މުހައްމަދު އަލަމިން މިއާ: އޭނާއަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް އުޅުނު މީހާ --
16 ނޮވެމްބަރ 2025 - 14:29
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓް ދެ ކޮންޓެއިނަރުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ބިދޭސީ އަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް އުޅުނު މީހާކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ އެމްޕީއެލް ބަނދަރުން ވަގަށް ނަގައިގެން ގެންދިޔަ ދެ ކޮންޓައިނަރު ތިލަފުށީގައި ނައްތާލައި، ދެ ކޮންޓެއިނަރު ބާދަނގަޑަށް ކިރުވާފައިވާކަން "މިހާރު" އަށް އެނގިފައިވެ އެވެ. މުހައްމަދު އަލަމިން މިއާ އަކީ އެ މަސައްކަތުގައި އިސްކޮށް ހުރި މީހާ އެވެ.
ފުލުހުން ވަނީ ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފަ އެވެ.
ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތިލަފުށީގައި ހެދުމަށް ފަހު އެ ގެންގޮސް އެމްޕީއެލް ބަނދަރުގައި ބެހެއްޓުމަށް ފަހުގަ އެވެ.
ކޮންޓެއިނަރުގެ ނަކަލެއް ހެދުމުގައި އިސްކޮށް އުޅުނީ ކާކުކަމާއި އެކަމާ ގުޅުން ހުރި އެތައް ހެއްކެއް ވެސް ފުލުހުން ހޯދާފައިވާކަން ވަނީ އެނގިފަ އެވެ. އަދި ދެ ކޮންޓެއިނަރު ކަފައި ކުދިކުރުމަށް ފަހު ބާދަނޑުގެ ގޮތުގައި ވިއްކާލުމުން ގަތީ ކޮން ކުންފުންޏަކުން ކާކުކަން ވެސް ފުލުހުންނަށް އެނގެ އެވެ.
ތިލަފުއްޓަށް ގެންދިޔަ ކޮންޓެއިނަރު ކެފުމުގައި އެހީތެރިވި ބައެއް ބިދޭސީން ވަނީ ބައެއް މައުލޫމާތު ފުލުހުންނަށް ދީފަ އެވެ.
ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިދިޔަ މަހު ފެންމަތިވުމާ އެކު، މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
17 November 2025
"ކޮންޓެއިނަރުގެ ނަކަލެއް ހެދުމުގައި އިސްކޮށް އުޅުނީ ކާކުކަމާއި އެކަމާ ގުޅުން ހުރި އެތައް ހެއްކެއް ވެސް ފުލުހުން ހޯދާފައިވާކަން ވަނީ އެނގިފަ އެވެ. އަދި ދެ ކޮންޓެއިނަރު ކަފައި ކުދިކުރުމަށް ފަހު ބާދަނޑުގެ ގޮތުގައި ވިއްކާލުމުން ގަތީ ކޮން ކުންފުންޏަކުން ކާކުކަން ވެސް ފުލުހުންނަށް އެނގެ އެވެ". އެކަމަކު ދެކޮންޓެއިނަރުގަ ހުރި ސިނގިރޭޓުން އެންމެ ސިނގިރޭޓެއްވެސް އަދި ނުފެނެއެވެ. ވީތަނެއްވެސް ނޭގެއެވެ. އހ.
އަހުސަން ފަލީ
16 November 2025
ތީގަ ވާނެގޮތްކަމަށް މިހާރު އެންމެ ވައްތަރީ ސިގިރެޓް ތައް ނުފެނުމުން ސިގިރެޓް ވައްކަމެއް ހިގިކަމަށް ސާބިތުނުކުރެވުން. ޢެކަމު ކޮންޓޭނަރުގެ ބައިތައްފެނުމާގުޅިގެން އެކަފާ މުދަލަށް ގެއްލުންދިނުމުގެ ކުށް ބޮންދުސޮރުގެ ބޮލުގައި އެޅި ޑީޕޯޓް ކޮށްލުން. ދެންތިބި އެެއްމެން ހެކިނެތުމާއެކު ދޫކޮށްލުން. ފިލްމް ނިމޭގޮތް ބަލަން އިންތިޒާރުގައި ހުރީމެވެ.
