ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
18 ނޮވެމްބަރ 2025 - 11:52
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް މިހާރު އޮތީ ބޭރު މީހުންގެ އަތްމަތީގައި ކަމަށާއި ރާއްޖޭގައި ޑޮލަރު ހަރުނުލަނީ އެހެންވެ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ، ބަޖެޓް ބަހުސްގައި ސިޔާމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި އުޅޭ ދިވެހި ވިޔަފާރިވެރިން ފައިސާ ގެންނަނީ ރާއްޖެއަށް ކަމަށާއި އެހެންވެ އެ އިންޑަސްޓްރީގައި ދިވެހިންނަށް މަސައްކަތްކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. ރިސޯޓް ހަދާނެ ރަށްތައް ދިވެހިންނަށް ދީފައި، އެ ރަށްތައް ހެދޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިސޯޓްތައް ތަރައްގީކުރަން ދިވެހި ވިޔަފާރިވެރިންނަށް ސަރުކާރުން އެހީވުމުންވާ ފައިދާގެ މިސާލެއްގެ ގޮތުގައި ސިޔާމް ދެއްކެވީ އޭނާގެ އަމިއްލަފުޅު ރިސޯޓް "ސިޔާމް ވޯލްޑް" ހަދަން ލޯނެއް ނަގަން ސަރުކާރުން ދިން ގެރެންޓީ އެވެ.
"މީގެ ތިން އަހަރު ކުރީގައި ސަވަރިން ގެރެންޓީއެއް ދީގެން ނ.އަތޮޅުގައި ރަށެއް ހެދީ. ފިނޭންސް މިނިސްޓަރަށް އެނގިލައްވާނެ އެ ސަވަރިން ގެރެންޓީ ދިނުމުގެ ސަބަބުން ދައުލަތަށް ލިބިއްޖެ13 މިލިއަން، 10 މިލިއަން ޑޮލަރު މި ހިސާބަށް. އަދި އިތުރަށް ކޮބައިތޯ، އާއްމު 10 ރިސޯޓެއްގެ ޓެކްސްއަށް ދައްކާ ވަރަށް ވުރެ ގިނައިން، އެންމެ ރިސޯޓަކުން، ސިޔާމް ވޯލްޑުން މިއަދު އެބަ ދައްކާ،" ސިޔާމް ވިދާޅުވި އެވެ.
އެ ރިސޯޓްގައި 2،000 މުވައްޒަފުން އެބަ ތިބި ކަމަށް ވިދާޅުވެ، ސިޔާމް ވަނީ އެހެންވެ ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރި ނުވާންވީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. ސަރުކާރުތަކުން އެގޮތަށް ކަންތައް ނުކުރުމުން ވާ ގޮތަކީ ރާއްޖޭގެ ހުރިހާ ރަށްތައް ބޭރުގެ ފަރާތްތަކަށް އެތައް އަހަރަކަށް މިލްކުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވާނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު މިއަދު އަޅުގަނޑުމެންގެ އަތްމަތިން ބީވެގެން އެ ދިޔައީ 90 ޕަސެންޓް، މުޅި އިންޑަސްޓްރީގެ 90 ޕަސެންޓް ބީވެގެން އެ ދިޔައީ ބޭރުގެ ގައުމުތަކުގެ ފޮރިން އިންވެސްޓްމެންޓް ތަކަށް، މިއަދު ދިވެހިރާއްޖޭގައި ޑޮލަރު ހަރުނުވާ ވާހަކަ މިދައްކަނީ. ސަބަބަކީ އެއީ. އަޅުގަނޑުމެން، ވިޔަފާރިކުރާ [ދިވެހި] އެންމެން ދިވެހިރާއްޖޭގައި ޑޮލަރު ބަހައްޓަމު، ދިވެހިރާއްޖޭގެ އެކައުންޓްތަކުގައި ޑޮލަރު ބަހައްޓަމު،" ސިޔާމް ވިދާޅުވި އެވެެ.
