ޚަބަރު / އެޗްޑީސީ

އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި

އެޗްޑީސީގެ މުވައްޒަފަކަށް ލިބުނު ފްލެޓުގެ ރަމްޒީ ތަޅުދަނޑި މިނިސްޓަރު މުއްތަލިބު މިރޭ ހަވާލު ކޮށްދެއްވަނީ: އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނި.---ފޮޓޯ: އެޗްޑީސީ

15 ނޮވެމްބަރ 2025 - 23:21

25 comments

އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން މިރޭ ފަށައިފި އެވެ.

"ރީތިގަސް" ފްލެޓުތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ހަވާލު ކުރުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.

ރީތިގަސް މަގުގައި ބޭއްވި އެ ރަސްމިއްޔާތުގައި ބައެއް މުވައްޒަފުންނާ އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކޮށްގެން 2017 ގައި ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެއީ "ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް" ހަދާފައިވާ ތަންތަން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ހާއސަ ކޮށްގެން އިމާރާތްކުރި ޓަވަރެއް މިރޭ ދިއްލާފައި: އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނި.---ފޮޓޯ: އެޗްޑީސީ

މިރޭ ހަވާލުކުރަން ފެށީ އެޗްޑީސީން ބުނި ގޮތުގައި، ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.

25 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު 22

17 November 2025

ފޮޓޯގަ އިން ނަޖީބުގެ މިހާރުވެސް ހިޔާ ފްލެޓެެއް ހުރޭ، މީ އާދައިގެ މީހެއްނޫން، އަނެއްކާ 2 ވަނަ ފްލެޓް ތި ލިބުނީ

The name is already taken The name is available. Register?

ސޮރުގެ އާދަނު

16 November 2025

ނުކުޅުދުންތެރިކަން ހުންނަ ކުއްޖަކަށްވީތީ ދިން ހިޔާ ފްލެޓް މިހާރު ކޮބައިތޯ؟

The name is already taken The name is available. Register?

ޙުދު

16 November 2025

ޅަގްޒަރީ ފްކެޓްތަކުންވެސް ތަނުގެ ވެރިންނަށް ފްލެޓް ދީފައިހުރީ.. ޑިވެލޮޕަރ އިމާރާތުގެ ތިރި ބޭނުމިއްޔާ ބަފަލުގައ އެޗްޑިސީ އަަށް ހަވާލުލުރަންޖެހުނީ ލަގްޒަރީ ފްލެޓް ކުޑަ ރަެޓުގައި. ބައެއް މުވައްޒަފުން އަތުގައި ވަރަށް ފްލޭޓް ގިނަވާނެ މިހާރު. ބޮޑު މުސާރަޢާއި އެކު ތަނުގެ މަންފާ ލިބެނީ މުވައްޒަފުނުނަށް. ޜައްޔިތުނަށް ލިބޭ ފެންވަރު ދެރަ. ޢޮޑިަޓެއް ހެދުން ކިހިނެއް މިކަން ބަލައިލަން؟

The name is already taken The name is available. Register?

ވަރަށް ދެރަ

16 November 2025

އެޗްޑީސީ އިން އަމިއްލައަށް ބިން އޮތީމަ ސަރުކާރު ލާރީގައި ފްލެޓްއަޅާފައި އެ ބަހާލަނީ އެމީހުންނަށް. ކޮބައިތޯ އިންސާފަކީ. މީ ރަށެއްގެ ކައުންސިލެއްނޫނޭ. އެރަށެއްގެ ބިމަށް އިހްތިސޯސް ހިންގަން. ވަރަށް ބޭއިންސާފުކަމެއް. އިއްޒަތްތެރި ރައީސް ޕްލީސް މިކަން ހަމަމަގަށް އަޅުއްވައިދެއްވާ. އަޅުގަނޑުމެނަށް ފެނުނީ އެތަނުން ގޯތިވަގަށް ވިއްކި މީހުންވެސް ދޭވެފަ ތިބިތަން. ތީ ގަޓް ރައީސެއް. ރާއްޖޭގެ ބޮޑެތިމައްސަލަތަކަށް އެޑްރެސްކުރައްވާއިރު މިކަން އިންސާފުކޮށްދެއްވާ.

The name is already taken The name is available. Register?

އދގ

16 November 2025

ރ ޱ މ މުއިޒު މިކަން ހުއްޓުވާ ދެއްވަވާ ދިވެހި ރައްޔިތުންގެ ބިމުން ވަކިބަޔަކަށް ފުލެޓު އަލާފަ ދިނުން ބަލައެއް ނުގަނެވޭ މަނިކުފާނު އެންމެފަހުން ބޮޱު ޖިލްސާގަވެސް ވިދާލުވި ތިމަންނަ ކުރިމަތީހުރިހާ ރައްއިތުން ހަމަހަމައޭ އާދޭސް ކޮއްފަ މިބުނީ އުންމީދަކީ މަނިކުފާނަށް ނިކަމެތި ރައްޔިތު މީހާގެ މި ކޮމެންޓު ފެނުން މިހާރު ނޫސް ޕުލީސް

The name is already taken The name is available. Register?