އ އަހްމަދު
16 November 2025
މިމީހުންގެމިންގަނޑުން ބަލާނަމަ ތިޔަ ބާދަގަނޑު ގަތްމީހާވެސް ކުއްވެރިނުވެ ހިގައްޖިއްޔާރަނގަޅު
ދޫކުރޭ
16 November 2025
ބޮންދުސޮރު ދޫކޮށްލާ. ވަޒީފާގެ ޒިންމާ އަދާކުރީމާ މިނިވަންކަން ނަގާލުމަކީ އަނިޔާއެއް. މަސައްކަތް ހަވާލުކުރި މީހާގެ އަދަބު މިސޮރަށް ދިނުމަކީ އަނިޔާވެެރިކަން.
ލާލު
16 November 2025
އެނގި ހުރެ ކުށުގަ ބައިވެރި ވިޔަސް ހެޔޮތޯ؟
ކުޅިސަމާ
16 November 2025
ބޮނދމެން ގާތުގަ ބުނާކަމެއް ކުރާނެ. މީހަކު މެރުން ފަދަ ކަމެއްނޫން މީ.ނުކޮށްފިއްޔާ އަދަބު ލިބޭނެތީ ކުރާނެ.
1828
16 November 2025
ފުލުހުންގެ ތަހުޤީޤަށް ވަގަށް ނެގިސިނގެރޭޓްތަކަށް ދެންވީ ވީގޮތް ފިޔަވައި އެހެން ހުރިހާ ކަމެއް ހޯދިއްޖެ. ދިވެހި ފުލުހުންގެ ޅިދުމަތަށް ޝުކުރިއްޔާ
ކޮރަލް
16 November 2025
ބިދޭސީ އަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް އުޅުނު މީހާކަން އެނގިއްޖެ އެވެ. ތިއޮތީ ވ ބޮޑު އެއްޗެއް އެނގިފަ އެވެ. ބިދޭސީ އަކަށް އަމިއްލަ އަށް މަސައްކަތެއް ނުކުރެވޭނެ އެވެ. މަސައްކަތް ކުރެވޭނީ ދިވެއްސަކު ހަވާލު ކުރީމަ އެވެ. އެމީހާ ކޮބާ ތޯ އެވެ؟
ބަޑިބެ
16 November 2025
އެމީހާވެސް ހޯދާނެ.
އަހަންމާ.
17 November 2025
މި ޚަބަރުން ވަރަށް ބޮޑު ބަޔެއް އެބައުނިވޭ، ސަބަބަކީ، ތިއީ ކާކުގެ ސްޕޮންސަރ ދަށުގަހުރި މީހެއްތޯ؟ އޭނަ އެ ކޮންޓޭނަރު ހަލާކު ކުރަން ޖެހުނީ ކިހިނެއްވެގެން ކާކުއަންގައިގެންތޯ؟ހަލާކު ކުރިއިރު އެ ކޮންޓޭނަރުގަ ސިގިރޭޓް ހުރިތޯ؟ހުރިނަމަ ސިގިރެޓް ތަކަށް ހެދީ ކިހިނެއްތޯ؟ދިވެހިންގެ ބައިވެރި ވުމެއްނެތި ހިގި ކަމެއްކަމުގައިވާނަމަ އަވަހަށް ދިގަލިމެން ދޫކޮށްލަން....މިއީ މިކަން ކުރެވޭނެ ގޮތަކީ...
ބޮސް ބުނީ
16 November 2025
އޭނާއަށް މަސައްކަތް ހަވާލުކުރި ބޮސް ކޮބާ؟ އޭނާ ކުއްވެރި ނުވެ ބޮންދު ކުއްވެރިވަނީ؟ މީ ކޮންވައްތަރު ތަހުގީގު؟
ކަލޭގެސަން
16 November 2025
ދިގަލި އެހެރީ ހައްޔަރުކޮއްފައި ދޯ؟ އެއީ މީގެ މާސްޓަރމައިންޑް. އޭނާ ބަނދަރުމަތީ ވައްކަމަށް ނިކަން ކުޅަދާނަވާނެ. މީގެ ކުރިންވެސް ޑިޒާސްޓަރ މެޏެޖްމަންޓުގެ 24 މިލިޔަން ރުފިއާގެ ވައްކަމަކުން ނޫހަށް ފޮޓޮ އަރާފައިވާ މީހެއް.
ޢަސިމް
16 November 2025
މީ މޯރޑިސް ސުަޓައިލް ތަހުގީގު. އެންމެ ފަހުން މި ބަނގުލަދޭޝް މީހާ އަކީ މިކަމުގެ އެންމެ އިސް މީހާ ކަމަށް ބުނެ ޑީޕޯޓު ކުރުމަށް ފަހު ދެންތިބި އެންމެން ދޫކޮއްލާނެ