފަހު އިއްޔެ ނަތީޖާ ލިބުމުން އިއްޔެ ހަވީރު އެ ސިޓީ އަށް ފެން ދޫކުރަން ފަށާނެ ކަމަށް ނަޖާހު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ބަލީ
13 November 2025
ރައްޔިތުންވެސް ތަންކޮޅެއް ހޭލުންތެރިވާން ޖެހޭ އެބަ މިކަހަލަ މަސްއަލަ ތަކަކީ އެންމެ ތަހުޒީބު ގައުމު ގަވެސް ތިމާވާމަސްއަލަތަށް ، ކުރޮސް ކަނެކްޝަން ހެދުމަކީ މަނާކަމެއް އެކަންވެސް އެބަޖެހޭ ގަބޫލްކުރަން ދެން ޕާރޓީތަށް ހެދިފަހުން ކިރިޔާކަނެއްވާއިރަށް މުޒާހަރާކޮށް ހެދުމަށްވުރެ އެކަމަށް އެއްބާރުލުން ދޭނަޖެހޭ އެބަ
އޮނަރަބްލް އަފީފު ދީދީ
13 November 2025
މިކަމަށް (އައްޑޫސިޓީ ކަރަންޓާއި، ފުވައްމުލަކުސިޓީ ފެނުގެ މައްސަލަފަދަ ކަންކަމަށް) ހައްލު ހޯދުމަށްޓަކާ މަޖިލީހުގައި ތިއްބެވި ބާރުގަދަ މެންބަރުން (ވެރިކަންކުރާ ޕާޓީ މީހުން) ސަރުކާރަށް 2 ގޮތަކަށް ހުށަހެޅުން ހުށަހަޅަން ޖެހޭ. ފުރަތަމަ ގޮތަކީ ފެނަކަ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑުމުސާރަދީފައި ތިބިމީހުން ކ.މާލޭ އެހެން ކުންފުންޏެއްގެ މަޤާމްތަކަށް ބަދަލުކޮށް FENAKA Head Office ތިނަދޫ، ފުވައްމުލައް ނޫންނަމަ އައްޑޫސިޓީއަށް ބަދަލު ކުރުން.
އޮނަރަބްލް އަފީފު ދީދީ
13 November 2025
އައްޑޫގެ މުޅި އޮޕަރޭޝަނަށް ހޭދަވާވަތުގެ 3 ގުނަ ޙަރަދު ހިގާ ކ.މާލޭގައިހުރި ހެޑް އޮފީސް އެރަށުން ބޭރުކުރަން މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބި އެރަށުމީހުން ބޭނުންނުވާނަމަ، ދެވަނަ ހުށަހެޅުމަކަށް ހުށަހަޅަންވީ ރާއްޖޭގެ ހުރިހާ ސިޓީތަކަކަށް ކަރަންޓް ހިދުމަތްދިނުމަށް STELCO، ފެނާއި ނަރުދަމާގެ ޙިދުމަތް MWSC، ޑޮމެސްޓިކް ވޭސްޓް VAMCO އަދި ކަނޑާއި އެއްގަމުގެ ދަތުރުފަތުރު MTCC އާއި ޙަވާލުކޮށް ސިޓީތަކުގައި އެއްހަމައަކުން ހިދުމަތް ޤާއިމް ކުރަން.
ހުސްއަނގަ
13 November 2025
ތިޔަވޭލު ގެތަކަށް ނުދީ ގުދަނުގައި ރައްކާ ކޮށް ފައި ހުރެގެން ކިހިނެއްތޯ ތިޔަކަން ހައްލު ކުރާނީ ތިޔަވޭލު ފިހާރައަކުން ގަންނަން ލިބޭ ވޭލެއް ނޫން ތިޔަކަން ހައްލު ކުރަން ވެސް ރައްޔިތުން މިޖެހެނީ ވެރިންނަށް ސަލާޖަހަން
ޢެޑްމުންޑޯ
13 November 2025
ފެނަކައިން ކުރި މަސައްކަތް ރަގަޅު ، ތިވަރުގެ ކަމެއްގައި ވަގުތު ނަގާނެ ރަގަޅުކުރަން ، ނަމަވެސް ފެންތަޢައްޔަރުވަމުން ދިޔައިރު އަޅާނުލާ ތިބި ތިބުން އެއީ ވަރަށް ގޯސްކަމެއް ،. ރަށުގެ ރައްޔިތުން އުފަލަންޖެހުނު ތަކްލީފާއި ދަތިތަށް އެއީ ބައެއްގެ އިހްމާލް ، ފަރުވާކުޑަވުމުގެ ލާމިސާލެއް ، އިހްމާލްވި މީހުން ވަޒީފާއިން އެކަހެރި ކުރަންޖެހޭ ކަމަށް ދެކެން
ކަރަޕްޝަން
13 November 2025
ކޮރަޕްޝަންގެ ނުބައި މި ފެންނަނީ. ޚަރަދުކޮށްފަ ޗެކު ފާހަގަ ލާފަ މިއޮންނަނީ. އެކަމު ފައިސާ ޚަރަދުވިޔަސް ކަންކަން ނުކޮށް. މިގޮތައް ފައިސާ ޚަރަދު ކުރަމުން މިދަނީ. ވަކި ކަމެއް ނެތް. ޤައުމުގެ ސަލާމަތާ ގުޅިފަ ހުންނަ ކަންކަމުގައި ތަނެއް ދޮރެއް ނުބަލާ ލާރި ކެވޭތޯ މިބަލަނީ. މިލިއަނުން ޚަރަދު ކުރަން އޯކޭ، ބަދަލުގަ އެއްވެސް ޚިދުމަތެއް ނުލިބުނަސް އޯކޭ. އެކަން ކުރަން ކުޑަކޮށް ލަސްވިޔަސް، އަދި ކުޑަ ބިރެއް ގަތަސް މިނިސްޓަރުން ހެޓަކަށް އެބަވާލަނީ.
