މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފުލާގައި ރަޢިސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ރައީސް މާދަމާ ރޭ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ނޮވެމްބަރ 2025 - 15:26
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައި ގޮތުގެ މަތިން، އެންމެ ފުރަތަމަ ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވި އެވެ.
"ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ،" ހީނާ ވިދާޅުވި އެވެ.
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ އެމަނިކުފާނުގެ ވައުދެއް ވެސް މެ އެވެ.
އެ ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވެރިންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ތަަރައްގީގެ މަޝްރޫއުތައް ފައްޓަވައި، ބައެއް ރަށްރަށުގައި މަޝްރޫއުތައް ނިންމަވައި އިފްތިތާހުކޮށްދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
23 November 2025
މީ ހާދަ ހީވާގި އިޚްލާސްތެރި ރައީސްއެކޭ، ރައްޔިތުންގެ އުދާސްތައް ގާތުން އައްސަވާ ބައްލަވަން ރައްޔިތުމީހާ ގާތަށް ވަޑައިގަންނަވާ ހަމައެކަނި ރައީސް، އިތުރު ދިހަ އަހަރުވެސް ވެރިކަމުގަ ބަހައްޓަވަންވީ، އަނެއްކާ މުޅިރާއްޖޭގަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފަތުއަޑުކިޔާފަ އެއްފަހަރާ އެޔޮއްގެން ހިނގައިގަތީ، ސާބަހޭ ރައީސް.
ހައްޖ
23 November 2025
މީ ދެން މީނަ ކަމަކީ ދޯ. ބަސް މަދުކޮށް އަމަލު ގިނަކޮށްލާ. 2 އަހަރު އެދިޔައީ ކަމެއްނުވެ.
ޢަރުތަ
23 November 2025
"ދެއަހަރު ( 2024 / 2025 ) ކަމެއް ނުކުރެވުނީ، 2026 ވަނަ އަހަރުހެ ބަޖެޓް ފާސްނުވެގެން" ޖަނާބު.
މުޙައްމަދު އިއްސޭ
23 November 2025
ވިލިމާލޭގައި އަޅާ 300 ހައުސިންގް ޔުނިޓާއި، ވިލިމާލޭގައި މިހާރު ޢިމާރާތްކޮށްފައިވާ ކޮމާޝަލް ޢިމާރާތްތަކަށް އިންސާފުވެރި ޙައްލެއް މިބައްދަލުވުމުން، ލިބިގެންދާނެކަމަށް އުންމީދު ކުރަން! އެގޮތުން ވިލިގިލިން ދޫކުރާ 300 ހައުސިންގް ޔުނިޓް ވިލިގިލީގައި މިހާރުވެސް ދިރިއުޅޭ މީހުންނާއި، ވިލިގިލީގައި އުފަންވެ އެމާހައުލުގައި އުޅެ ، ބޮޑެތިވެފައިވާ 18 އަހަރުން މަތީގެ ރައްޔިތުންނަށް އެފުރުސަތު ފަހިވެގެންދިއުމަކީ ، ވިލިމާލޭ ރައްޔިތުން އުފާވާނޭ ކަމެކެކެވެ.
އަލްސަންް
23 November 2025
މިފަދަ ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ އެއްވެސް އެހެން ވެރިއެއް ނާދޭ. މިއީ ނަމޫނާ ވެރިއެއް.
