27 ނޮވެމްބަރ 2025 - 11:07
ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި އެ ބިލުގެ (88) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ" ކުށެކެވެ.
އެ މާއްދާގެ (ށ) ގައިވާ ގޮތުން އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވި ނަމަވެސް އެ ބިލުގައިވާ ގޮތުން، ކުށްކުރާމީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
ނުރައްކާތެރިކޮށް، ނުވަތަ ފަރުވާކުޑަކޮށް، ދުއްވުމަކީ ޖިނާއީ ކުށެއް ކަމަކަށް މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކު ނެތެވެ. އެގޮތަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވުން ނުވަތަ ބޮޑު އަނިޔާއެއްވުން ފަދަ ކަމެއް ހިނގައިފި ނަަމަ ދައުވާކުރާނީ އެހެން ގާނޫނަކުންނެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ކުރާނީ ހަމަ އެކަނި ޖުރިމަނާ އެކެވެ.
މީގެއިތުރުން އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ވަނީ ހިމަނައިފަ އެވެ.
އާ ގާނޫނު ހަދަން ހުށަހެޅި ބިލުގައި މިނޫން ވެސް ގިނަ ބަދަލުތަކެއް ހިމެނެ އެވެ.
ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް ފަހަކަށް އައިސް ގިނަވެފައި ވާއިރު އެކްސިޑެންޓްތަކުގައި މީހުން މަރުވުމާިއ ބޮޑެތި އަނިޔާތައް ލިބުން ވެސް ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސދސގފ
27 November 2025
މަރުވީމަ ޖަލަށް ލުމުގެ ކޮން ބޭނުމެއްބާ އޮތީ؟ މީހަކު މަރުވުމުގެ ކުރިން އެފަދަ ނުރައްކާތެރި މީހުން ހުއްޓުވެން އޮތްގޮތަކަށް ހުއްޓުވަން ޖެހޭނެ.
ނުރައްކާ
27 November 2025
ހުޅުމާލެ ބްރިޖްއަށް އަރަން ނިރޮޅުމަގުން ބާރު ސްޕީޑުގައި ދުއްވާފައިދާ މީހުންދަނީ ހަަމައެއް ލަަމައެއްނެތި. ރޭގަވެސް އެދޭތެރޭން ޒިބްރާ ކްރޮސްއަށް ހުރަސްކުރަން އެރިއިރު ބާރަށް އައި ކާރަކުން ނުޖެއްސީ ކިރިޔާ. ޢަދި ދުއްވަން އިންމީހާ ރުޅިއައިސް ބަރުގޮނު މިއަޅަނީ .މިކަަހަލަ ކަންކަން ބަލަން އެހިސާބުގައި އެއްވެސް ޓްރެފިކް ޕޮލިހެއް ނުހުރޭ.ދެން ފުރާނަ ދިއައިމަ ދުއްވާމީހާ ޖަލަށްލީމަ ނިމުނީ.
މަގޭ ސުވާލް
27 November 2025
ޤާނޫނު ހަދާ މަޖުޅިހުގައި ތިބީ ކިތައް ލޯޔަރުން ހެއްޔެވެ؟ އަދި އެ މަޖުޅިހުގައި، ވައްކަމާއި، ޚިޔާނާތާއި، ފޭރުމާއި، މަސްތުވާ ތަކެއްޗާ ގުޅޭ ކުށްތަކާއި މިނޫންވެސް ހަޑިހުތުރު ކުއްތަކަށް ޝާމިލުވާ ކިތައް މެންބަރުން ހެއްޔެވެ؟
ރައުޔު
27 November 2025
ޤާނޫނު ކިތައްމެ ވަރަކަށް ހެދިޔަސް ޤާނޫނު ހިންގާނެ މުވައްސަސާއެއް ނެތި ނަތީޖާއެއް ނުނެރެވޭނެ، ދިވެހި ފުލުހުންނަކީ އެފަދަ ޤާބިލުކަމެއް ލިބިގެންވާ ބައެއްނޫނެވެ.
ބޮޑުބެގެ ބެއްޔާ
27 November 2025
އެކަށީގެންވާ ޢިލްމެއް ނެތި، ފެންވަރުދަށް ޤާނޫނު ހަދާ މީހުންވެސް އެބަ ޖެހޭ ޖަލަށްލާން. އެހެނީ، އެކަންކަމަކީ މުޅި މުޖުތަމައަށް ހުރި ބޮޑު ނުރައްކަލަކަށް ވާތީ.
ކުޑަ އަލީ
27 November 2025
އެހެންވީމާ އަހަރެން ދުއްވުން ހުއްޓާލަނީ. ސަބަބު1: މަގު ހިނގާ މީހުންނަށް ގާނޫނެއް ނެތް. މަގު މެދުންވެސް ހިނގަނީ، ހުރަސް ކުރާނެ ތާކުން ހުރަސް ކުރަނީ. ކުއްވެރިވާނީ ދުއްވާ މީހާ. ސަބަބު2: މައްސަލަ ތަހުގީގު ކުރާ އިދާރާއާއި ދޭތެރޭ އެެއްވެސް އިތުބާރެއް ނެތުން. ސަބަބު3:ކޯޓުތަކަށް ވެސް އިތުބާރު ނެތުން.
1818
27 November 2025
ރާއްޖޭގެ އެއްމެން ޖަލަށް ލާފަ ވެރިން ވެރިކަމުގަ 5 އަހަރު ރައްޔިތުންނަށް ފިލައިގެން އުޅެލަމާ!
ޝަޖޫ
27 November 2025
މިތާ މިކޮމެންޓްކުރާ މޑޕ ޔމނ ބޮޓްތަކަށް ބަލާނެކަމެއްނެތް. ތިގާނޫނު ވުޖޫދަށް ގެންނަން ވޯޓް ދީފިއްޔާ މަގޭ ވޯޓް މިހާރު ހުރި މަގޭ މެމްބަރަށް ކަށަވަރު (ވައްކަން ނުކުރަންޏާ އެކަމަކު).
ކަޑަބޮއް ސަައީދު
27 November 2025
ވަރަށް އުފާވެރި ހަބަރެއް. އަހުރެން މަންމަ ގައިގާ ޖައްސާފައި ޕޮލިހުން ފައިސާ ދިނުމަށް އެންގި ޑްރައިވަރުވެސް އެބައުޅޭ ނުދީ. ހެދޭނެ ގޮތެއް ނެތް
ޓޯޅް
27 November 2025
އެހެން ވީމާ އާބާދީގެ %10 15 އަހަރު ހޭދަ ކުރަން ޖެހޭނީ ޖަލުގަތާ..