ދުނިޔެ / އިންޑިއާ

ދުބާއީ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއާޝޯގައި، މިއަދު ވެއްޓުނު، އިންޑިއަން އެއާފޯސްގެ އެޗްއޭއެލް ތޭޖާސްގެ ފައިޓަ ޖެޓެއް ދުއްވަނީ. -- ފޮޓޯ: އޭއެފްޕީ

21 ނޮވެމްބަރ 2025 - 18:31

13 comments

ދުބާއީގައި މިހާރު ކުރިއަށްދާ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓެއްގެ ގާބިލްކަން ދައްކާލުމުގެ ތެރޭގައި ޖެޓް ވެއްޓި އޭގެ ޕައިލެޓް މަރުވެއްޖެ އެވެ.

ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން އުފައްދާފައިވާ ޖެޓް ވެއްޓުނީ ވަރަށް ތިރިން ދުއްވަމުން ޖެޓް ރޯލްކޮށްލުމާ އެކުގައި ކަމަށް މަންޒަރު ދުށް މީހަކު އޭއެޕްޕީ އަށް ބުނެފައިވެ އެވެ. ޖެޓް ވެއްޓުނީ ޝޯ ކުރިއަށްދިޔަ ހިސާބާ މޭލެއް (1.6 ކިލޯމީޓަރު) ގެ ދުރުމިނަށް ކަމަށާއި ޖެޓް ވެއްޓުމާ އެކު ހުޅުގަނޑު ފަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އިންޑިއާއިން ދުބާއީ އެއާޝޯގައި ބައިވެރިކުރި ތޭޖާސް ފައިޓާ އެއާކްރާފްޓެއް މިއަދު ވެއްޓި އެ ހާދިސާގައި ޕައިލެޓް ވަނީ މަރުވެފައި،" ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

މިއީ 1986 އިން ފެށިގެން ބާއްވަމުން އަންނަ މި ޝޯގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަށް ބެލެވެ އެވެ.

ދުބާއީ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓް ވެއްޓި އަލިފާން ރޯވަނީ

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖެޓް ވަރަށް ބާރަށް ތިރިއަށް ގޮސް ބިމުގައި ޖެހި ވަގުތުން ބޮޑު އަލިފާންގަނޑެއް އުފެދެ އެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއާޝޯ ކަމަށްވާ ދުބާއީ އެއާޝޯގައި މި ހާދިސާ ހިނގާފައި މި ވަނީ ޝޯގެ ފަހު ދުވަހު އެވެ. މި ޝޯގައި ކޮންމެ ދުވަހަކު މެންދުރު ފަހު އޮންނަނީ އެއާކްރާފްޓްތައް ދުއްވުމުގެ ގާބިލްކަން ދައްކާލުމެވެ.

ހާދިސާ ހިނގި އިރު އެތައް ސަތޭކަ ބަޔަކު ޝޯ ބަލަން ގޮސް ތިއްބެވެ. އަދި ދައްކާލަން ވެސް ގިނަ އަދަދެއްގެ އެއާކްރާފްޓުތައް ބަހައްޓާފައި ހުއްޓެވެ.

އިންޑިއަން އެއާފޯސް އިން ވަނީ ހާދިސާގެ ތަހުގީގެއް ކުރާނެ ކަމަށް ބުނެފަ އެވެ.

13 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 55%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

22 November 2025

ވީޑިއޯބެލުމަށްފަހު ލަފާކުރެވެނީ ފައިޓަރޖެޓު ރޯލްކޮށްލުމަށްފަހު މައްޗަށްނެގުމުގާ އޮޅުންއެރީކަމަށް ނުވަތަ ބޮލަށް އެނބުރުންއެރުންފަދަކަމެއްދިމާވީކަމަށް އެހެންވެގޮސް ބިމުގާޖެހި ހިނގިހާދިސާއެއްކަމަށްލަފާކުރެވޭ، ކިތަންމެވަރަކަށް ޓުރޭހިންގހަދާ އަދި އެކުސްޕީރިއަންސްލިބިފައިތިބޭ ޕައިލެޓުންވެސް މިހެން ތިރިތިރިން ރޯކޮށްދުއްވާ ހަދާއިރު ހިތްބިރުގަންނަކަމަށްވޭ، އަދި މިގޮތަށްދުއްވާއިރު މިމީސްމީހުންގެ ހާޓްބީޓްވެސްމަތިވޭ، އެއީ ރިސްކުއެމީހުނަށްއިހުސާސްވާތީ

The name is already taken The name is available. Register?

ބޭހޮއްކޮ

21 November 2025

އިންޑިޔާގެ ބާ ދަގަނޑާއި މޮޓަރު ބޯޓު ވަރައް ގިނައިން ރާއްޖެއައް ގެނޭ.. އަހަރުމެން ވަރައް ވިސްނަންވާނެ މިކަމާ.

