ބީއެމްއެލްގެ ރަސްމިއްޔާތެއްގައި އެ ބޭންކްގެ ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ: ފްލެޓް އެޅުމަށް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ވަނީ އުފައްދާފައި --- ފޮޓޯ/މިހާރު
13 ނޮވެމްބަރ 2025 - 13:49
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓްތައް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.
އަލަށް އުފެއްދި ކުންފުންޏަކީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އެވެ.
ފްލެޓް އަޅާ ބިންތައް ހަވާލު ކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ 3،000 ފްލެޓް އެޅުމަށްފަހު "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލި ދައްކާ ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް އެތަން މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނި ވާނީ ބީއެމްއެލްގެ ދެވަނަ ސަބްސިޑަރީ ކުންފުންޏަށެވެ. ބީއެމްއެލްގެ ފުރަތަމަ ސަބްސިޑަރީ ކުންފުންޏަކީ މި އަހަރު އެ ކުންފުނީގެ ދަށަށް ބަދަލުކުރި ކުރީގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެވެ.
ބީއެމްއެލް އިން ވަނީ އެސްޑީއެފްސީ ރީބްރޭންޑްކޮށް، އެސްއެމްއީ ޑިޖިޓަލްއަށް ދާދިފަހުން ބަދަލުކޮށްފަ އެވެ.
ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލޭގެ ފޭސް 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާއިބްރީ
14 November 2025
މީ ވަރަށް ގޯސް ފެށުމެއް. ސިޔާސީ ކުޅީގަ ބޭންކްތަށް ހަތިޔާރަކަށް ހަދައިފި. ފެނަކައިގެ ދަރަޖައަށް ބޭންކް ވެއްޓިއްޖެނަމަ މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ. އޭރުވެސް އެނގޭ މާލީ ބަގާވާތޭ ފަޅޮލޭ ކީ މިކަހަލަ ސަކަރާތެއް ޖަހަންކަން.
ޒިންދާބާދު
13 November 2025
ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު ބީއެމްއެލް ޒިންދާބާދު
މަ ބުނީ
13 November 2025
ބީ އެމް އެލް ، ގެ ބަނާނާ ކާހިތުން އަހުރެންމިއުޅެނީ މާރުކޭޓުން ގޮޅިއެއް ހިންގަން ފެށުން ދުރުވިސްނުމަށް ބަލާއިރު ރަނގަޅުވާނެކަމަށްފެނޭ !
މެނީލާ
13 November 2025
ބީއެމްއެލް އެފޯޑެބްލް ޓޫނާ ޕްރައިވެޓް ލިމިޓެޑް ހަދާފަ އެތަނުން މަސްދަޅު ވިއްކާނީ. ތިޔަ ބޭންކުގަ ލާރި ގިނަވެގެން ކުރާނެ ކަމެއް ނޭގުނީތަ؟ މިވަރުން ދަންޏާ އަދި މިމީހުން ހެދުން ފިހާރަތަކާ ސައިހޮޓާ ފަދަ ތަންތަން ވެސް ހުޅުވާނެ ތޯއްޗެއް.
ހާސަރު
13 November 2025
މުޅި ނިޒާމް ގަޑުބަޑު ކޮށްފި! އެއަރޕޯޓް ކޮމްޕެނީ އާއި ބޭންކާ ދެތަން ސިޔާސީ ކޮށް އެއްވެސް ގުޅުމެއްނެތް ކަންކަން ކުރުވަނީ ހަބޭހަށް!
އަހުމަދު...
13 November 2025
ވ.ރަނގަޅު ކަމެއްތީ. މަޖިލިސް މެމްބަރާ ސިޔާސީ މީހާކައިރިއަށް ނުގޮސް ފްލެޓް ލިބޭނެގޮތެއްތީ. ކުލިނުދައްކާ ސޯޝަލް ހައުސިންގަ އުޅޭމީހުނަށް ހަޖަމެއް ނުވާނެ.
ސާޖިދާ
13 November 2025
މަސްދޯނި ބަނދެފަ ވިއްކަން ވެސް ފެނޭ. 'ބީއެމްއެލް އެފޯޑަބަލް ފިޝިންގ ވެސެލް ލީޒިންގ ކޮމްޕެނީ' އަދި ސުޕަމާކެޓް ހިންގާ ކުންފުންޏެއް ވެސް ބީއެމްއެލް އިން ހިންގަން ފެނޭ. އަދި ހޮސްޕިޓާ ހިންގާ ކުންފުންޏެއް ވެސް.. ބީއެމްއެލް އެފޯޑަބަލް ހެލްތު ކެއާ ކޮމްޕެނީ ކިޔާފަ ..
ހަސަނުލްކޮސްގޮވިވްސްކީ
13 November 2025
ކޮން އިރަކުންތޯ އެފް.އެސް.އެމް އިން ކިއްލިތަޅާ، ވިއްކަން ފަށާނީ؟
އުދުހޭ
13 November 2025
ވަކިލާރި ގުނާ ކުންފުންޏެއް މާ މުހިންމު ނުވާނެބާ
އަފްރާސިޔާބު
13 November 2025
ތީ ރަނގަޅުވާހަކަ އެއް. މިހާރު ބޭނުންނުކުރެވި ވަކިލާރި އާއި އެއްރުފިޔާ ދެރުފިޔާ ވަރަށް ގިނަވެފައިވަނީ.
ލަސް
13 November 2025
BML ސްޓާފުންނަށް ހައުސިން ލޯނު %1 ގަ ދެނީ. ރައްޔިތުންނަށް %12 ގަ، ހަމަ އިންސާޕް ތޯ؟