21 ނޮވެމްބަރ 2025 - 08:31
ބައިނަލްއަގުވާމީގޮތުން އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހު ތިން އަހަރުގެ ބަބުލް އަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ.
ދުވަހުގެ ތަހުނިޔާ ފޮނުވައި، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް، ވީޑިއޯއަކާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނަށް ތައުލީމާއި ފުރުސަތުތައް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށެވެ.
އެ ފްލެޓްފޯމްތަކުގައި ރާއްޖޭގެ ބަބުލްގެ ވީޑިއޯ ހިއްސާ ކޮށްދޭން ވެސް ބޭނުންވީ އެ ކުއްޖާގެ ވާހަކައިން ލިބުނު ހިތްވަރުގައި ކަމަށް ބެކަމް ބުންޏެވެ.
"އޭނާގެ މެސެޖުން ހަނދާން ކޮށްދެނީ، ކިތަންމެ ކުޑަވިއަސް ކޮންމެ ކުއްޖަކީ ވެސް އަޑުއަހަން ޖެހޭ އަޑެއް ހުންނާނެކަން،"
ގާތްގަނޑަކަށް 90 މިލިއަން މީހުން ފޮލޯކުރާ ބެކަމްގެ އިންސްޓަގްރާމުގައި އާއްމުކުރި ވީޑިއޯގައި ބުނީ ކޮންމެ ކުއްޖަކަށް ވެސް ކިޔެވުމާއި ހުވަފެންތައް ދުށުމާއި ލޯބި ލިބުމާއި އަދި ރައްކާތެރިކަން ލިބުމުގެ ހައްގު ލިބޭ ކަމަށެވެ.
އެ އަށް ފަހު ދެން ދައްކަނީ، އަމީރު އަހުމަދު ޕްރީ-ސްކޫލުގައި ކިޔަވާ ބަބުލްގެ އެއް ދުވަހުގެ ހަރަކާތްތަކެވެ
އެ ވީޑިއޯ ފަށަނީ ސްކޫލަށް ދިއުމަށް ބަބުލް ތައްޔާރުވާ މަންޒަރުންނެވެ. އަދި ސްކޫލަށް ގޮސް ކުރާނެ ކަންތައްތައް ވެސް ކިޔައިދެ އެވެ.
"ސްކޫލަށް ގޮސްފައި ފަން ކޮށްލާފައި ލަވަ ކިޔާލާނީ. ޕްލޭގްރައުންޑަށް ގޮސްފައި ކުޅެލާނީ. ސްކޫލުގައި ދެން ވޯކްސް ހަދާފައި ފަން ކޮށްލާނީ،" ބަބުލް ކިޔައިދެ އެވެ.
ބަބުލް، އޭނާގެ މަންމަ އާއި ބައްޕައާއެކު ސްކޫލުގައި.
ސްކޫލުން ގެއަށް ގޮސް ބަބުލް މޭވާ ކާ މަންޒަރާއި އަދި ބައެއް މޭވާގެ ނަންތައް ވެސް ކިޔައިދެ އެވެ.
މަންމަ އާއި ބައްޕައާ އެކު، ހަވީރު ބޭރަށް ދެވޭތީ އުފާވާ ކަމަށާއި އަދި އާޓިފިޝަލް ބީޗުގައި ސްކޭޓް ކުރަނިކޮށް ވެއްޓުމުން ތެދުވެ، ބަބުލް ބުނީ އޭނާއަކީ ބޮޑު އަދި ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ.
އެ ވީޑިއޯ ނިންމާލަނީ ބިންމަތިން ބަބުލް ޕްލާސްޓިކް ފުޅި ހޮވައި ޑަސްބިނަށް ލާ ހިސާބުންނެވެ.
ކުޑަކުދިންގެ ދުވަހާއި އެ ނޫން ވެސް މުހިންމު ދުވަސްތަކަށް ޔުނިސެފްގެ އޮފީސްތައް ހުންނަ ގައުމުތަކުގެ ކޮންޓެންޓް އެއްކޮށް، އެ ޖަމިއްޔާ އިން ބޭނުންކުރާ ގްލޯބަލް ކޮމިއުނިކޭޝަން ޕެކްގައި ހިމަނަންޖެހެ އެވެ. އޭގެ ސަބަބުން ޔުނިސެފްގެ ހުރިހާ އޮފީސްތަކާއި ގުޑްވިލް އެމްބެސެޑަރުންނަށް ބޭނުންކުރެވޭނެ އެވެ. ބަބުލްގެ ވީޑިއޯ ވެސް ބެކަމްގެ ސޯޝަލް މީޑިއާގައި ހިއްސާކުރެވުނީ އޭގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޑަކުދިން
22 November 2025
ފަލަސްތީނުގަ އުޅެނީ ހަމަ ކުޑަކުދިން.
ފެއިލްޑް
22 November 2025
މިޒަމާނުގެ މަންމީންނާ ބައްޕީންނަށް ހީވަނީ މާދަރީ ބަހުން ދަރިންނަށް ވާހަކަ ދައްކާން ދަސްކޮށްދިނުމަކީ ބޭކާރު ކަމެކޭ. އަމިއްލަ ބަހާ ސަގާފަތެއް އޮތުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއްކަން ދަރިންނަށް ދަހެއް ނުކޮށްދޭ. އުފަންވާހިދުން ފެށިގެން ޓެބުގަނޑުން ޔޫޓިޔުބު ބަލަބަލާ. ކާން ދޭންވެސް ފެންވަރުވަންވެސް ޓެބުލެޓު. ދަރިން ލައްވާ ކުރާ ކޮންމެ ކަމެއް ކުރުވަނީ ޓެބު ބަލުވައިގެން.
