ފިނޭންސް މިނިސްޓްރީ - ފޮޓޯ: މިހާރު
27 ނޮވެމްބަރ 2025 - 16:19
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރީ މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖެ އިން ތަންފީޒު ކުރަމުންދާ ހަރުދަނާ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ބުނެފައި ވެ އެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަން ފެށުމުންނެވެ.
ކްރެޑިޓް އައުޓްލުކަށް ކުރިއެރުމެއް ލިބިފައިވިޔަސް، އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން ފިސްކަލް ހާލަތާ މެދު މޫޑީސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ބޭރުގެ ދަރަނީގެ އިތުރުން، ކުރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް އެތެރޭގެ ދަރަނި އިތުރުވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން، ޖީޑީޕީގެ ނިސްބަތުން އެފަދަ ދަރަނި 40 ޕަސެންޓަށް މިހާރު ވެސް އަރާފައިވާ ކަމަށް އެ ބަޔާނުގައި މޫޑީސްއިން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާއަށް ވުރެ، ދިވެހި ރުފިޔާގެ އަދަދު އިތުރުވަމުންދާ ދިއުމާ މެދު ވެސް މޫޑީސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ހަރަދުތައް ބައްޓަން ކޮށްފައި ވާތީ، ހަރަދުތައް ހަމަޖައްސަން ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފަ އެވެ.
އޭގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ ފައިނޭންސް ހާލަތު އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އައީ ބުނަމުންނެވެ. އެގޮތަށް ބޭރު ފައިސާ އިން ނަގާފައި ހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަން ޖެހުމުގެ ނަތީޖާއަކަށް ވީ، ދައުލަތުގެ ރަސްމީ ރިޒާވް ފަހުގެ ތާރީހެއްގައި ނުވާ ވަަރަށް ހީނަރުވުމެވެ.
އެ ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބު ކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށައިފަ އެވެ.
މޫޑީޒް އިން ނެރުނު ބަޔާނުގައި، ރޭޓިން އަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒު ކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މި ސިޔާސަތުތަކާ އެކު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެ އެވެ. އަދި އެ އިދާރާގެ ބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފަ އެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއް ނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާ ކަން ވެސް މޫޑީސް އިން ބުންޏެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ޓޫރިޒަމްގެ ސިނާއަތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. ހަމަ އެހެންމެ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.2 ޕަސެންޓު ވަނީ ކުރިއަރައިފަ އެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައި ކަަމށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދަރަނީގެ މިންވަރު މަތިވެފައި ވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީއޭއޭ2 ގެ ރޭޓިން ދެމެހެއްޓި ނަމަވެސް އަންނަ އަހަރު މެޗުއާވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެންދަން ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަކަޗޭ
28 November 2025
އަޅުގަނޑުގެ ހާލަތުވެސް ވަރަށް ސްޓޭބަލްކޮށް ބީކޫ ސްޓެޓަސްގަ މިއުޅެނީ!!.
އަލީ!
28 November 2025
މޫޑީސްގެ ރޭޓިންގ Caa2 އަކީ ދަރަނި އަދާކުރުމުގެ ފެންވަރު ދަށްކަމާއި، ވަރަށް މަތީ ދަރަޖަައެއްގެ ފައިސާގެ ނުރައްކާ އޮތްކަން އަންގައިދޭ ރޭޓިންގއެކެވެ. އެއީ ޑިފޯލްޓްވުމުގެ ފުރުސަތު ބޮޑުކަން އަންގައިދޭ، "ސެކިއުލޭޓިވް ގްރޭޑް" ނުވަތަ "ޖަންކް" ކެޓަގަރީގެ ތެރޭގައި ހިމެނޭ ރޭޓިންގއެކެވެ. ސްޓޭބަލްމާނައެކުރަނީ އިތުރަށް ދަށަށްނުދާކަން، ކުރިންވެސް ދަށްވެފައިއޮތްވަރުގައޮތީ.. އަދިވެސް އަސީޔޫގައި،
ޓްރިޕުލްސީ
27 November 2025
ހޯަރަފުށި މެންބަރު މާ އެޑްވާންސޭ ކަލޭ މެން އެސޮރަށް ޖޯކު ޖެހި.. އާޚިރުގަ އެސޮރު ކޮޅަށް މި ދިޔައީ
ބޭޗޭނާ
27 November 2025
އަހަރުމެން އަތޮޅުބޭނުންކުރާ އައްލޫބެއްޔާ ރޭޓިންއިން ބަލާއިރު ސަކަރާތް. ޕޮލިހުގެ އިސްމީހުން ކޮރަޕްޝަން ކުޅިގަޑެއްގައި، ބޭރުން އެއްޗެހި ގެންނަން ހަވާލުކުރަނީ ޝަރުތުހަމަނުވާ ކުންފުނިތަކާ ދައުލަތައް ގެއްލުންވާގޮތައް، ބައެއް މިނިސްޓަރުން ރައްޔަތުން ނިކެމެތިވާގޮތައް ވާހަކަ ދައްކަނީ، ވީމާ އައުޓްލުކު، އެކްސެލް، ޕަވާޕޮއިންޓް، ވޯޑް ހުރިހާއެއްޗަކަަވެސް ވައިރަސްވަދެފައި
ބަހަބޯތަކުރުގެޅިޔަންބެ
27 November 2025
މޫޑީސް އަށް އިގޭބާ ދިވެހިރާއްޖޭގައި ވައްކަމާއި ކޮރޮޕްސަން އޮތްވަރު. ތަންތާ ހުންނަ ބޮޑެތި ކޮންޓެއިނާތައް ވަގަށް އެބަގެންދާކަން.
ސަނަމް
27 November 2025
ތިޖަހާލީ އެމްޑީޕީގެ މޭމަތީ ފިނިފެން ބާލިދީއަކުން.
ސަން އާކުރު
27 November 2025
އެމްޑީޕީ އަވަހަށް ކުރިޔަށް ބާރަށް. ބައިތު މާލުގަ ލާރި ބޯކޮށް
ހުސެއިނާގެ ބޭބޭ
27 November 2025
ތިޔެއް އެގޭނީ އަހަރުނެްގެ އިކޮނޮމިސްޓް ކުރީގެ ރައީސް ޔާމީނު ކާރިން އަހާލީމަ. ރިމެންބާރ ޔޫގައިސް ކޭމް ޓް ޕަވާރ އެމަނިކުފާނުގެ ހުސްގޮޑި ބޭނުންކޮށްގެން
ޕުލީޖު
27 November 2025
އޯކޭ ރަގަޅަށް ބަލާތި ދެން އަބުރާނުދެވޭނެ އިންޑަސްޓްރިއަލް ސްކޭލްގައި ބޮނބިތަޅާ ރޯނުވަށާ ވިއްކަން، ދޯބުރާލި ހަކުރުވިއްކަން
ގޫކޭލި
27 November 2025
"އައުޓުލުކު" ދޯ! ކީއްކުރާ ބައެއްތަ ދިވެހިބަހުގެ އެކަޑަމީއަކީ..
މުރީދުބެ
27 November 2025
ސަޅި ހަބަރެއް. އެބަ ރަނގަޅުވޭ!