ޑްރަގްސް ދީގެން ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި އެންޑީއޭއިން ހައްޔަރުކުރި މުވައްޒަފު.
21 ނޮވެމްބަރ 2025 - 21:25
ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި އެންޑީއޭގެ މުވައްޒަފު ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަސްތުން ސަލާމަތްވުމުގެ ފަރުވާ އަށް އެންޑީއޭ އަށް ދާ މީހުންނަށް، މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ އިދާރާ އިން މި މަހުގެ 4 ވަނަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ގުޅިގެން، އެންޑީއޭގައި ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި އައްޑޫ ފޭދޫ، މުހައްމަދު ފަސީހު، 51، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފަސީހުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
ފަރުވާ ހޯދަން ދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައި ވެ އެވެ. ސަފީހު އަށް ތުހުމަތު ކޮށްފައި ވަނީ ޖިންސީ ގޯނާކޮށް ކްލަޔަންޓުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާނީ ކާރާ
23 November 2025
ޑިރެކްޓަރުންގެ މުސާރަދެރެގެން ތާހެރިވެގެއި އޯޑަނާ
ޔޫއްޓެ
23 November 2025
ތި އެންޑީއޭގަ ތިކުރާމަސައްކަތުން އެބަ ބަޔަކު ރަނގަޅުވޭބާ.
ޙުސަ
22 November 2025
މީނަ މީ ޖަލަށް ބޮޑުވި މީހެއް! ގާމާދޫ ޖަލުން ދޫނިދޫ ޖަލުން މާފުށީ ޖަލަށް މީނަ ބޮޑުވީ! މިހާރުގެ މިއުޅޭ މީހުންނަކަށް މި ފޭދޫ ފަސީހް ނޭގެނީ ތޯއްޗެއް! މީނަގެ ހިސްޓްރީ ނުވަތަ ރިކޯޑްތައް ބަލާލީމަ ފެންނާނެ އުމުރު ދުވަހަށް އެތައް ފަހަރަކު ޙުކުމް ކޮށްފައިވާތަން! މިކަހަލަ ކަންކަން ބަލަންވާވަރަށް ނުބަލާ ސިޔާސީ ހަޑި އެކި މީސް މީހުން ހޭވިމަ ފެންނާނީ މިކަހަލަ ނަތީޖާ!!
ޑރ ވާންޗޯ
22 November 2025
ތިޔަ އެންޑީއޭގަ ބޮޑުންގެގޮތުގަ ތިޔައުޅޭ މީހުންގެ %90 ގެ އެއްވެސް ޑިސިޕްލިންއެއްނުހުރޭ، ޑްރަގްނަގައިގެން ބަސްޓްވީމަ ޖަލުންސަލާމަތްކުރަން ހުންނަތަނެއްތީ.
މުއްލާބެ
22 November 2025
ރާއްޖޭގެ މަސްތުވާތަކެތި ކޮންޓޮރޯލްކޮށް ފަރުވާ ދިނުމަށް ހަދާފައިވާ، އެންޑީއޭ އާއި ހިންމަފުށީގައި ހުންނަ ފަރުވާދޭ މަރުކަޒު ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކި މީހުންގެ އަތްދަށު ވެފައި. އެތަނުގެ އެންމެ އިސް ވަޒީފާތަކުގައި ތިބީ، މަގުމަތީގައި ބިއްޖެހި، ޝޯޓް ބޭލިފައިތިބި މީހުންނާއި ވިއްކި މީހުން 'ކްލީން' ބޯޑު އަޅުވައިގެން، ޓައި އަޅައިގެން.
އަލަގަ
22 November 2025
މަސްތުވާ ތަކެތި ވިއްކުމަށް ދައުވާކޮށް އުމުރަށް ބަންދުކުރޭ.
ސަލުމާ ޝަރީފް
22 November 2025
މީނަ ވައިފް އިލެކްޝަން ކޮމިޝަނުގެ ފޯމުތަކުގަ ފިންގަރޕްރިންޓް ހެއްކަކަށް ވެގެން ޖެހި މައްސަލަ ނުބެލުނުއިރު މި މައްސަލާ ބެލޭނެ؟
ޒަރީރު
22 November 2025
ސަލާމަތުން އޮތް އެއްވެސް މުއައްސަސާއެއް މިގައުމަކު ނެތެވެ
ބްރޯކަން މޯލްޑިވްސް
22 November 2025
ކުއްވެރިން ރިހެބިލިޓޭޓްކޮށްގެން ވަޒީފާދޭންވޭސް ޖެހޭނެ އެކަމަކު ފަސޭހައި މޮނިޓާނުކުރެވޭ ނުވަތަ އޭނަގެ މައްޗައް ފާރަވެރިވާނެ ބަޔަކުނެތި ކިހިނެތް ކުރިޓިކަލް ވަޒީފާދެނީ. މިގައުމުގެ ހުރިހާވެސް މައްސަލައަކީ، އޮތީ ވަރަށް ނިކަމެތި ގާތްގަޑަކަށް ނުވެސްނެތް މޮނީޓަރިން ސިސްޓަމެއް، ގަވާއިދުގެ ތެރެއެއިން ކަންތައްކުރާތޯ އެއްވެސްވަރަކަށް ނުބެލާ، އެމީހަކު ހެދިއެއްޗަކީ ރަގަޅުއެއްޗެއް، އެހެންވަމުންގޮސް މިހާރު އޮތީ އަންނުފޯރާ ހިސާބުގައި، ކާމީހުން ކަނީ.
ގަނޑިއަ
22 November 2025
މިގައުމު ހަލާކުވަނީ މިހެންވެގެން،. ސެކްސް އޮފެންޑާސް ރަޖިސްޓާގައި ނަންއޮންނަންޖެހޭ މީހަކު ބަހައްޓާފައި ހުންނަނީ އަދާކުރާ ވަޒީފާގެ ސަބަބުން ފަސޭހައިން މީހުންނަށް ގޯނާކުރެވޭ ވަޒީފާއެއްދީފައި. މިސާލަކަށް ކުޑަކުދިިން ބަލަން ޕީޑޯލްފައިލްއަކާ ހަވާލުކުރީމަ ކިހިނެތްވާނީ!