ފިހުނު މީހާއަށް ފަރުވާދޭން ތައިލެންޑަށް ވަނީ ގެންގޮސްފައި.
01 ޑިސެމްބަރ 2025 - 09:34
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދިނުމަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންގޮސްފި އެވެ.
ސްޓެލްކޯގެ 43 އަހަރުގެ މުވައްޒަފު ވަނީ އެ ހާދިސާގައި އެކި ތަންތަނުން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ވެފަ އެވެ.
އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ. އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭގައި ފަރުވާދެމުންދިނުމަށް ފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެއާ އެމްބިއުލާންސްގަ އެވެ. ސްޓެލްކޯގެ ހަރަދުގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުގައި މިހާރު ވަނީ އޭނާގެ ފަރުވާ ފަށައިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށެވެ.
އެ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން އެ ދުވަހު ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.
ސްޓެލްކޯ އިން ބުނީ އޭނާގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު ޝިޔާމް
01 December 2025
މިތަންތަނަށް ބަލިމީހުން ނުފޮނުވާ ރާއްޖެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސީމަ ގައިން ބައެއް އުނިވަނީތަ؟ ހަމަ ކޮންމެ ސަރުކާރެއް އޮތަސް ފަރުވާ ހޯދަން ބޭރުގެ ކޮންމެވެސް ޤައުމަކަށް ނުގޮސް ނުވޭ..ސަރުކާރުން މިކަމާ ވިސްނާ ބޮޑެތި ޙަރަދުތައްނުކޮށް ދިވެހިން ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކިހިނެތްވާނެ؟ މިހެން ބުނާއިރުވެސް އަދި ހަމަ ހާލަތެއްދިމާވެގެން ބޭރު ޤައުމަކަށް ނުގެންދާށޭނުން މި ބުނީ...ސަލާމް
ޙަރަދުބެ
01 December 2025
ބަލަ ކިހިނެތް ހަރަދު ކުޑަވަނީ ބޮޑު ސިންގާ ބާރން ސްޕެޝަލިސްޓް ހޮސްޕިޓަލެއް އަޅައިގެން އަހަރަކު އެއް ޕޭށަންޓް ނުލިބި؟ ލޮލް... އެތަންތާ ތި ހުންނަނީ އެވަރު ޑިމާންޑް އޮންނާތީ...މި ކަހަލަ ސްޕެޝަލްޓީ ތަންތަން ނުހުންނަ އެތަށް ގައުމެއް އެބަހުރި ދުނިޔޭގަ!
ޙަރަދުގެބޯހަމަތަ
02 December 2025
އެ ކޮމެންޓްގައި އެއޮތީ އާއްމުކޮށް ކަންހިނގާގޮތުގެ ވާހަކައެއްނޫންތަ؟ ކޮންމެ ސްޕެޝަލިޓީއަކަށް ހޮސްޕިޓަލް އަޅާ ވާހަކައެއް ނޫން..