ނަަމަވެސް ބޭރުގެ އިންވެސްޓްމެންޓް ވެސް ރާއްޖެއަށް (ވަކި ވަރަކަށް) ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާކުރުމުގެ ބަދަލުގައި ކަނޑުގެ ފައިދާ ހެޔޮގޮތުގައި ނަގަން ޖެހޭ ކަމަށް ވެސް ސިޔާމް މިއަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
19 November 2025
ސިޔާމްގެ ވާހަކަ ރަގަޅު. ބޭރުގެ އިންވެސްޓަރުން ބޭނުމެއް ނުވާނެ ރާއްޖޭގެ ބޭންކްތަކުގަ އެމީހުންގެ ފައިސާ ބަހައްޓަން. އަދި އަމުދުން ދިވެހި ރުފިޔާ މާގިނައިން ނުގެންގުޅޭނެ. އޭގެ ބަދަލުގަ ދިވެހި އިންވެސްޓަރުންގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ ބޭންކްތަކުގަ. އެއީ ބޭންކުން ލޯނުދޭ އިރު ލާޒިމް ކުރާތީ. ހުރިހާ ރިިސޯޓުތަކާ ގެސްޓްހައުސްތަކަށް ބޭންކުތަކުން ލޯނުދީފަ ހުންނަނީ. ވީމަ ބޭރުގަ ބަހައްޓާ ހިތްވިޔަސް މަދު މީހަކަށް ނޫނީ ބޭރުގަ ރިސޯޓަށް ލިބޭ ފައިސާ ނުބެހެއްޓޭނެ
ލޯރިޤު
19 November 2025
ސިޔާމްގެ ވާހަކަފުޅު އަޑުއައްސަވާ. މިއަދުގެ ސަރުކާރުންވެސް ފޮރިން އިންވެސްޓްމަންޓް ނުގެނެވިގެން ތެޅި ބާލަނީ. އެކަމަކު ފޮރިން އިންވެސްޓްމަންޓެއްގެ އައުޓްވާޑްފްލޯ %85. ގައުމަށް ލިބެނީ މަކަރު ހަދާފަ ދަށް އަގުގަ ވިއްކާ ކޮޓަރިކޮޅުގެ ޓެކްސް. ދިވެހިން ވިޔަފާރީގެ މާހައުލަށް ނެރެން ސަރުކާރުން މަސައްކަތް ކުރަންޖެހޭ.
ޙަހަހަހަހހަ
19 November 2025
ސިޔާމް ވޯލްޑް ގިނައީ ބިދޭސީން
އަށްކޮ
18 November 2025
ފޮރިން އިންވެސްމަންތައް ގެންނަން ޖެހެނީ ދިވެހީނަށް ދިވެހި ސަރުކާރުތަކުން އެހީއާއި ލޯނުތައް ނުލިބޭތީ، ފޮރިން އިންވެސްޓަރުން އަނަން ޖެހެނީ މޮނޮޕޮލީކޮއް ދިވެހި މަހުޖަނުން އަލައްފަށާ ދިވެހިންނަށް ހުރަސް އަޅާތީ. ފޮރިން އިންވެސްޓް މަންޓުން ޑޮލަރު ހަރުނުލަނީ ދިވެހި އުފެއްދުން ތެރިން އެކަހެރި ކުރާތީ. ވަޒީފާގެ ބާޒާރައް ދިވެހިނަން ފުރުސަތު ނުދޭތީ. ދިވެހި މަސައްކަތް އެކަހެރި ކުރާތީ. ޑިވެހި ފަންނުވެރިންނަށް ޖާގަ ނުދޭތީ. އައުޓްސޯސް ކޮއްގެން ލިބޭނެ ގެއްލުންމީ
ދޮން
19 November 2025
ބޭރު ގެ އިންވެސްޓު މަންޓު ތަކުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ކޮންމެ5 އަހަރަކުން ސިޔާސަ ނުވެ ދައްކާނެ.މިކަހަލަ ވާހަކަ ދައްކާ މީހުންގެ ވިޔަފާރިތަކުގަ އިސްކަން ދެނީ ބޭރުގެ ފަރާތް ތަކަށް، ގައުމުގެ ކުދި މީހުން ނަކަށް ނުބަލާ އަދި އެމީހުން ގެ ކިހާ ފައިސާ އެއްތޯ ބޭރުގެ އެކައުންޓު ތަކަށް ދަނީ.މިކަހަލަ ވާހަކަ މިދައްކަނީ އަދިވެސް އިތުރު ކުރަން.އެކަކަށް ގިނަ ރައްތަށް ވެސް ދިނުން ހުށްޓަން ޖެހޭ. ން
ޑާޑު
18 November 2025
ރާއްޖޭގަ މިއޮންނަނީ ފުރީމާކެޓް އިކޮނޮމީއެއް. އެހެންވެއްޖިއްޔާ މާކެޓް ކޮންޓްރޯލް ކުރާނީ ވިޔަފާރިތަކުން ސަޕްލައި އެންޑް ޑިމާޑަށް ބަލާފައި.
ޑރ ވާންޗޯ
18 November 2025
ދެންބުނޭ ގިނަދިވެހި މަހުޖަނުންގެ ރިސޯޓުތަކުންގަ %80 ބިދޭސީން ގެންގުޅެނީ ދިވެހިން ހަރުނުލަނީ ދިވެހިން ގިރިސްލައިގެން ތިބީމައޭ!!!.
މާންބެ
19 November 2025
ދިވެހިން ކަންނެތްވީމަ ވާގޮތް. ދިވެހިން ބޭނުންވަނީ ބޮޑުމުސާރަލިބޭ ވަޒީފާ. އެޔާ އެއްވަރަށް ގާތަށްވެސް މަސައްކަތް ކުރާތަނެއް ނުފެނޭ. ބަލި ނުވަޔަސް ނިދާލަން އެބަނަގާ މެޑިކަލް ލީވްއާ ފެމެލީ ރެސްޕޮންސިބިލިޓީ. ގާނޫނުން ލިބެންޖެހޭ އެއްޗެކޭ ކިޔާފަ. ގާނޫނުގަ އޮންނަނީ ކަންނެއްކަމުން ނިދަން މެޑިކަލް ޖަހާކަށް ނޫން. ވަރަށް ވާހަކަމީ. ރަނގަޅުކޮއްލާ.