ޒައިކް23

16 November 2025

ދިވެހި ރައްޔިތުންގެ ބިމުން އެދިނީ ލަންކާ އިންޑިޔާ ނުވަތަ ބަންގާޅީންނަށްތޯ؟؟ އެވެސް ހަމަ ދިވެހިން.. ސިފައިންނާ ފުލުހުންނާ ޓިޗަރުންނާ ނަރުހުންނާ ސްޓެލްކޯ އެމްއޭސީއެލް އެމްޕީއެލް މީހުންނަށް ލިބޭ އިރު އެވެރިންނަށް ވަކި ކީއްވެ ނުދެންވީ.. އެއީ އެ ބިން ބަލަހަށްޓާ ހުޅުމާލޭގެ މުޅި ބިމުގެ މިލްކުވެރިކަން އޮތް ފަރާތް..

The name is already taken The name is available. Register?

ދުންމާރ

16 November 2025

ޗޱސ އައް ދޯ ވަންނަންވީ ހައްގު ނުވިޔަސް ފުލެޓު ލިބޭނެ މަޖާކަމެއް މިއޮތީ

The name is already taken The name is available. Register?

ތރކމ

16 November 2025

ގާނޫނުއަސާސީގަ އޮތީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދޭން ވަކިތަނެއްގެ ބަޔަކަށްވީތީ ހާއްސަވާކައް ނުޖެހޭ މީދެން ކިހާދެރަކަމެއް ޗޱސ މީހުން މީ މަތިންފާބާތިބި ބައެއްތަ ހެޔޮނުވާނެ ރ މުއިޒު މި ޗޱސ އުވާލަދީ މިމީހުން ނަގަނީ އަމިއްލަފާދާ ތިމީހުންނަށް ތިފުލެޓު ހަލާލު ނުވާނެ ހަންދާންކުރާތި ތީނުހައްގުމަންފާ

The name is already taken The name is available. Register?

ފތމ

16 November 2025

ވ ފެންވަރުގަ މިތަންތަން ހަދާފަ ހުރީވެސް އަދި މުލންވެސް ފޭސް1ގަ ތަފާތުކުރުމާ ނާއިންސާފު މިޗުޱީސީ އެބަޖެހޭ އުވާލަން މީބަޔަކު އަމިއްލަ ފާދާނަގާތަނެއް ހައްގު މީހުން ނުލިބިފަ ތިއްބާ މިމީހުން ފުލެޓު އަލާގެން އަރާމުގަ މިހާރުވެސް ކުއްޔައް މިއުލެނީ ޗޱސ މީހަކަށް ލިބިފާވާ ފުލެޓެއްގަ ޗޱސ ބަޔަކަށް ވީތޡީ ނުޖެހޭ ވަކިން ފުލެޓު ދޭކަށް މިކަން ހުއްޓުވަން އެބަޖެހޭ

The name is already taken The name is available. Register?

ސާސްސް

16 November 2025

ރަނގަޅަށްވިއްޔާ ގިނަމީހުންނަށް ހުންނާނީ ކޮންމެވެސް ސޯޝަލް ހައުސިންގ ސްކީމަކުން އަނބިމީހާ/ ފިރިމީހާއަށް ފުލެޓް ނުވަތަ ގޯތި ލިބިފައި!

The name is already taken The name is available. Register?

ޙައްޤު ތެދު

16 November 2025

ދަންނަ ވަރަށް ގިނަ މީހުންނަށް ލިބިފަ، ޑައުން ޕެމަންޓް ދެއްކެންޔާ، ސޯޝަލް ހައުސިން ލިބިފަ ހުރިތޯ ނެތްތޯވެސް ބަލާނުލާ

The name is already taken The name is available. Register?

ގެދޮރު

16 November 2025

ވިލިގިއްޔާއި މާލޭގައި އަމިއްލަ ނަމުގައި ބިން ހުރެފައި ގެދޮރު ހުރި މީހުންނަށް ތިތަނުން ފްލެޓް ދީފައި އެބަހުރި. މިވާހަކައެއް ދޮގެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ނިކަމެތ މީހާ

16 November 2025

ތި ހުރިހާ ފުލެޓެއް ތިއަލަނީ ހުރިހާ ރައްޔިތުންގެ ލާރިން ތިމީހުންގެ މުސާރައަކުންނޫން ކީއްވެ އެޗުޱީސީ މީހުންނަށް ފުލެޓު އަލާފަ ވަކިން ދޭންވީ މާލޭ ކުއްޔައް އުލޭތާ 29 އަހަރުމިވީ ފުލެޓައް ސަރުތު ހަމަނުވޭ އެޗުޱީސީއައް ވަދެފަ 2 ދެއަހިރުނުވޭ ފުލެޓު ލިބިއްޖެ ކޮބާއިންސާފު ފުލެޓު ދޭންވާނީ ހުރިހާ ރައްޔިތުން ހަމަހަމަ ވާގޮތައް ވަކިބަޔަކައް ނޫން މުލި ހުލުމާލެ ފޭސް1ގަ އެޗުޱީސީ މުވައްޒަފުންގެ ފުލެޓު މީކިހާބޮޱު ބޭއިންސާފެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454