އަލަށް ހުޅުވި ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު: އެތަނުގެ ހިދުމަތް ހޮނިހިރު ދުވަހު ފަށާނެ --- ފޮޓޯ/މިހާރު
20 ނޮވެމްބަރ 2025 - 14:46
ރާއްޖޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހުޅުވައިދެއްވި މެޑިކަލް ސެންޓަރުން ސިއްހީ އާއްމު މައުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާއްމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދޭނެ ކަމަށެވެ.
އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ގާއިމްކޮށްފައިވާ އެ ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކާއި ކުޑަކުދިންގެ ހެލްތު ކްލިނިކް އަދި ވެލްނެސް ކްލިނިކް ވަނީ ގާއިމްކޮށްފަ އެވެ. އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސް އެތަން ބައްލަވާލައްވަނީ --- ފޮޓޯ/ރައީސް އޮފީސް
- ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ހިދުމަތް
- އާއްމު ބަލިތަކަށް ފަރުވާ ދިނުން
- ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން
- ބޭސް ސިޓީ އާކުރުން
- ކުދި ޕްރޮސީޖާތައް ހެދުން
- އެކްސްރޭ ނެގުން
- ބޭސް ފިހާރަ
- ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުން
- ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއުންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން
- އުމުރުން 2-5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ހިދުމަތް
- ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން
- އިހުތިޔާރީ ވެކްސިން ޖަހައިދިނުން
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު.- ފޮޓޯ: ރައީސް އޮފީސް
- ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ހިދުމަތް
- ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
- ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ހިދުމަތް
- ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުން
އައިޖީއެމްއެޗަށް އޮންނަ ކިއު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމަކީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމެވެ. އޭގެ ތެރެއިން މާލޭގައި ތިން ސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރު ތަރައްގީ ކުރަން ނިންމާފައިވާއިރު، އެއީ އެ ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރި ފުރަތަމަ ސެންޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފީސިބިލިޓީ..
22 November 2025
އައިޖީއެމްއެޗް ކިއު ކުޑަ ކުރަން އައިޖީއެމްއެޗް ޖެހިގެން އެޅީ ދަރުމަވަންތަ ހޮސްޕިޓަލު ، އައިޖީއެމްއެޗާއި ދެމިނިޓުން ދެވެހާ ކައިރީގައި އާރބަން ޖީޕީ ކުލިނިކު، ކީއްތަވީ ފުރަތަމަ ހެންވޭއިރު ނުވަތަ ގަލޮޅުގައި ތީގެން ތަނެއް ހެދި ނަމަ.
އާނިސާ
21 November 2025
ދަމަނަވެށި ހުރިތަން ޢޭޑީކޭ ނާސިދަށް ދިނުމާއި ދެކޮޅު، މަޖީދީ މަގުގެ ހުރި ބިމަކީ ވަރަށް ގިނަ ލާރި ދަޢުލަތަށް ލިބޭނެ ބިންބިން، މިކަމަށް ވިސްނުން ބުއްދި ވެރި
އޭމަޑުކޮއްބަލަ
20 November 2025
ދަަމަނަވެށީގަ އެކްސްރޭމެޝިންވެސްހުރޭތަ ކުދިކުދި އޮޕަރޭޝަންތައްވެސް ކުރޭތަ
ސަނާމުގު
20 November 2025
މިވެސް އެމަނިކުފާނުގެ ކެންޕެއިން ފްެރޮމިސްއެއްތަ؟ އައިޖީއެމްޗެއް ޑޮކްޓާރުން ކުލިނިކުގައި ދަންވަރު ވަންދަން ޕޭޝަންޓުން ނުބަލައި ހޮސްޕިޓަލުން ކޮންމެ ޑޮކްޓާރަކު 30 ޕޭޝަންޓުން ބަލާނަމަ ތިކަަހަލަ ތަނެއް ހުޅުވަން ނުޖެހޭނެ. އޯ ވެއިޓް،،،އެކަމަކު، ތީ ދަމަނަވެއްޓެއްނުންތަ؟ އެތަނުން ނުކުރާ އިތުރު އެއްވެސް ކަމެއް ތިތަނުން ނުކުރޭ؟ ދެންކީއްވެ އެހެން ނަމެއްކީ؟
ކެކެކެ
21 November 2025
އެއީ 2.0 ވީމާ ވާގޮތް. ނަންބޯޑު ބަދަލުވާނީ.
ޖޭބީ
21 November 2025
ސަނާމުގު ވެސް ކެކެކެ ވެސް ދުނިޔޭގެ އާޖުފާޖު އެނގިގެން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވަން. ވާނިވާ ނޭނގި ވާހަކަ ދެއްކީމަ މީހާ ފަޟީހަތް ވުމުގެ އިތުރުން ގަމާރެއްގެ ސްޓޭޓަސް ލިބުން ނޫން ކަމެއް ނުވާނެ.