ސަނީ އުމަރު އިވެންޓެއްގައި ވާހަކަ ދައްކަނީ
29 ނޮވެމްބަރ 2025 - 21:48
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމާ އެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމައިފި އެވެ.
ދަ ޓްރެވެލް ގައިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"... މި ހިއްސާތައް [ސަނީ އުމަރު އަތުން އަތުލާ ހިއްސާތައް] އޮންނާނީ ކުންފުނީގެ ތެރޭގަ އެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނަމެވެ،" ޓްރެވެލް ގައިސް އިން ބުންޏެވެ.
އެ ކަންތައްތައް ވީ އެންމެ އަވަހަކަށް ފުރިހަމަކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.،
ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ބުންޏެވެ.
ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމުންނެވެ. އަދި އެ މީޑިއާ ހިންގުމުގައި ސަނީ އުމަރު ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.
"ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މިފަދަ އެންމެހާ ނުރަނގަޅު އަމަލުތަކާ ޓްވެލް ގައިސް އިން ދެކޮޅު ހަދަ އެވެ. އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެކެވެ،" ޓްރެވެލް ގައިސްގެ ބަޔާނުގައި ވެ އެވެ.
އެއީ ޓްވެލޫޝަންގެ އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި މީހުންގެ އިއްޒަތާއި ކަރާމަތަކީ އެ މީޑިއާ އޮޕަރޭޓް ކުރުމުގައި އެންމެ އިސްކަންދޭ ކަންތައްތައް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ސަނީ އުމަރަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން މިއަދު ބުނީ އެފަދަ މައްސަލައެއް އެ އިދާރާ އަށް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު، އެކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަކުމަލް
01 December 2025
ތިޔައީ ހުރިހާ ކުންފުނިތަކުން ވަރަށް ފާރަލަމުންދާ ކަމެއް.ޝެއަރ ހޯލްޑަރެއް އަބަދުވެސް ބަލާނެ ދުއްވާލެވޭތޯ.އޭރުންތާ ކުންފުނި ބައްކުރެވޭނީ..ދިވެހިންނަކީ ވަރަށް ގޮތްކުޑަ އެދުންބޮޑު ހަރާންކޯރު ބައެއް. ކިތައް އިންވެސްޓުންތޯ ބޭރުމީހުން ބޭރުކޮއްފަހުރީ..
އަފުޒަލް
01 December 2025
ހިއްސާ އަތުލުން؟ ހެހެހެހެހެ. ޔޫ އާ ސަޗް ޖޯކާޒް.
ތައްހާނު...
30 November 2025
ބޯޑުން ފާސްކޮށްގެން އޭނާގެ ހިއްސާ އަތުލެވޭނަމަ، އޭނަގެ ފޯނާއި، އެޕާޓްމަންޓާއި ބޭންކް އެކައުންޓްތައްވެސް އަތުލަންވީ. ތިހާ ބާރުގަދަ ބޯޑެއް އޮންނަކަން އަދި މި އެގުނީ.
ފެކްޓްްް
30 November 2025
މިވެސް ދެން ކުންފުންޏެކޯ! އަލިފެއް ބާއެއް އެނގެނީކީނޫން. ތިހެންވީއިރު އޭނާކުރިކަންތަކަށް ޙުކުމްވެސް އިއްވަން ވީނުން. ހިއްސާއަކާ ނުކުޅެވޭނެ އޭނާގެ ރުހުމުގައި މެނުވީ. މުޅިންވެސް "ފޭކު ޑިގްރީ ބޮޓުން".
އަބުދުލް ޤާދިރު
30 November 2025
މި މައްސަލަ ފުލުހުން އަމިއްލަ އިސްނެގުމުގެ މަތިން އެބަ ބެލޭ. މިއަށްވުރެ މުހިންމު މައްސަލަތައް އަމިއްލަ އިސްނެގުމުގެ މަތިން ނުބެލެނީ ކީއްވެ؟
ސަނީ ނޫން އުމަރު
30 November 2025
ސާލިހުގެ ވެރިކަމުގަ ބަލަކު ވަކި ކޮށްގެން ޓުއަރިޒަމް މިނިސްޓަރުކަމަށް ލައްކަ ގިނަ ބަޔަކު މީނަ ލޮބީ ކުރި.
ހުސެން ސައިދު
30 November 2025
ތި ސްޓޭޓްމަންޓް ގެ ތެރެއިން މަގްސަދު އެބަ ފެނޭ، ގާނޫނީ ގޮތުން ވާން ނެތް ކަމެއް ކޮއްފަ މިބުނަނީ ވަކި ކުރީއޭ، ހިއްސާ ނުބެހެއްޓޭން އެކަހެރި ކޮއްފަކާ އޭނާ ދޫކޮއްނުލަނީސް، މާނަ އަކީ ސަނީ ވަކި ކުރި ކަމަށް ތި ހަދަނީ ފޯލްސް ސްޓޭޓްމަންޓް ފޭސް ސޭވް ކުރަން، މާދަން ވެސް އެ ހިއްސާ ވެރިއަކީ ހަމަ ތިކިޔާ ސަނީ އެއް.
ކުންފުނީގެ ޤާނޫން
30 November 2025
ޕީއާރު ކުންފުނިން ޕީއާރު ހެޑްލައިނެއް ހަދާލީތޯ؟ ކުންފުނީގެ ހިއްސާއަކީ އުފުލޭ މުދަލެއް، އެއްވެސް މީހެއްގެ މުދަލެއް އެމީހާ ރުހުމުގައި ދޫކޮށްލައިގެން ނުވަތަ ކޯޓުން ކުރާ ޙުކުމަކުން ނޫން ގޮތަކަށް އަތެއް ނުލެވޭނެ. އޭނާ ކުރި ކުށުގެ ސަބަބުން ކުންފުނި ބަދުނާމު ވިޔަސް އޮޅުވާލުމަކީ ރަނގަޅު ގޮތެއް ނޫން
ކޮލިމަރު
30 November 2025
ތިފެންވަރުގަ ނޫނީ ބޯޑެއް ހިންގާނެ ކަމެއްނެތެ؟ ވަކިކޮއްލާނެ ކޮމެޓީއެއް ނުވަތަ ކެންސަލްކޮށްލާނެ ދަތުރުގަޑެއް ނެތްތޯ؟ އަދި އެބަ ކިޔައޭ ކޯޕަރޭޓިވް ގަވަރނަންސޭ. ޑިފަމޭޝަން ދައުވާ އެއް ވައްޓާލަބަ ތިޔަ ބޯޑުގެ ނިންމުމުގެ މައްޗަށް ބިނާކޮށް. ލިބެލް އަކަށްވެސް ފެތޭނެ އިނުއެންޑޯއަކަށްވެސް ފެތޭނެ.
އިނބަޅޭ
30 November 2025
ކޮން ސަނީ އުމަރެއް ހޭ! މީ ކާކުހޭ؟ މީނަ ކުރިކަމެއް ކޮށްފަ ބޗމ މީނަގެ މޮޅުވާހަކަ މި އިވެނީ...