އިހްސާސް
18 November 2025
ނިކަން ދިވެހިން ހީވާގިވެފަ ބޭރުމީހުން ލައްވާ މިޤައުމުގަ މަސައްކަތް ކުރުން ބޮޑުތަނުން ދައްކޮށްލާބަލަ. އަދި ޒަރޫރީ ތަކެތި (މިޤައުމުގަ ނެތް) ނޫނީ ބޭރުން ނުގެނެސް، ތިމާމެންގެ ޤައުމުން ލިބެންހުރި ތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ. މިޤައުމުގަ ބަނގުރާ ނުވިއްކިޔަކަސް ޓޫރިޒަމް ފައްކާކުރެވޭނެ. އޭރުންމެސް ޑޮލަރުކޮޅެއް ސަލާމަތް ކުރެވުނީ. ރާއްޖޭގައި ފޮރިން އިންވެސްޓުމެންޓު ހެދިޔަސް ފޮރިން ލޭބާ ފޯސް ދަށްކުރަން މަޖުބޫރުކުރުވޭނީ ދިވެހިން ނިކުމެގެން.
އެހެން
19 November 2025
ދިވެއްސަކަށް ވަޒީފާއެއް ނުދޭ. ބޮޑު މުސާރައިގަ ގެންނަނީ ބޭރުމީހުން. އެޑޮލަރު ރާއްޖެއިން ބޭރުވާނެ.
އޮނަރަބްލް އަފީފު ދީދީ
18 November 2025
ރާއްޖޭގައި މިކަންއޮތްގޮތަށް ފޮރިންގ އިންވެސްޓްމަންޓް އޮތުމަކީ ޤައުމަށް ރައްޔިތުނަށް އެންމެ މަންފާ ހުރިގޮތް ކަމަށް ބުނަނީ އެއްނޫން. އެހެން ނަމަވެސް ރާއްޖޭގައިއޮތް ފޮރިންގ ކަރަންސީ ޝޯޓޭޖްގެ މައްސަލައަކީ މަޙުޖަނު ޝިޔާމް ތިބުނާ މައްސަލަ އެއްނޫން. ފުރަތަމަކަމަކަށް ރާއްޖޭގެ ޕްރޮޑަކްޓް (ރިސޯޓް އެނދު) ވިއްކައިގެން ޤައުމަށް ވަންނަންޖެހޭ "ފުރިހަމަ އާމްދަނީ" ވަދެ އެއިން ދައުލަތަށް ލިބެންޖެހޭ ސައްޙަ އަދަދަށް ޓެކްސް ލިބެމުންދޭތޯ؟! މިކަން އިދާރާތަކުން ބަލާތޯ؟
ބްރޯސް
18 November 2025
ބަލައިފިން.. ރިސޯޓްތަކުން ލިބޭ.. ނުލިބެނީ ގެސްޓް ހައުސްތަކުން.
ޑޮލަރުނުވަދޭ
18 November 2025
ބޭރުގެ އިންވެސްޓްމަންޓު ހުރުމަކުން އެކަންޏެއްނޫން. ޓޫރިސްޓު ވިޔަފާރި ހިންގާ ގިނަމީހުންގެ އެކައުންޓުތައް ހުންނަނީ ރާއްޖެއިން ބޭރުގައި. ރޫމުތައް ވިއްކައިގެން ލިބޭ ގިނަ ޑޮލަރު ރާއްޖެ ނުވަދޭ. ރާއްޖެއަށް ވަންނަނީ ޕީނަޓުކޮޅެއް. ބޭރުފައިސާ ރާއްޖެއަށް ވައްދައި ވަކިމުއްދަތަކަށް ބެހެއްޓުން ލާޒިމުކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 November 2025
މަތީގައިދެންނެވި ޓެކްހުގެ ކަންކަން އޮތްގޮތަކީ އެތައް ބިލިޔަން ޑޮލަރު ޙަރަދު ކޮށްގެން ހިންގާ ރިސޯޓެއްގެ އެނދު ރެއަކަށް ވިއްކަނީ 600-260 ޑޮލަރާއި ދެމެދުގެ އަގުތަކެއްގެ މައްޗަށްކަމަށް ބަލައިގެން ރިސޯޓްތަކުން ޓެކްސް އޮފީހަށް މިދެންނެވި ރޭޓްތަކުގައި (ދިވެހި މަހުޖަނުން ހިންގާ ހުރިހާ ރިސޯޓް ތަކާއި، ގިނަ ބިދޭސި އިންވެސްޓްމަންޓް ތަކުންވެސް ހަދަނީ މިހެން) ޓެކްސް ދައްކާއިރު މިފަދަ ރިސޯޓްތަކުގެ އެނދު ވިއްކަނީ މިއަގަށް ނޫންކަން މީރާގެ ވެރިންނަށްވެސް އިގޭ.