އިމްދާދްް
23 November 2025
ވަރަށް އުފާވެފަ މިހުންނަނީ ރައީސް މުއިއްޒު ވަޑައިގަންނަވާތީ އަޅުގަނޑުމެންގެ ހާލުއަހުއާލުބަލަން
މިގްދާދްް
23 November 2025
ރައީސް މުއިއްޒަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ވެރިއެއް. މިފަދަ ވެރިއެއް އަހަރެނމެންނަށް ލިބުނުކަމީ ނަސީބެއް.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
23 November 2025
ވިލިމާލޭ ގައި ޗައިނާގެ އެހީގަ ހޮސްޕިޓަލެއް އެޅުމަކީ ރަނގަޅު ކަމަކަށް ނުވަނީ މިތަނުގެ ރިކަރަންޓް ޙަރަދު ޗަލާނެ ތޯ ނުބަލާ އަޅަން އުޅޭތީ! މިތަނަށް އަންނަ ގިނަ މީހުން މާލޭގެ ހޮސްޕިޓަލް ތަކުގެ ސްޕެޝަލިސްޓުން ނަށް ދެއްކުމަށް ދިޔުމަށް ބުނަން ޖެހުމުން މިތަނުގެ ރިކަރަންޓް ޙަރަދު ނު-ޗަލާނެ! މާލެއަށް ރިފަރ ކުރަން ޖެހޭނެ! މިހާ ކައިރި ކައިރީގަ ބޮޑެތި ހޮސްޕިޓަލް އެޅުމުން ގެއްލިގެން-ދަނީ އެހެން ކަމަކަށް ބޭނުން ކުރެވި ދާނެ ވިލިމާލޭގެ ރަނަށް ވުރެ އަގުބޮޑު ބިން!
މަނުނީ
22 November 2025
ވިލިމާލެމީހުން ހުޅުމާލެއާ ގުޅީފަޅު ގިރާވަރުފަޅަށް ބަދަލުކޮށްފަ ވިލިމާލެ ހަމައެކަނި ޕާކުކުރާރަށަކަށް ހަދައި 14 ބުރީގެ ޕާކިން ޒޯންހަދަންވީ.
ވިލިދޫނި
23 November 2025
ވިލިމާލެދެކެ ހާދަ ރުޅިއެއް.. ގްރޭޓަރ މާލެ އޭރިއާގަވެސް އޮތް ހަމައެކަނި ހިތްފަސޭހަ ރަށް ހަލާކުކޮށްލަން ތިބުނަނީ
ބަލާށޭބަލާށޭ
22 November 2025
ވިލިމާލެ ބްރިޖް އަޅާ ނިންމަން އަދިވެސް ނަގާނެ އެއް އަހަރު އެއަހަރު ނިމެންވާއިރަށް ސަރުކާރުން އެބަޖެހޭ ވިލިމާލެ ހިއްކާ ބޮޑުކޮށް ހަދާ ވިލިމާލެ އަކީ އެއީ މާލޭގެ އިންޑަސްޓްރިއަލް ޒޯން ގައި ހިމެނޭ ކޮމާރޝަލް ޕާރކް ކަމަށް ހަދަން މިކަން ކުރަން ޖެހޭނީ ވިލިމާލެ ހިއްކާ ބޮޑުކޮށްގެންނޭ މާލެ އާއި ވިލިގިިލި އާއި ދެމެދު އޮތް ކަނޑަކީ އެއީ ވަރަށް ތިލަކަނޑެކޭ އެކަނޑު ހިއްކާލެވޭނެ ޗައިނާ އިން ލޯން ނަގައިގެން ވެލިނަގާނީ އަލިހުރަސް ކަނޑުން އެކަނޑުގައި އެބަހުއްޓޭ ފަސް
ސަހަރޯއި
22 November 2025
ބުރިޖުގެ ބޭނުންކެނޑިދާނެތީވެސް ނުހިއްކާނެ.
ވިލި
23 November 2025
ހަމައެކަނި ކޮންކުރީޓު ތަރައްގީތަ އެދެނީ. ހީވަނީ ވިލިމާލެއަށް ދުވަހަކު ނުވެސް އަންނަ މީހެއްހެން.
ނޯޓިކަލް މޭލު
22 November 2025
ވިލިމާލެ ފުލުސް ސުޓޭޝަނަށް އެހެރަވާ ގޮތްގޮތް ބައްލަވާލައްވަން އެތަނަށްވެސް ވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަން
ޢަރުތަ
23 November 2025
ވިލިމާޅެ ޕޮލިސް ގެ "ސިނގިރޭޓު" ފިލްމުވެސް ނިންމާލާފި، "ޓާމިނަލުން ފޭރުނު ޑޮލަރު" ފިލްމު ގޮތަށް