ގޮހޮޑާ
13 November 2025
ނަޖާހު ލިއްލާހިއަށް ޓަކައިވެސް ދޮގު ހެދުން ހުއްޓާލަބަލަ. އަދިވެސް ފެން ނުލިބޭ. ކްރޮސް ކަނެކްޝަން ހަދާފަ ހުރި ގެއެއް ނޫން މީ. އަދިވެސް މީޓަރުގައި ހުރީ ކޭބަލް ޓައި އަޅުވާފަ. ކްރޮސް ކަނެކްޝަނެއް ނޫން މައްސަލައަކީ. އަދިވެސް ރައްޔިތުންގެ ބޮލަށް ކަންކަން ކަނޑާލެވޭތޯ އުޅެނީ. ތިއީ އެންމެ ނާޤާބިލު ވެރިން އުޅޭގޮތް
ފަރުދު
13 November 2025
މިމީހުން ކިތެންމި ބޮޑޮ ދޮގައް ހަދަންނާސް ފަސް ނިޖެހެންނެން.ކޮންތާކަހަ ލިބުން ފެނެކެ؟ މަ ދެންނަާ ފުވައްމުލަކި އެއްވިޔަސް ގެއަކަހަ އަދި ސަޕްލައިފެން ނިލިބޭ.
ހުސްދޮގު
13 November 2025
ދެންމެ ގުޅުމުންވެސް ގެއިން ބުނީ އަދި ފެން ނުލިބޭ ކަމަށް. އަދި ފެން ބޭނުން ނުކުރާށޯ. ފެން ދޫކޮށްފަ ފެން ނުލިބެންޏާ އެބައުޅެއެއްނު މައްސަލައެއް. މި ކަހަލަ ކަންކަންވެސް އޮޅުވާލައިގެން. ކޮބާ 6 ގަޑިއިރު ތެރޭ ފެން ލިބޭނޭ ބުނި ހީނާ ވަލީދު؟ .
ޢަލީ ބަލީ
13 November 2025
ޙިނާ ވަލީދަށް ވެސް ދެވޭނީ ފެނަކައިން ދިން މައުލޫމާތެއް މިކަހަލަ މަސްއަލަ ތަކުގަ ލަފާކޮށްފަ ބުނާ މުއްދަތު ދިމާނުވުމަކީ އެކަށީގެންވާ ކަމެއް މިކަން އެބަޖެހޭ "ހުސްދޮގު" ވެސް ގަބޫލުކުރަން
އޮނަރަބްލް އަފީފު ދީދީ
13 November 2025
މިކަމަށް (އައްޑޫސިޓީ ކަރަންޓާއި، ފުވައްމުލަކުސިޓީ ފެނުގެ މައްސަލަފަދަ ކަންކަމަށް) ހައްލު ހޯދުމަށްޓަކާ މަޖިލީހުގައި ތިއްބެވި ބާރުގަދަ މެންބަރުން (ވެރިކަންކުރާ ޕާޓީ މީހުން) ސަރުކާރަށް 2 ގޮތަކަށް ހުށަހެޅުން ހުށަހަޅަން ޖެހޭ. ފުރަތަމަ ގޮތަކީ ފެނަކަ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތެއްނުކޮށް ބޮޑުމުސާރަދީފައި ތިބިމީހުން ކ.މާލޭ އެހެން ކުންފުންޏެއްގެ މަޤާމްތަކަށް ބަދަލުކޮށް FENAKA Head Office ތިނަދޫ، ފުވައްމުލައް ނޫންނަމަ އައްޑޫސިޓީއަށް ބަދަލު ކުރުން.
އެމްޑީއެމް
13 November 2025
ނާގާބިލު މީހުން މަޤާމުތަކަށް ލީމަ ވާގޮތް! ފެނަކަ އެމްޑީ ނަޖާހު އަކީ އެކަމަށް ކުފޫ ހަމަވާ މީހެއް ނޫން
ކަމާރާ
13 November 2025
ނުލިބޭ. ހުސް ދޮގު!