އިމިގްރޭޝަން އޮފިސަރުންތަކެއް މަސައްކަތުގައި.
23 ނޮވެމްބަރ 2025 - 16:40
މޯލްޑިވްސް އިމިގްރޭޝަަނުން މި މަހުގެ 10 ވަނަ ދުވަހު އިފްތިތާހުކުރި އިލެކްޓްރޯނިކް ވިސާ ނިޒާމަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އެ އިދާރާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން ރާއްޖޭގައި ބިދޭސީއަކު ހުންނަން ވިސާ އޮތް ކަމަށް ބަލާނީ އީ-ވިސާ ޖެހުމުން ކަމަށެވެ. އެ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުވައި ރާއްޖޭގައި މަސަައްކަތްކުރާ ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓްގެ މުއްދަތަށެވެ.
މިއަދުން ފެށިގެން ރާއްޖެއަށް އެތެެރެވުމުވެ ހުއްދަ ދޭނީ ވެސް މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހަކަށް ކަމަށާއި ރާއްޖޭން ފުރޭނީ ވެސް އީ-ވިސާ އޮވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Important Notice Regarding the Introduction of e-Visa!
— Maldives Immigration (@ImmigrationMV) November 21, 2025
އީ-ވިސާ ތަޢާރަފްކުރުމާއި ގުޅިގެން މިކަންކަމަށް ސަމާލުކަން ދެއްވާ!
Read more: https://t.co/ElT27q7nsY#eVisa #DigitalGovMv #MaldivesImmigration pic.twitter.com/shJcKTRCV3
ރާއްޖޭގައި މަސައްކަތް ކުރަން، އަލަށް ވޯކްޕާމިޓް ލިބިގެން އަންނަ މީހުންނަށް ރާއްޖެ އަށް އެތެރެވެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދޫކުރާ އެންޓްރީ ޕާސް އޮވެގެން ކަމަށް ވެސް އިމިގްރޭޝަންގެ ޕޯސްޓްގައި ބުންޏެވެ.
މި މަހުގެ 10 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފުތިތާހު ކުރަން ބޭއްވި އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވިދާޅުވީ، އޭގެ ސަބަބުން ރައްޔިތުންނަށާއި އިމިގްރޭޝަނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިިދޭސީންގެ މައްސަލަތައް ހައްލު ކުރުމުގައި، ތައާރަފްކުރި އޮންލައިން ހިދުމަތްތަކުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިދޭސީންގެ ޕާސްޕޯޓްގައި ވިސާޖަހަން ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް ދަތިތަކަށް، މިއަދު ތައާރަފްކުރި އީ-ވިސާ އިން ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޱރ އީވިސާ
24 November 2025
ވ ރަންގަޅުކަމެއް ތިޔަކުރީ އެކަމަކު ބަލަންބޭނުންވަނީ ނަސަންދުރާގަ ތިޔަ ޙިދުމަތްފަށަން ބޭއްވި ހަފުލާއަށް ކުރިޙަރަދު އަދި ޛައުލަތުގެ ބެލުމުގެ ދަށުގަނެތީތޯ ތިޔަހަފުލާ ބޭއްވޭވަރުގެ އިމާރާތެއް؟
ސަރީފުއަލީ
24 November 2025
ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ ވިސާ އެއީ ވިސާ އޮތުން ކަމަށް ނުބަލާނެ ކަމަށް ބުނާ އިރު ސާފު ނުވާ މައުލޫމާތެއް އެބައޮތް! މިހާރު އޮއްވިސާ އީ ވިސާއަށް ބަދަލުކުރާނީ ކިހިނެތް!
ޗަޕް
24 November 2025
މޮޅެތި އެއްޗެހި ކިޔާތި. އަބާގެ ކާރީގައި އުޅޭ މޫމިން ކިޔާ ބަންގާޅީއެއް. ސީދާ ބަންގާޅީން ރެކްރޫޓް ކުރާ އެޖެންޓެއް އެއީ. އޭނަ އެޕާޓްމަންޓްއަށް ކުލި ދައްކައި ކައިބޮއި އުޅެނީ ބަންގާޅުން މީހުން ގެނެސްގެން ލިބޭ ލާރިން. އޭނަޔަކީވެސް ވަގަށް އުޅޭ މީހެއް. އޭނަ ގެންނަނީވެސް ވަގަށް އުޅޭ މީހުން. ނިކަން އަބާގޭ ގަރާޖުކުރިމަތިން ހުންނަ ކޮފީ ކަޑަޔަށް ޖައްސާލަ ބަލަ.
މޯލްޑިވްސް 0.0
23 November 2025
އިމިގްރޭޝަން ސައިޓުން ފެންނަނީ އަދިވެސް ވޯކްވީސާ ޖަހަން އެކްސްޕެޓް މުސްކުޅި ޕޯޓަލްއަށް ވަންނަން ޖެހޭ ކަމަށް. ކިހިނެތްވާ ކަމެއްތޯ ތިޔައީ؟ ހަމަ އަޑެއް އަރުވާލީތަ؟
އިހުސާން 2028
23 November 2025
މަމެން އުފާވަނީ މިނިސްޓަރު އިހުސާނު ފަތުއަޑު ލާފައި މި ގައުމު ހިންގާލާތީ، ސާބަހޭ ވަޒީރު
ލާޖެސް
23 November 2025
ގޭންގެއް މިގައުމުން ހޯދާހޯދާ އޭނާއަށް ނުފެނުނީތީ ތިޔަބިނާ ފަތުއަޑު ވަރަށް ގަދައަށް މަމެންނަވެސް އިވޭ.
ޓެކްގްލޯބް
23 November 2025
މިހާރު ދުނިޔޭގެ ޤައުމުތަކުގައި ޕާސްޕޯޓް ގައި އެންޓަރީ/އެގްޒިޓް ސްޓޭމްޕް ނުޖަހާ އެކަން ވެސް ޑިޖިޓަލައިޒް ކޮށްފި. ރާއްޖެ އަދިވެސް ވަރަށް ފަހަތުގައި އުޅެނީ. ޓެކްނޮލެޖީ އާއި އެއްހަމަ ކުރުން ހަލުވިކުރަންޖެހޭ.
ޑރ ވާންޗޯ
23 November 2025
ބަންގާޅީންނަށް އަދިއިތުރަށް ރާއްޖެއަންނަން ފަސޭހަވެ ގައުމު ކުނިވެފަމިއޮތް ވަރުވެސް މަދުވީތޯ؟.
ފިފްޓީސެންޓު
23 November 2025
ކަންކަން ފަސޭހަވެގެންދާއިރު އެޖެންސީއަކަށް ލާރިތަކެއްދަިގެންމެނުވީ މީހަކު ނުގެނެވޭ. ތަނަކަށް ގުޅިއަސް ފޯނެއް ނަގާނިއްޔަކީނޫން. ފޯނުނެގިއްޔާ އެއަށް ހެޔޮކޮށް ޖަވާބެއް ދޭނިއްޔަކީނޫން.
އ.ނ.ތ
23 November 2025
މިހާރު އެޖެންސީ އެއްބޭނުމެއް ނުވޭ މީހުންގެ ކަންތަށް ބަލަހައްޓާކަށް، އަމިއްލައަށް މީހުންގެނެސް ހުރިހާ ކަމެއްވެސް ކުރެވޭ
ފިފްޓީސެންޓު
24 November 2025
ކިހިނެއް؟
އަސްލ
23 November 2025
އެޕްލިކޭޝަންގެ ހަބަރަކީ ކޮބައި ؟