ކޮމެންޓްސް
21 November 2025
"ކޮމެންޓް" އަށް ދިވެހިން ކިޔަނީ ކީކޭ؟
ދަންނަމީހަކު ހުރެގެންވާނީ
21 November 2025
ރާއްޖޭގެ ޔުނިސެފްގެ ހުރިހާ ވީޑިއޯއެއްގައި އަބަދު އެއްކުދިންތަކެއްދޯ
ސްޓާ
21 November 2025
ގިނަ ކޮމެންޓް ކިޔާލީމަ މިއިގެނީ ދިވެހިންނަކީ ވަރަށް ހޭލުންތެރި ކަން ދަށް ބަޔެއްކަން.
ގަލަމާ ދުރަށް
21 November 2025
ހުރިހާކުދިންނަށްވެސް އިގިރޭސިބަހުން ވާހަކަދައްކަން އެބައިގޭ. މޮޅެތި އެއްޗިހިލިޔަންޖެހުނީމަ މައްސަލަޖެހެނީ.
ފިޒާނާ
21 November 2025
ދިވެހި ބަހަކީ މިހާރު މަރުގެ ތުންފަތްމަތީގަ އޮތް މަދުބަޔަކު ވާހަކަދައްކާ ބޭކާރުބަހެެއް. މާލޭގެ އިންޓަނޭޝަނަލް ސްކޫލްތަކުގަ އިންގްލިޝް އޭޒް ފަރސްޓް ލޭނގުްއޭޖް ކިޔަވަދެނީވެސް މިހެންވެ. ދެވަނަ ބަހަކަށް ފްރެންޗް ނޫނީ ޗައިނީސް ކިޔަވައިގެން މުސްތަގުބަލު މާއުޖާލާ. ވަރަށް އަވަހަށް ދިވެހި ސެކަންޑް ލޭންގުއޭޖަށް މިގައުމުގަ ބަދަލުވާނެ.
ދެރައޭދޯ
21 November 2025
މުއިއްޒުގެ ސަރުކާރުން އެކަނި ދިވެހިބަހާއި ބެހޭ ވުޒާރާ އެއް އުފެއްދީ އެކަމަކު އެތަނުގެ ވަޒީރުގެ ލޮނުމަޑުކަމާއި އަމިއްލަ ސިކުނޑިން ވިސްނާ އަމިއްލަ އުފެއްދުން ތައް އުފައްދާ ތަން މަމެންނަށް ނުފެންނަ ކަން ދޭހަވީ ޖުމްހޫރީ ދުވަހު އޭނާ ދެއްކި ވާހަކަ ތަކުން މުޅިން ވެސް ފަރަންޖީން ބުނެފައިވާ ވާހަކަ ތައް އޭއައި މެދުވެރިކޮށް ހޯދާ އެނަކަލުކޮށްގެން ވާހަކަ ދެއްކީ އެއީ ދިވެހިބަސް ކުރިއަރުވަން ހުރި ވަޒީރުގެ ފެންވަރު އަމިއްލަ ސިކުނޑިން ވިސްނާނަމަ މިހެން ނުވާނެއޭ
ފެށުމޭދޯ
21 November 2025
މާލޭގެ ސްކޫލްތަކުގައި ދިވެހިބަހުންކިޔަވާދޭން ސަރުކާރުން ބާރުއަޅަން އެބަޖެހޭ ވަކިން ޚާއްސަކޮށް ބައިނަލްއަގްވާމީ ސްކޫލް ތަކުގައި ދިވެހި ބަހުންވާހަކަ ދެއްކުން އެއީ ދެރަ އަދި ޖާހިލު ކަމެއްގެ ގޮތުގައޭ ވަކިން ޚާއްސަކޮށް އަންހެން ކުދިންނާއި އަންހެންވެރިންނަށް ހީވަނީ ދެއަންހެނުން މަގުމަތިން ދިވެހިން ވާހަކަ ދައްކަމުން އައި ނަމަވެސް ފިރިހެނަކު ފެންނައިރަށް ޔޭއް ޔޭއް ކިޔާ ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކަން ފަށާނެއޭ ބެބޫހެދިގެން މީ ޖާހިލު ކަމުގެ
ބޮލޮފިން
21 November 2025
ދިވެހި ބަހަކީ ބޭކާރު ބަހެއް. އަހަރެން ކުދިން ފިންލެންޑަށް ދަނީ އަދި ދިވެހި ކިޔަވާކަށް ނުޖެހޭ ނަސީބަކުން.
ހޯހޮ
21 November 2025
ޢަންހެން ކަނބަލުންނާ ތި ޖައްސާލީ
މަހުވާ
21 November 2025
ފަލަސްތީނު ކުދިނއގެ ހައްގުތަށް ކޮބައިބާ
ބަބުލްސް
24 November 2025
އެއީ ކޮންތާކު އޫޅޭ ބައެއް.
ފޫހި
26 November 2025
ބަބްލް ޔޫރަޕްގަ އުޅޭތީ ނުފެންނަނީ ފަލަސްތީން ކުދިން. ބަބްލްގެ ޔޫރަޕްގެ ހާލަތު އަހަރެމެންނަށް އިނގޭ. އެއީ ކަނު އިންސާނީ ޙައްޤު