ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
18 ނޮވެމްބަރ 2025 - 11:31
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން، އެ ދެ ސަރަހައްދަށް އިތުރުކުރާ ޓޫރިސްޓް އެނދުތަކާ އެކު، ރާއްޖޭގައި ޓޫރިޒަމް އެންމެ ބާރަށް ކުރިއެރި ދުވަސްވަރު ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އައި ވަރުގެ ކުރިއެރުމެއް، އިގުތިސާދަށް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އެނދުގެ އަދަދު 200 ގައި ހުރުމަށް ފަހު 11،300 އާ ހަމައަށް އިތުރުވީ 80 ގެ ގެ އަހަރުތަކުގަ އެވެ. އޭރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުރީ އަހަރަކު އެވްރެޖްކޮށް 10 ޕަސެންޓުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރަށް ކަނޑައެޅި ވަގުތުގައި ޒަމީރު ވިދާޅުވީ، ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި ލިބުނު ފީޑްބެކްގެ ތެރޭގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ،
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެއިރޯ ބްރިޖް ބޭނުންކުރަނީ: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން މިހާރު މިދާ ދިމާލަކީ އައްޑު އަތޮޅުގެ އެއާޕޯޓް ނިމިގެން އަދި ހަނިމާދޫގެ އެއާޕޯޓް ނިމިގެންދާއިރުގައި އެ ސަރަހައްދުގެ އެކްސްޕެޝަންނަށް މަސައްކަތް ކުރީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ 1980 ގެ އަހަރުތަކުގެ ތެރޭގައި މާލޭ ކައިރީ ޓުއަރިޒަމް ޑިވެލޮޕްވަމުން އައި އިރުގައި 90 ގެ އަހަރުތަކުގައި ޑިވެލޮޕްވަމުން އައި އިރުގައި ލިބުނު ގްރޯތު އަޅުގަނޑުމެންނަށް ލިބޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެއީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓުން ކުރި ދިރާސަތަކަށް ފަހު ލަފާކުރާ ގޮތެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، މިހާރު އެމްއެމްއޭގެ ފޯކާސްޓާ އަދި އަޅުގަނޑުމެންގެ އިކޮނޮމިސްޓުން ވެސް ބައްލަވާފައި ހުރި ފޯކާސްޓަށް ބަލާއިރުގައި ސަސްޓެއިނަބުލް ވާނެ. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ފޯކާސްޓްތައް އެހެރީ ހިސްޓޯރިކަލް ޑޭޓާ އަށް ވެސް ބަލާފައި،" އޭނާ ވިދާވި އެވެ.
އިގުތިސާދު ފުޅާކުރުމަށް ޓަކައި އެހެން ބައެއް މަަސައްކަތްތައް ވެސް ރާވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއްގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޖހހ
19 November 2025
އެހެންވީމާ ހުރިހާވެސް ޝުކުރެއް މި ނިމިދިޔަ ދެ ވެރިކަމަށްތާ.
ރާވެރިބެ
19 November 2025
ހަނިމާދޫއާ ގަމުގެ އެއާރޕޯޓުން އިގްތިސާދަށް %10 ގެ ކުރި އެރުމެއް. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އާޓަރމިނަލްގެ ސަބަބުން އިގްތިސާދަށް %20 ގެ ކުރި އެރުމެެއް ލިބޭނެ ކަމަށް ބަލަމާ. ދެން ގޫގަލްގެ ސަބްމެރިން ކޭބަލް ސްޓޭޝަނުން އިގްތިސާދު ދާނީ މުޅިން އެހެން ލެވަލްއަކަށް ކަމަށް މިބުނަނީ. އަދި ކޮބާ؟ ހުޅުމާލޭގެ ކްރިޕްޓޯ ފައިނޭންޝަލް ސެންޓަރުން އެކުރާ އިޝްތިހާރުތަކަށް ބަލާއިރު ހީވަނީ ޓުއަރިޒަމަށް ވުރެ ފައިދާވާނެ ކަމަށް. ދެން ދިވެހިން އުދުހެންވީ ނުން؟
އޮނަރަބްލް އަފީފު ދީދީ
18 November 2025
ބިލިޔަން ޑޮލަރު އިންވެސްޓް ކޮށްފައިވާ ކ.މާލޭ އެއަރޕޯޓުންވެސް ނަގާވަރާއި އެއްވަރަށް އައްޑޫ އެއަރޕޯޓުން ފުރާމީހާ އަތުންފީތައް ނަގާން ފެއްޓުމުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާނަމަ 50 ޑޮލަރު، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުންވެސް 240 ޑޮލަރުނަގަން ކަޑައަޅާ އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 480 ޑޮލަރަށް މާލޭސަރުކާރުން ވަނީ ބޮޑުކޮށްފަ.
