މަޖިލީހުގެ ކޮމެޓީއެއްގައި ޖަމީލް އުސްމާން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝަން އަލީ/ މިހާރު ފައިލް ފޮޓޯ
23 ނޮވެމްބަރ 2025 - 16:35
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރަށްރަށުގައި ހަދާފައިވާ އެހެނިހެން އެއާޕޯޓުތައް ހިންގާ ކުންުފުނި އެމްއޭސީއެލްގެ ބޯޑަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަން ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.
ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ ދާދި ފަހުން އިތުރުކޮށްފަ އެވެ.
އޭގެ އިތުރުން އެ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމުން، އެމްއޭސީއެލްގެ ބޯޑުން ހުސްވި ޖާގަ އަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފު މިދިޔަ މަހު އައްޔަންކޮށްފައި ވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި ޖަމީލް އުސްމާނާ އެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މުޖުތަބާ އެވެ.
އަލަށް އިތުރުކުރި ޖާގައަށް އިތުރު މެމްބަރެއް އައްޔަން ކުރަންޖެހެ އެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި އެ ފަދަ ޕްރޮޖެކްޓުތައް ހިންގަން ވަކި ކުންފުންޏެއް މި މަހު ވަނީ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އީޖާދު
24 November 2025
ޖަމީލް އާއި އެކު އެެއާލައިން އެއްގައި މަސައްކަތް ކުރެވުނު ބޮއްސުން ލާފައި އޮތް ޑިޕާޓްމަންޓް ހަމައަކަށް އަޅުވާ މުޅި ޓީމްގެ ލޯބި ލިބުނު ލީޑަރ އަކީ ހަމައެކަނި ދިވެހި އެޗްއޯޑީ އަކީ ޖަމީލް. ޖަމީލް މަސައްކަތް ކުރާ ކޮށްމެތަނަކުންވެސް ފެންނަނީ ހަރުދަނާކަން، މަޖިލިސްގައި ވެސް ވަރަށް އޮށްޓަރުހުރި ހަރުދަނާ ކަން އެއްމެންނަށް ފެނުގެންދިޔަ. މިއަދުވެސް އެދާ އިރާގެ ރައްޔިތުން ލޯބި އޭނާއަށް އެބައޮށް. ްޭއޭނާއަކީ މީހަކު ކޮށްޕައިގެން ކުރިއަށް ދާމިހެއްނުން.
މާވަޑި
24 November 2025
ޓްރީޓޮޕްގައި އެއްކޮށް މަސައްކަތްކުރެވުނު، ބުނެލަން އޮތީ ކަންތައްތަކުގައި ވާނުވާއެއް ނޭނގޭ، އަބަދުވެސް އެހެން މީހުން މަސައްކަތް ކުރީމައި އޭގެ ކުރެޑިޓް ނަގަން އުޅެނީ، މަސައްކަތް ހިނގާ ނުހިނގާއެއްނޭނގޭ އެކަމު ގޮތް ކިޔާނެ، ވަޒީފާއިން އެއްފަހަރު ވަކިކުރެވުނު އެހެންނަމަވެސް އަނބުރާ އަނެއްކާ ވަޒީފާއަށް އައި، ޗަމްޕާ އާއިލާއާއި ގުޅުން ހުރިމީހެއްވީމައި، ،މަސައްކަތް ނުކޮށް ހުންނަ އިތުރު ބޮލެއް
ޖަގޭ
24 November 2025
ސްބުހާނައްﷲ މި އިންސާނާއަކީ މެންބަރެއްގެ ގޮތުގައި ހުރެ މަޖުލީހުގައި ފިތުނަފަސާދަ އިންތިހާއަށް އުފެއްދި މީހެއް..
މަޒާޖީ
24 November 2025
ތިހެންވިއްޔާ ފުރިހަމަޔަށް ޝަރުތު ހަމަވާނެ
ނިހާލް ސަލީމް
23 November 2025
ޖަމީލް ވާނެ ހަމަ ގައިމުވެސް ނަޒާހާތްތެރި ހިންގުންތެރި ބޭފުޅަކަށް. މަރުހަބާ ޖަމީލްބެ
ހަމަދު ސަލީމް
23 November 2025
ގާބިލް ބޭފުޅެއް. މީހުންނާ ގުޅޭ ބޭފުޅެއް
ޖަމިލު ފޭން
23 November 2025
ޖަމީލަކީ ޤާބިލް ބޭފުޅެއް
ވަންޗޫ
23 November 2025
އެމް.އޭ.ސީ.އެލް ބޯޑް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ހިމަނާލިނަމަ އާޓިކަލް ވަރަށް ފުރިހަމަވީސް. އަދި، މީނަގެ އިތުރުން ބޯޑުގައި ތިބި މެންބަރުންގެ މައުލޫމާތާއި އެއްކޮށް ވާނެ ހަބަރެއްވިއްޔާ ހިމަނާލަން. އޭރުން ރަނގަޅު ހަބަރަކަށްވާނި!
ޙުސަ
23 November 2025
މިތިބެނީ ތާއަބަދަށް ބަދަލު އަރާފައި ތިބޭ މީހުން!
ހަމަތެދު
23 November 2025
ޖަމީލް އަކީ ސިޔާސީ މައިދާނުގައި މިގައުމުން ފެނުނު މީހުންގެ ތެރެއިން ތަފާތު ބޭފުޅެއް، އިލްމީ ބޭފުޅެއް އަހުލާގު ވެސް ރަގަޅު ބޭފުޅެއް، މަޖިލީހުގައި ވެސް އަދި މަޖިލިސްގެ ބޭރުންވެސް ތަފާތު، އިތުރު ކާމިޔާބީ އަށް އެދެން!
ޢަލީ ނަސީރު
23 November 2025
ހުރިހާ ބޮޑެތި މަހުޖަނުންގެ ޤައުމީ މަސްލަހަތު ހިމާޔަތް ކުރެވިފައި!