ހުޅުމާލޭގެ ވަގުފު އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރޭ.
ހުޅުމާލޭގައި އަޅާ ވަގްފް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި އާރުސީސީގެ އެމްޑީ ރަޝީދު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
17 ނޮވެމްބަރ 2025 - 16:14
ހުޅުމާލެ 1 ގައި އަޅާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން 244 މިލިއަން ރުފިޔާ އަށް އާރުސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އާރުސީސީން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ.
އާރުސީސީއާ އެ މަސައްކަތް ހަވާލުކުރީ 24 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 244,508,842.00 ރުފިޔާ އަށެވެ. މަޝްރޫއު ނިންމުމަށް ފަހު، ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެއީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭނިންސްގެ ދަށުން ހަރަދުކުރާ މަޝްރޫއެކެވެ.
ހުޅުމާލޭގައި އަޅާ ވަގްފް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި އާރުސީސީގެ އެމްޑީ ރަޝީދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ ދާރުއްސަލާމް ވަގްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު އަޅާ 12 ބުރީގެ އިާރާތެއް ކަމަށެވެ އެ އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ޖާގަ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާނެ އެވެ. އަދި ތިން ވަނަ ފަންގިފިލާ އިން ފެށިގެން 12 ވަނަ ފަންގިފިލައާ ހަމައަށް ހުރި ފަންގިފިލާތަކުގައި ހުންނާނީ ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކައި މީޓިން ރޫމްތަކެވެ. ޢިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލެއް ހުންނާނެ ކަމަށާއި ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ އާންމު ޓެރަސްއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްރީން ބުންޏެވެ.
ހުޅުމާލޭގެ ވަގުފު އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރެ އެވެ. އޭގެ 20 ޕަސެންޓް ޒަކާތު ހައުސް އަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އާމްދަނީގެ 80 ޕަސެންޓް ޖަމާކުރާނީ އިސްލާމިކް ވަގްފު ފަންޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުު
17 November 2025
52 މިލިއަން އަހަރަކު. 12 ބުރީގެ އިމާރާތަކުން. މާނައަކީ، މަހަކަށް 4 މިލައަނަށްވުރެ މަތީގަ... ހަމަ އަސްލުތަ؟
އިބްރާހިމް
17 November 2025
ޕާކިންގ ކިހިނެއްބާ...
މިފަހަރު
17 November 2025
މިކަމުގަ މާލޭ މޭޔަރުގެ ވެސް މަސްލަހަތު އެބައޮތް އަލީ އާޒިމް އަށް މަގޭ ތާއިދު މިފަހަރު
ކޮރަލް
17 November 2025
ޝަހީމް .،،،،،، އެސްޖޭ އިން ހުޅުމާލޭ ފޭސް ދޭއްގަ ހަދަމް ހަވާލު ކުރި މިސކިތް ވަނީ ހުއްޓިފަ އެވެ. އެތައް އަހަރެއް ވެއްޖެ އެވެ. ޑިއުޓީ ފްރީ ކޮށް މިސްކިތުގެ ނަމުގަ އެއްޗެހިގެނެސް އެހެން ކަންކަމަށް ބޭނުން ކުރަނީ ތޯ ބަލާލަ ބަލާށެވެ.
ދސޗދސ
17 November 2025
ދޮގުވާހަކަ ނުދައްކާ. މިސްކިތް ދަނީ ބަރާބަރަށް ނިންމަމުން.
ކޮރަލް
17 November 2025
މިސްކިތް ނިންމަން ފުރަތަމަ ދިނީ ކިތައް އަހަރަށް ތޯ އެވެ.؟ މިސްކިތް ހަވާލު ކުރި ފަހުން ކިތައް އަހަރު ވެއްޖެ ތޯ އެވެ.؟ މުއްދަތަށް ނިންމުނުތޯ އެވެ؟ އޭރުން ތެދު ވާހަކަ ހާމަ ވާނެ އެވެ.
ޢަރުތަ
17 November 2025
އެސްޖޭ މޯލް ގެ ވިޔަފާރި ހުރީ ފަތުއަޑު ކިޔާފަ ހަމަ ކުރިޔަށް، މޯލް ހިންގަން އެމީހުން ބުނި ތަނަކުން ބުނި ސައިޒެއްގެ ބިމެއްވެސް އެއޮތީދީފަ.