މީގެ ކުރިން ބޭއްވި އިވެންޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ނޮވެމްބަރ 2025 - 13:10
މަރުކަޒީ ބޭންކް، އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓް ގައުމީ ބޭންކް، ބީއެމްއެލްއަށް ބިން ދިނީ ހިލޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބިންތައް ހަވާލުކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މިއަދަކީ ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ހައްލުކުރުމަށް ގައުމީ ބޭންކުން ސަރުކާރާ އެކު، އަތުގުޅާލައި މަސައްކަތް ފެށި ދުުވަސް ކަމަށެވެ.
ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.
"އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާއި ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް ﷲ ގެ ވާގިފުޅާ އެކު، މި ފްލެޓްތަކުގެ އަގު މިހާރު މި ދޫކުރާ [ސޯޝަލް ހައުސިން] ފްލެޓްތަކުގެ އަގާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ބީއެމްއެލް
މިނިސްޓަރު ވިދާޅުވީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެ މީހުންނަކީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރާ އެއްކޮށް، އަތުގުޅާލައި ބޮޑު މަޝްރޫއެއް ފެށުމަށް ބޭންކުން ނިންމީ، މިއީ މީގެ ކުރީގެ މެނޭޖްމަންޓުތަކުން ހަގީގަތުގައި ސަރުކާރަށް ދީފައި ނުވާވަރުގެ އެއްބާރުލުމެއް،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ އާއިލާއެއްގެ ވެސް ހައްގެއް ކަމަށާއި ސަރުކާރުން މި މަސައްކަތް ކުރަނީ ކޮންމެ އާއިލާއަކަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް، އަތްފޯރާފަށުގައި ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. މިފަދަ އެހެން ޕްރޮޖެކްޓުތައް އެކި ފަންތިތަކަށް، އެކި ގިންތިތަކަށް ހާއްސަކޮށްގެން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން އެ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް"ގެ ދަށުންނެވެ.
މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
"ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިން އެ 3،000 ފްލެޓް އެޅުމަށް ފަހު، "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދޭނެ އެވެ. އަދި ކުލީގެ މުއްދަތު ހަމަވުމުން، ފްލެޓް ކުއްޔަށް ނަގާ މީހަކަށް އެތަނެއް މިލްކުކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންފާރޫގު
14 November 2025
އަހަރުމެން އުއްމީދު ކުރަން ވަކިބަޔަކަށް ކުލަޔަކަށް ޕާޓީއަކަށް ނުބަލާ ކަޑައަޅާ ސަރުތުތަކަށް ފެތޭ، ބޭނުންވާ ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމކަމާއިއެކު ފުރުސަތު ލިބިދެވޭނެކަމަށް.
ޢަރުތަ
14 November 2025
ހަސަންފާރޫގު ތިބުނީ އަހަރުމެންގެވެސް އުއްމީދު، އެކަމަކު ހަމަ ހިލާ ތިހެން ނުވާނެ، މިހާތަނަށް ވެފަ އޮތް ކަމެއް ނޫން، އިންސާފެއް ހަމައެއް ނެތި މިހާތަނަށްވެސް ފްލެޓާ ގޯތި ދީފަހުރީ، އެހެންވީމަ އެނޫން ގޮތަކަށް ތިކަން ބައްޓަން ނުވާހާ ހިނދަކު ތީވާނެ ކަމެއްކަމަށް ގަބޫލެއް ނުކުރެވޭ.
މާލްބެ
14 November 2025
އަގު ހެއު ފުލެޓު ގެ މާނަ އަކީ ކޮބާބާ.ވަރަށް ސުވާލު އުފެދޭ ފެން ވަރާ މެދު.
މޮޔަ ވެދާނެ
13 November 2025
އަދިވެސް މާލެ ސަރަހައްދު މާލެ ސަރަހައްދު. ޙަޤީޤީ މާނައިގަ ލާމަރުކަޒު ކުރުމުގެ ވިސްނުމެއް ނެތް. ރާއްޖޭގެ އެހެން ސަރަޙައްދު ތަކަށް މާލެ ސަރަޙައްދުން މީހުން ބަދަލުވާނެ އެކަމަށް އިންސެންޓިވައިޒް ވާނޭ މަގުން ކަންކަން ބައްޓަން ކުރާނަމަ. އޭރުން މަތިމަތި މައްޗަށް ތިވަރަށް ޓަވަރު ނަގާކަށް ނުޖެހޭނެ. ތޮއްޖެހުން ކުޑަވާނެ. ހިތާމަ ހުރި.
