ހުޅުމާލޭގައި 72 ހައުސިން ޔުނިޓް އަޅަން އެޗްޑީސީން އިންޑިއާ ކުންފުންޏަކާއެކު މިއަދު ސޮއިކުރަނީ. ފޮޓޯ: އެޗްޑީސީ
15 ޖޫން 2016 - 14:44
ހުޅުމާލޭގައި އިތުރު 72 މިކްސްޑް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.
ހުޅުމާލެ ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ފެރީ ޓާމިނަލް ހުންނަ މަގުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރީ ދެ އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އެ ކުންފުންޏަށް ހައުސިން ޔުނިޓްތަކެއް އަޅަން ދިނީ ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް އަދި ހަވާލުކުރި އުސޫލެއް ހާމަކޮށްފައެއްނުވެ އެވެ.
ހުޅުމާލޭގައި 72 ހައުސިން ޔުނިޓް އަޅަން އެޗްޑީސީން އިންޑިއާ ކުންފުންޏަކާއެކު މިއަދު ސޮއިކުރުމަށްފަހު ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަސުންދަރަމް ޕޫސަޕަން އެވެ.
އެޗްޑީސީން ދާދިފަހުން ވަނީ ބެޗް ކޮންސްޓްރަކްޝަން އަދި ދަމާސް އާއި އެޕޯލޯ ހޮލްޑިންއާއެކު މިކްސް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގ
16 June 2016
ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރު ގޯތި ނުދީގެން މިއުޅެނީ ކީއްވެބާ؟ އަބަދުވެސް ސަރުކާރުން އުލެނީ ރައްޔިތުން އަޅުވެތި ކުރަން!
އައްޓަމަސް
15 June 2016
ރީނދޫމީހުންނަށް
ސ
15 June 2016
ކޮންބަޔަކަށް ޚާއްޞަކޮށްގެން އަޅުއްވާ ފްލެޓްތަކެއް ކަމެއް ވިދާޅުވެދެއްވިދާނެތޯ؟