އޮނަރަބްލް އަފީފު ދީދީ
18 November 2025
ދުނިޔޭގެ ކޮން ޤައުމަކުންތޯ އެޤައުމުގެ އެންމެބޮޑު އެއަރޕޯޓުން ނަގާވަރު ފީތައް ވަކިން އެކަހެރިކޮށް އޮންނަ އެއަރޕޯޓް ތަކުން ނަގަނީ؟! ޤާނޫނު ބަދަލުކޮށް ރާއްޖެއިން ބޭރަށް ފުރާމީހުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީއާއި ޑިޕާޗަރޗާޖް އަދި އެއަރޕޯޓުގެ އެހެނިހެން ފީތައް ބޮޑުކުރިއިރު އެތައް ބިލިޔަން ޑޮލަރުގެ ލޯނުން ތަރައްޤީކުރި މާލޭއެއަރޕޯޓުން ނަގާވަރާއި އެއްވަރަށް އައްޑޫ ގޭން އެއަރޕޯޓުންވެސް އަގުނަގާން ކަޑައެޅީ މިތަން ހިންގަން ބޭނުން ނުވާތީކަން ޔަޤީން.
އޮނަރަބްލް އަފީފު ދީދީ
18 November 2025
އައްޑޫމީހުންގެ އުއްމީދަކީ ލަންކާގެ Ratmalana International Airport އަށް މޯލްޑިވިއަން ދަތުރުކުރަން ސިލޯނުން ދިންފަދަ އިނާޔަތްތަކެއް އައްްޑުއަށް ދަތުރުކުރާ ސްރީލަންކަން އަށް މާލޭސަރުކާރުން ދިނުން. އަދި މާލޭސަރުކާރު އެއަރލައިން މޯލްޑިވިއަން ގޭން ކޮޗިންގ ދަތުރު ކޮށް ނުދިންކަމަށްވިޔަސް އައްޑޫ ކައުންސިލުން އިންޑިޔާ ސަރުކާރާއި ވާހަކަދައްކައިގެން އައްޑޫ ކުދިން ކިޔަވަންއުޅޭ އަދި ބޭސްފަރުވާއަށް ދާ ކޮޗިންގއަށް IndiGo ގެ ޝެޑިއުލް ދަތުރު ހަމަޖެހިގެން ދިއުން.
ކޮމޮޑަސް
19 November 2025
އައްޑޫ ކައުންސިލުން އިންޑިއާ ސަރުކާރާއި ވާހަކަދައްކަނީ ކީއްކުރަން؟ ދައުލަތަކާއި ލޮކަލް ސިޓީ ކައުންސިލަކާއި ދައްކަންޖެހޭ ވާހަކަވެސް ހުރޭތަ؟
ތެދުހަދާމީހެއް
18 November 2025
އެއީ ކުރީ ސަރުކާރުގެ ދުރު ރާސްތާ ޕްލޭންގެ ފައިދާ އެއް ނޫންތަ؟ އެހެން ބުނަން ނުކެރެނީ ކީއްވެތަ؟ ލޯނު ދައްކަންވީމަ ކުރީ ސަރުކާރުން ލޯނު ނަގައިގެންނޭ ކިޔާ ހާސަރު އަމުނާނެ. އެކަމަކު ތިޔަ ބުނާ 2 އެއަރޕޯރޓް ތަރައްގީ ކުރަނީ އިންޑީޔާގެ އެގްޒިމް ބޭންކުން ނެގި ލޯނަކުން ނޫންތަ؟ ތިލަމާލޭ ބުރިޖު ވެސް އައްޑޫ ފެންހިންދާ ނިޒާމް، ބިން ހިއްކުން، މަގުހެދުން ހަންކެޑެ ބުރިޖު އެހެރީ ނިމިފަ ފެންނަން. އެހެންކަމުން ނެގި ލޯނު ދިރުވާލީ ނޫންކަން އެބަފެނޭދޯ؟