މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ބޭއްވެވި ހަފުލާގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
17 ނޮވެމްބަރ 2025 - 23:58
މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލޭގައި އުޅޭ މީހުންނާއި ވިޔަފާރިވެރިންނާ އެކު އަންނަ ހަފުތާ އިން ފެށިގެން ބައްދަލު ކުރައްވަމުން ގެންދަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ އެ މަނިކުފާނު މިދިޔަ ދެ އަހަރުގެ ތެރޭގައި ބައްދަލު ކުރައްވާފައިވާ ކަމަށާއި ދެން އޮތީ މާލެ އާއި އެކި ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބަހާލައިގެން ބައްދަލުވުންތައް ބާއްވަން އެ މަނިކުފާނު ފައްޓަވާނީ އަންނަ ހަފުތާގަ އެވެ. އަދި ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ބޭއްވެވި ހަފުލާގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ކޮންމެ އަވަށެއް ވަކިން އިރާދަކުރެއްވިއްޔާ މަޝްވަރާ ބައްދަލުވުންތަކެއް ވަރަށް އަވަހަށް އެބަ ފަށަން. އޭރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭ ރަށްވެހިންނަށް ފުރުސަތު ލިބޭނެ އެ އަވަށެއްގެ ބައްދަލުވުމަށް ވަޑައިގެން އަޅުގަނޑާ އެކީގައި އެ ބޭފުޅުން ބޭނުންވާ ކަންކަން ހިއްސާކޮށް، މަޝްވަރާކޮށް، އެ ބޭފުޅުންގެ ހިޔާލުތައް ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އިއުލާން ކުރެއްވި ގޮތުގައި މާލޭގައި އުޅޭ ވިޔަފާރިވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފައްޓަވަން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ބޭއްވެވި ހަފުލާގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން މާލޭގައި ވެސް ވުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، މާލޭގައި ކަންކަން ރަނގަޅަށް ނުދާ މައްސަލަތައް އެކި ފަރާތްތަކުން އެ މަނިކުފާނާ ހިއްސާ ކުރަމުން ގެންދާ ކަަމަށެވެ. އެހެންވެ، މީގެ ކުރިން ވެސް އަމަލުކުރި ގޮތަށް ސަރުކާރާއި މާލޭގެ ރައްޔިތުން ގުޅިގެން ކަންކަން ފަހިކުރުމުގެ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އަބަދުވެސް ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ މަޝްވަރާ ކުރައްވައިގެންނެވެ. ރަށްރަށަށް ވަޑައިގަންނަވަނީ ވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު ރައީސް މިރޭ ވިދާޅުވީ، ކޮންސަލްޓަންޓާ އެކު ހުރިހާ ރަށެއްގައި މިހާރު މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަމަށެވެ.
"އެއީ 191 ޕަބްލިކް ކޮންސަލްޓޭޝަން ނުވަތަ މަޝްވަރާ ބާއްވައިފި. ސަތޭކަ އަށް ވުރެ ގިނަ މުއައްސަސަސާއާ އެކު މަޝްވަރާ ބާއްވައިފި. އަދި އޭގެ އިތުރަށް އެކްސްޕާޓް ރައުންޑް ޓޭބަލް ޑިސްކަޝަންތައް ވެސް، 19 ޑިސްކަޝަން ބާއްވައިފިން. ނުވަދިހަ ހަ ފޯކަސްޑް ގުރޫޕް މީީޓިން އެއީ ޒުވާނުންނާއި އަންހެނުންނާއި ބިޒްނަސްމަނުންނާއި މިހެން ގޮސް އެކި ފަރާތްތައް ހިމެނޭ ހެން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ބޭއްވެވި ހަފުލާގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް މުއިއްޒު ވިދާޅުވީ، ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން ތައްޔާރުކުރާއިރު، އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ ހިޔާލާއި މަޝްވަރާއާ އެކު އެކަން ކުރުމަށް ކަމަށެވެ.
"ތިމަންނަ ވެސް އެ އަށް އެއްޗެއް ބުނެފައި އޮތް އެއްޗެކޭ މި ހަދަނީ. އެހެންވެ، އެ ކަމަށްޓަކައި ހުރިހާ ރަށަކާ މީޓް ކުރެވިއްޖެ. ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނާ ބައްދަލުވެއްޖެ މިހާރު. ކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފި، އެކްސްޕާޓުންނާ ބައްދަލުކޮށްފި، ހުރިހާ މުއައްސަސާތަކާ ބައްދަލުކޮށްފި،" މާސްޓަޕްލޭން އެކުލައިލުމުގެ މަޝްވަރާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްވަރާތަކާ އެކު، 20 އަހަރުގެ މާސްޓަޕްލޭންގެ ފުރަތަމަ ޑްރާފްޓް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާނެ އެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
18 November 2025
އަމިއްލަ ވިޔަފާރިވެރިންނަކީ މިސަރުކާރުން އެހާބަލައިގަންނަ ބައެއްކަމަށް ހީނުކުރަން. އަބަދު އިވޭނީ ވިޔަފާރި ވެރިންނާ ދެކޮޅަށް ބުނާ ބަސްތަކުގެ އަޑު. އެހެންވީމަ ވިޔަފާރި ވެރިންނާ ކޮންމެހެން ވަކިން ބައްދަލު ނުކުރައްވާ މާލޭ ރައްޔިތުންނާ ބައްދަލު ކުރައްވާ އިރު ވިޔަފާރިވެރިން ވެސް ހިމަނާލުމުން ފުދޭނެ ނޫންތޯ!