ކޮރަލް
13 November 2025
ސަރުކާރު އިމާރާތް ތައް އަމިއްލަ މީސް މީހުންގެ ގޭގެއިން އަގު ބޮޑު ކޮށް ކުއްޔަށް ނެގުން ހުއްޓޭނީ ހުޅުމާލޭ ގަ އޮފީސް އިމާރާތް ތައް ހަދައިގެންނެވެ.
ޙުސެއިންަްސް
13 November 2025
ކޮންމެ ރައްޔިތަކަށް ބިމެއް ދޭން ޖެހޭ.. ހަމަ ހަމަ ވާން ޖެހެ.މަގޭ ވައުދަކީ އެއީ.. ދުވަސްވީ މީހުން ހާދަ ބޮޑަލޭ ކުޜީގައި އެމީހުންނަށް ބިން ލިބިފައި ހުރީމައި، ޒުވާނުން ގޭނެން ވީތަ
ބަބޫ
13 November 2025
ބީއެމްއެލްގެ 15% އަކީ ދައްކާ ނިމޭއިރު 45%
ދޮން
13 November 2025
ބިން ހިލޭދީގެން ތަކެތި އަގު ހެޔޮކުރެވޭނީ ، އެޗް ޑީ ސީ އިން ޓަވަރު ތަކުގެ ތިރިން ދޫކުރާ ތަންތަން ވެސް ބޮޑު އަގުގައި އެއްފަހަރާއި ލައްކައިން އަގުނަގާފަ ފިހާރަތަކަށް ދޫކުރަނީ އޭގެ ސަބަބުން ފޭސް 2 ގައި ތަކެތީގެ އަގު ބޮޑުވަނީ ،،ދައުލަތުން އަގުހެޔޮކޮން ފިހާރަ ހަދަށް ބިންދޫކުރާނަމަ އާންމުންވެސް ޖެހޭނީ ގެދޮރު އަގު ހެޔޮކުރަން ،
އަފްރާސިޔާބު
13 November 2025
ކޮންއިރަކު ސަރުކާރުން ބީއެމްއެލް އަށް ބޯފެނާއި ފާޚާނާ ލުމުގެ މަޝްރޫޢު ޙަވާލު ކުރާނީ.
ޗޭޗާރ
14 November 2025
"ބީއެމްއެލް އެފޯޑެބަލް ވޯޓަރ އެންޑް ސުވަރޭޖް ޕްރައިވެޓް ލިމިޑެޓް" ހެދުނުހާ އަވަހަކަށް ތިކަން އިއުލާނު ކުރެވޭނެ. ކެއްކޮއްލާ
މަރިހަމް
13 November 2025
މާލޭ މީހުންނަށް ހިލޭ ގޯތި ދިނިއްޔޭ ކިޔާފަ އަގަ ފެތުރި އިރު ހިލެއްއްވެސް ނޫން ދިނީކީ އެތައް މިލިއެނެއް ނަގާފަ ދިނީ ވެސް މިހާރު ބެންކަށް މިދިނީ ކިހިނެތް މިހާރުވއަގައެއްޗނުތަޅާނެ އެއީ މިތަންތަން އަޅާފަ ހެޔޮ އަގުގާ ދޭނީ ރާއްޖެތެރޭގެ މީހުންނަށް ވިއްޔަ ވޯޓްގެ ބޭނުމުގަ. ރަށުގަ ގެސްޓް ހައުސް އަޅައިގެން ތިބެބަލަ މާލޭޗމީހުންގެ ހައްގުތަކަށް އަރައިގަނެގެން
ސުރޭ
13 November 2025
ބަލަ, ކީއްވެ ބެންކަށް ހިލޭ ދެނީ, އެފްޑީސީ ފުލެޓް އަގުބޮޑު ކޮށްފަ