The name is already taken The name is available. Register?

raajje

22 November 2025

ބޭހޮއްކޮ: ކީކޭކިޔަންދޮންކަލޯތިއުޅެނީ؟ ކޯއްޗެއްއެނގޭތީ ތިވާހަކަތިގޮތަށް ތިދަށްކަނީ؟ އިންޑިޔާއަކީ މިސަރަހައްދުގާ އުފެދެމުންއަންނަ ސުޕަރޕަވާއެއް ދިވެހިންގަބޫލުކުރިޔަސް ނުކުރިޔަސް މިކަންވާނީމިހެން، ތެދެއް އިންޑިޔާގެވެރިންގެ ހުރޭ ރާއްޖޭގެ ދާހިލީކަންކަމާބެހި މާބޮޑަށް ބާރުފޯރުވަންއުޅޭސިފަ ނަމަވެސް އެކަންއެހެންވަނީ ދިވެހިންގެތެރޭންބަޔަކު ސިޔާސީބޭނުމަށް އެފުރުސަތުއިންޑިޔާއަށްދޭތީ

The name is already taken The name is available. Register?

ވެދާނެކަމެއް

21 November 2025

ފައިޓަރޖެޓް އުފައްދަންޏާ ވެއްޓިވެސްދާނެތާ. ޕައިލެޓް އެރަރއަކުންވެސް ވެއްޓިދާނެ. މާ ހައިޓެކް ޖެޓް އެއްޗެހިވެސް ވެއްޓޭ ވިއްޔަ.

The name is already taken The name is available. Register?

މަޑުންތިބޭށޭ

21 November 2025

ކަލޭމެން އިންޑިއާއަށް ޖޯކުޖެހުމުގެ ކުރިން އޭގެ ބޯޓެއްގެ އެންމެ ފިޔަގަނޑެއްވެސް ހަދާބަލަ.. ނުހެދޭނެދޯ... ދެން އެހެންވިއްޔާ އެކަން ބާއްވާފަ އެއަށްވުރެ ފަހޭސަކަމެއް.. އިންޑިއާއިން ނެގި ދަރަނިކޮޅު ދައްކާލަމާ.. އެވެސް ނުދެއްކޭނެދޯ... ދެން އެހެންވިއްޔާ ތިމާމެންގެ އަސްލު ފެންވަރު ދަނެގެން އެހެންމީހުނަށް ޖޯކު ނުޖަހާ މަޑުން ތިބެ ކޮފީބޯލަމާ....

The name is already taken The name is available. Register?

ހަޖަމް 25

22 November 2025

ބަލަ އެހެންވެގެނަް ދުނިޔޭގެ ކުރިމަތީ ފަލީހަތް ވުމައްވުރެ ފިޔަގަނޑެއް ނުހަދާ ހުރުން މާބުއްދިވެރި ، އެހެން ވެގެން އަހަރެމެން ދިވެހިން މިތިބީ ،

The name is already taken The name is available. Register?

ބުއްސު

22 November 2025

އެހެންވިއްޔާ އިންޑިޔާ ސިފައިން މިތަނުންބޭރުކޮށް މިތަނުގެ ދާހިލީކަންތަކާވެސް ނުބެހިތިބެބަލަ.

The name is already taken The name is available. Register?

raajje

22 November 2025

މަޑުންތިބޭށޭ: ދިވެހިންނަށްވެސް އުފެއްދޭނެ، އެންމެފިޔަގަނޑެއްނޫން، ފައިޓަރޖެޓު އެކީވެސް އުފެއްދޭނެ، އެކަމަކު އަހަރެމެން އަދި އެކަމަކާނޫޅެން، ތެދެއް މިފަދަހާދިސާތައްހިނގާނެ، މީއެއްގޮތަކަށްވެސް ބަޔަކުދަށްކޮށް ނުވަތަ ޖޯކުޖަހާހަދަންޖެހޭކަމެއްނޫން، އެފަދަކަންކަންކުރަނީ ތަންދޮރުނުފިލާމީހުން

The name is already taken The name is available. Register?

ޑެބީ

21 November 2025

ދިވެހިން ނިކަން ޖޯކު ޖަހާނެ މިކަމަަށް. ކޮފީ މޭޒުދޮށުގައި ސަޅިބައިސާ ކެނޑުމާއި ސިޔާސީވުން އެކަނި ދިވެހިންނަށް އިނގޭނީ. އެކަމުވެސް ކޮންމެ ކަމަކަަށްވެސް ކޮންމެ މައުލޫއަކަށްވެސް ފާޑުކިޔަން ދިވެހިން ނިކަން މޮޅުވާނެ.

The name is already taken The name is available. Register?

މަބުނީ

21 November 2025

100 ގެ ވާހަކައެއް..

The name is already taken The name is available. Register?

ބޭޗާރާ

21 November 2025

ދިވެހިންނަށް އެގޭނެ ހުރިހާއެއްޗެއް. ދީނުންފެށިގެން ސިޔާސީ ކަންތަކާ ޓެކްނޮލޮޖީ ގޮތުން ހީވާނީ ޕީއެޗްޑީ ހަދައިގެން އުޅޭބައެއްހެން. ހިނގައިފިކަމެއްގެ ވާހަކަ ދައްކަންޏާ ހީވާނީ އެތަނުގައި އުޅެފަ އައިސް ދައްކާވާހަކައެއްހެން. އެކަމަކު މާކަންނަތާ ފޮޑަރު.

The name is already taken The name is available. Register?

ޒާލު

21 November 2025

ތިޔަ ތަހުގީގު ނިމޭނެބާ؟

The name is already taken The name is available. Register?

އަހުމިއްޓޭ

21 November 2025

އިއްޔެދުށިން މިމޮޑެލް ޖެޓްގެ ތެޔޮލީކްވާކަމަށް ލިޔެފައިވާ ޚަބަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454