ގާފަރު ސްކޫލުގެ ދަރިވަރުންތަކެއް. މައުލޫމާތު ނުދޭތީ އެ ސްކޫލަށް ދައުވާ ކޮށްދިނުމަށް ވަނީ އެދިފައި.
21 ނޮވެމްބަރ 2025 - 20:23
ގާނޫނުގެ ދަށުން ވެސް މައުލޫމާތު ނުލިބިގެން، ކ. ގާފަރު ސްކޫލާ ދެކޮޅަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދުނު މުއްދަތުގައި އެކަން ނުކުރުމާއި އެ ނިންމުން އިސްތިއުނާފު ނުކޮށް އޮތުމުން، ގާފަރު ސްކޫލަށް ދައުވާ ކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، މިދިޔަ މަހުގެ 30 ގައި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެނގިފައިވާ ގޮތުގައި، ގާފަރުގެ އާއްމު މީހަކު ސްކޫލަށް ހުށަހެޅީ ސިހުރާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށެވެ. އެކަމާ ގުޅޭ ބައެއް މައުލޫމާތުތައް، އެ ހޯދަން ހުށަހެޅި މީހާއާ ހިއްސާކުރި އެވެ.
ނަމަވެސް، ދައުވާ ކޮށްދޭން އައިކޮމުން ޕީޖީ އޮފީހުގައި އެދުނީ ބޭނުންވި ހުރިހާ މައުލޫމާތެއް ފޯރުކޮށް ނުދީގެންނެވެ.
މައުލޫމާތު ނުދީގެން ރައީސް އޮފީހާ ދެކޮޅަށް ވެސް ދައުވާކުރަން ވެސް އައިކޮމް އިން ވަނީ މިދިޔަ އަހަރު ހުށަހަޅައިފަ އެވެ. އެއީ، ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސް
23 November 2025
ސިހުރަކީ ރަސްމީ އެއްވެސް ހައިސިއްޔަތަކުން ސާބިތުވަނެ އެއްޗެއްނޫން، ދެން ސިހުރުގެ ކޮން މައުލޫމާތެއްތޯ ސްކޫލުން ދޭނީ، ސްކޫލުގައި ނެތް މައުލޫމާތެއް ހޯދަން އެދުނަކަސް ނުދެވޭނެތާ،،
ނަނު
22 November 2025
ހާމަނުކޮށް ފޮރުވަންޖެހޭ މާ ވަރުގަދަ އެއްޗެއް އޮތީ ދެއްތޯ. ވަގުންގެ ފޮށި ބާރަށް ނާންނާނެ.
އަބްޑޫޅް +
22 November 2025
ބަލަ އެ މީހުންނަކަށް ބުނެޔެއް ނުދެވޭނެޔޭ، "ގޮއްލަރު ބަނދި" ން، "ދާފޮދާފޮއް" ވީ ހިސާބަށް ކިޔާގޮތް. އެ ބަނދިން ތަންކޮޅެއް ނަމަވެސް އެހެން މީހަކަށް އެނގިއްޖެނަމަ، ސިހުރުވެރިޔާގެ މުޅި ވިޔަފާރި އާއި ދިރިއުޅުން، ބަރުބާދުވެ، ބަނގުރޫޓު ވެދާނެޔޭ.
އިއްސެެެ
21 November 2025
ތި މައުލޫމާތު ހޯދުމަށް އުޅެނީ، ހެދި ސިހުރު ތަކަކީ ކޮބައިތޯ ބަލަންބާ، އެ ހޯދައި ސިހުރު ހަދަން
ބަކުރުު
22 November 2025
ސިހުރު ބާތިލް ކުރަން.
ހަސަންްްް
21 November 2025
ތިޔަ މައުލޫމާތު ހޯދަން އުޅޭ މީހާ އެމައުލޫމާތު އަންބޮޑިޔަށްތަ ލާން އެ އުޅެނީ އެ ހޯދައިގެން
އެހެންޏާ
21 November 2025
ސަރުކާރުގެ އެއްވެސް އިދާރާއަކުން ހޯދަން ހުށައަޅާ މައުލޫމާތު ނުދީ ހިފަހައްޓައިގެން އުޅެނީ އެތާގެ ވެރިން އަންބޮޑިއަށް ލާންތަ؟ އެހެން ހިފަހައްޓައިގެން އުޅޭނީ ކޮންމެސް މައްސަލައެއް އުޅޭތީ. އެހެން ނޫނީ ދޭންވީނު.
ޖައްސާށޭ
21 November 2025
މަދަރުސާ ތަކަކީ އެއީ ހުރިހާ ގޮތަކުން ވެސް ނަމޫނާ ދައްކަން ޖެހޭ ތައްލީމީ ދަންމަރުތައް ކަމަށްވާއިރު މަދަރުސާ ތަކުގެ މައުލޫމާތު ހޯދަން ސަރުކާރުގެ އިދާރާ އަކުން އެދިއްޖެނަމަ އުފަލުން ޖެހޭނީ މައުލޫމާތު ދޭށޭ އެއީ މޮޅަށް ކިޔަވައިގެން ތިބޭ ޕްރިންސިޕަލުން ހިންގާ މަދަރުސާ ތަކުން ކަން ކުރާނެ ގޮތަކީ ގާފަރު ސްކޫލުން އިންފޯރ ކަމިޝަނަރު ބޭނުންވާ މައުލޫމާތު ނުދިނުން އެއީ އެސްކޫލްގެ ޕްރިންސިޕަލް ވަކިކުރަން ޖެހޭނެ ކަމެކޭ މީގައި އޮވެގެން ނުވާނެ އެނޫންގޮތެއް