މާލެ ދަފްތަރު
18 November 2025
މާލޭގައި ދިރިއުޅޭ މާލޭގައި ވިޔަފާރި ކުރާ ހުރިހާ އެންމެންވެސް މާލޭގެ ރައްވެހިން ކަމަށް ބަލަންވީ، ގިނަ މީހުން އަމިއްލަ އުފަން ރަށުގަ ފައި ނުޖެހޭތާ އެތައް އަހަރެއް ވެއްޖެ.. ސަރުކާރުން މި އެންމެނަށް އަމާޒު ކޮށްގެން ބައްދަލު ކުރާނަން.
ފަލަޑޭ
18 November 2025
މަބުނީ ހައުސިންގ މިނިސްޓަރީގަ ރޯވި މައްސަލއިގެ ޝަރީއަތް އޮތީ ކިހާ ހިސާބެއްގަ ހޭ.
ހަސަންރަހާ
18 November 2025
އެތެރެވަރީ ގައުމު ތަކުގާ ވެރިކަން ލިބޭނީ ވެރިކަން ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މޮޅަށް ކުރާ މީހާއަށެވެ. މިގޮތުން މިހާރުގެ ރައީސް އަކީ ތޫނުފިލި ބޭފުޅެކޭ ބުނަން ޖެހެއެވެ. ވިސްނަވާށެވެ. ޕނސ ޕީޖީ ގުރޫޕުގެ އިސް ބޭފުޅުން މަޖިލީހުގައި އަޑަށް ބާރުލާ، ކަރުން ނާރުނަގާ އެ ގޮވަނީ މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދީގެން ނުވާނޭ ވާހަކައެވެ. އަދި ދީފައި ހުރި ގޯތި ތައްވެސް ދައުލަތަށް ނަގަންޖެހޭ ވާހަކައެވެ. ރައީސް އެ ނިންމެވީ 15000 ގޯތި 'ބަހާލާށެވެ'.
ހިޖުރަވެރިން
18 November 2025
މާލެ މިހުންގެ ގޮތުގައި މާލޭގަ ގިނަ ދުވަހު އުޅޭ މީހުނާއި، މާލޭގައި އިންވެސްޓް ކޮށްގެން ތިބި ދިވެހި ރައްޔިތުން ހިމަނައިގެން ތިކަމާ އުޅޭނަމަ ވަރަށް ރަނގަޅު ވާނެ ކަމަށް ގަބޫލުކުރެވޭ
ރަހީމާ
18 November 2025
ރައީސް މުއިއްޒު ވިދާޅުވީ، ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން ތައްޔާރުކުރާއިރު، އެ މަނިކުފާނު ބޭނުންފުޅުވަނީ އެންމެންގެ ހިޔާލާއި މަޝްވަރާއާ އެކު އެކަން ކުރުމަށް ކަމަށެވެ. މީ މިހާރު ފާޑު ކިޔަމުންދާ މީހުނަށް ހުޅުވިގެންދާ ބޮޑު ދޮރެއް ދެން މިތާ ކޮމެންޓު ކުރަން ނުތިބެ ކެރިގެން އެ ބައްދަލުވުން ތަކުގައި ބައިވެރިވެ، ތިޔަ ގަތާލާ ހިޔާލުތައް ވިސްނުންތެރި ކަމާއިއެކު ހުށަހަޅަންވީ
ނާޑުވާ
18 November 2025
ތިޔަބުނާ ދޮރެއް ހުޅުވާފަ ހުރީ މިނިސްޓަރުންނަށާ ސިޔާސީ ފަރާތްތަކަށް. އެތާކަށް އާންމު ރައްޔިތަކަށް ސުވާލެއްކޮށްލަންވެސް ނުވަދެވޭ. އެހެންވީމަ ޚިޔާލު ހޯދިފަތާ ހުންނާނީ.
އަފްރާސިޔާބު
18 November 2025
އަހަރެންގާތަށް އަޔަސް ދޭނެ އެއްޗެއްނެތް. ވަރަށް އަތްމަތި ދަތިކޮށް މިދިޔަ ދެ އަހަރު މިއުޅުނީ. މުސްތަގުބަލުވެސް އަލީވާނެ ކަމުގެ ނިޝަނެއް ނެތް. ކުރިން ކޮންމެ ދުވަހަކު ކަމުންދިޔަ 1 އާފަލު މިހާރު ހިފޭ ވަރަށް ބުރަވެގެން މިއުޅެނީ. އާފަލު ބޮޑުކަމުން އޭގެ ބައިކުޅަ ބައިވެސް ހުސްނުގެން 5 މަސްދުވަސްވާއިރުވެސް މިއުޅެނީ.
ލަމްހާ ސަރީފް
18 November 2025
މިވެރިކަން ފެނިގެން މިދަނީ އެހެން ވެރިކަންތަކާއި ހިލާފަށް ރައީސް އަކީ ރައްޔިތުންގެ އަތުޖެހޭ ފަށުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި، މިފަދަ ކަމަކަށް ސީދާ ރައީސް އިސްނެންގެވުމުން ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ
ފާރޭ
18 November 2025
މީ ރައްޖޭގެ ރައީސަކު އަމިއްލައަށް މިފަދަ ބައްދަލުވުން ތަކެއް ބާއްވާ ފުރަތަމަ ފަހަރު، އުއްމީދު ކުރަނީ މިކަމުން ރަނގަޅު ނަތީޖާއެއް ނިކުމެގެން ދާނެ ކަމަށް
ހަމްޒަތު
18 November 2025
ރައީސް ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަރިހަށް ވަޑައިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި އެއްގޮތްވާ ގޮތުގެ މަތިން