އެމްސް
01 December 2025
ތައިލޭންޑް ސަރުކާރާއި ގުޅިގެން، އެތަނުގެ ފެންވަރަށް، ރާއްޖޭގެ ހޮސްޕިޓަލް އެއް ކުރިއަރުވަން ފަށަމާތޯއެވެ؟
ޑޮންސް
01 December 2025
އިލެކްޓްރިކް އާރކް ފްލޭޝްއެއް ފަދަ ކަމަކުން ދިމާވާ ފިހުމުގެ ހާދިސާއެއްގައި މީހަކަށް ލިބޭ ގެއްލުން ގިނަ ފަހަރަށް މެޑިކަލް އެޓެންޑެންޓުން އަންޑަރއެސްޓިމޭޓް ކުރޭ. ނަތީޖާއަކީ އެދެވޭ ފަރުވާ ވަގުތުގައި ނުދެވުން. އަލިފާނުގެ ހާދިސާއެކޭ ބުންޏަސް ހާދިސާއާއި ގުޅޭ ޚަބަރުތަކުން ފެންނަ ގޮތުން މީހާއަށް ފިހިގެން ވީ އަނިޔާއެއް ފިޔަވާ އެހެން ގެއްލުމެއް އެ ފެސިލިޓީއަކުން ނުފެނޭ. މާނަޔަކީ އެއީ އާރކް ފްލޭޝްއެއް ފަދަ ކަމަކުން ފިހިގެން ހިނގި ހާދިސާއެކޭ. ޝިފާއަށް އެދެން
އެމްސް
01 December 2025
އައިޖީއެމްއެޗް އިމަޖެންސީގަ ގިނައިން ތިބެނީ ކިހާތަޖުރިބާއެއް ހުރި ކޮންފެންވަރެއްގެ ބަޔެއްތޯ އެނގޭނީ އެތަނަށް އެމަޖެންސީއެއްގަ ދިޔައިމައެވެ! ހާޓް އެޓޭކް އެއް/ސްޓޮރޯކް އެއްގަ، ޢާއްމުފަރުދަކީ ވިއްޔާ، ރޭގަނޑެއްގަ އެތަނަށް ދާން ހެޔޮވެސް ނުވާނެއެވެ!
އާށަންދޮ
01 December 2025
އާސަންދަ އުވާލާ އެންސުޕާވެސް ކޮންމެ ކުންފުންޏަކުން ވެސް އެލައިޑް ސްކީމުގައި ޖައްސައިގެން ކުރިޔަށް ގެންދޭ
އެމްސް
01 December 2025
ސިއްޙީދާއިރާ ކުރިއަރުވަން: ދައުލަތުން ބައިލައްކައަށްވުރެ މަތިން އާމްދަނީ ނަގާ އެންމެންގެ ބޭހަށް، ރާއްޖެއިން ބޭރުން، ޢާއްމުރަޢިއްޔަތަކަށް ލިބޭ އެއްޗަކަށްވުރެ ބޮޑު ޢިނާޔަތެއް ދިނުން އުވާލުން ކިހިނެއްތޯއެވެ؟
ހަސަން ރަހާ
01 December 2025
އަވަސް ޝިފާއަކަށް އެދެން. ގެޓް-ވެލް-ސޫން، ބްރޯ!
އެމްސް
01 December 2025
ސިއްޙީ ދާއިރާވެސް ކުރިނާރައިގެން މިއުޅެނީ 25 ބުރިންވެސް ނުވާތީބާއެވެ؟ އަބަދުވެސް މިޤައުމުން ޑޮލަރު ބޭރުވާ 1 ކޮޅަކީވެސް ބޭސްފަރުވާއަށް ބޭރަށްދާންޖެހޭ ޖެހުމެވެ!
މަނަސް
01 December 2025
އެމްސް އައްނޭންގުނަސް، ރާއްޖޭގެ ސިއްހީ ކަންކަން ދަނީކުރިއަރަމުން ! ކުރިން ރާއްޖޭގަ ނުކުރެވޭ ކިތަންމެ ފަރުވާތަކެއް އަދި އޮޕަރޭށަން ތަކެއް މިހާރު ރާއްޖޭގަ ކޮންމެދުވަހަކު ކުރޭ! ތެދެއް، އަދިވެސް ބައެއް މީހުން ނައް މިކަންތައް ގަބޫލު ނުކުރެވެނީ މިކަމުގެ މައުލޫމާތު ނެތުމުން، ނޫނީ ސިޔާސީ ފިކުރުގެ ސަބަބުން! ވ ސަލާމް !
އެމްސް
01 December 2025
ސިޔާސީ ފިކުރު ބޮޑުކަމުންތޯ އާސަންދައިން ރާއްޖެއިން ބޭރަށްދާ ޢަދަދުވެސް އަހަރުން އަހަރަށް ބޮޑުވަމުންދަނީ؟