ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޓޯ ކޮށްފައި އޮތް ކާރެއް ފުލުހުން ޓޯ ކުރަނީ.-- ފޮޓޯ: ޕޮލިސް
02 ޑިސެމްބަރ 2025 - 13:04
ހުޅުމާލޭގެ ހުސްބިންތަކާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެފަދަ އުޅަނދުތައް ޓޯ ކޮށް ފުލުހުން ކަނޑައަޅާ ތަންތަނަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގަ އާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ އުޅަނދުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30ގެ ކުރިން އެތަންތަނުން ނެގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮޑުވެ ފުލުހުން ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.
އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ގޯސްވެގެން ދިއުމުން ވަނީ ވެހިކަލް ޓޯކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިމާވެށި
02 December 2025
ގަވާއިދާ އެއް ގޮތަށް ގަރާޖް އެއް އޮވެގްން ރަޖިސްޓްރީ ކުރި މީހުން ދެރަ ވާކަށް ނުޖެހެ އެވެ. ލައްކަ އިން ފައިސާ ދީގެން ވަގު ލިޔުން ހަދައިގެން ރަޖިސްޓްރީ ކުރި މީހުން ދެރަވާނެ އެވެ.
ބަޓަރުފުޅި
02 December 2025
ގަރާޖްސިޓީ ހޯދައިގެން ރަޖިސްޓްރީ ކުރަން ޖެއްސުމަކީ ކޮންކަހަލަ ކަމެއް؟
ކޮރަލް
02 December 2025
ހުޅުމާލޭގެ ހުސްބިންތަކާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. ވ ރަނގަޅެވެ. އެވަނީ ނޯޓިސް އެއް ދީފަ އެވެ. ކަންކަން ކުރަން ވީ މިގޮތަށެވެ.
ހާސަރު
02 December 2025
ހުޅުމާލޭން އެކަނި ވީއްވެ!؟ މާލޭންވެސް ނަގާބަކަ. މަގުތައް އެއީ ޕާކިންއަށް އޮތްތަނެއްނޫން.
ކޮަކަޑި
02 December 2025
ކުރަންވީހަމަ މުޅި ހުޅުމާލެ ފުރިފައި ވަކިދިމާލެއްކިޔާނެ ކަމެއްނެތް ހުސްކުރަންވީ އެމީހަކު ރަޖިސްޓްރީކުރި ގަރާޖަކައް އެންނުނީ އަވަހައްވައްދަންވީ
ހުސްނީ
02 December 2025
ކިހާ ދެރަވަރު ކަމެއް މިއީ..އުޅަނދު ގެންގުޅެވޭ ވަރެއް ނޫން
ޕޯޓަބަލް
02 December 2025
އުޅަނދު ވައްދާނެ ތަނެއް ނެތިއްޔާ ނުގެންގުޅެބަލަ! ވައްދާނެ ތަނެއް ލިބުނު ދުވަހަކުން ގެންގުޅެބަލަ!
ދަ ހެޑްލައިން ޝުޑް ބީ
02 December 2025
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރާނެ ކަމަށް ބުނެފިކަމަށް ހެޑްލައިންތަކަށް އަރައިފި
ދުވާރު
02 December 2025
ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ ދުވާރަކީ ވިއްކާފައި އޮންނަ ތަނެއްތޯ؟ އެތަނުގައި ނުކުރާކަށް ކަމެއް ނެތް. އެ ހިސާބުގެ ދުވާރަކީ ގުދަނަކަށް ފުދޭ، ވޯކްޝޮޕަކަށް ފުދޭ، ބާ މުދާ ބަހައްޓަން ފުދޭ، ވެހިކަލް ޕާކުކުރަން ފުދޭ، ވެހިކަލް މަރާމާތު ކުރަން ފުދޭ ތަނެއް. މި ދުވާރު މި ނޫންގޮތަކަށް އޮތް ދުވަހެއް ފެނިފައެއް ނެތް. މިވެސް ގަވާއިދެއް ނެތިގެން ހިނގާ ކަމެއްތޯ؟
ކޮރަލް
02 December 2025
ސާފު ކުރި ދުވަހެއް ނޭނގެ އެވެ. ގޮނޑެކެވެ.
ބުނަންޖެހޭ ވާހަކައެއް ނޫން
02 December 2025
ގަވާއިދެއް ތަންފީޒުކުރާކަށް ހިންގާކަށް ބުނާކަށް ނުޖެހޭނެ. ތިޔަ ގަވާއިދު އޮތްތާކު އޮތީ. މިއޮތްހާ ދުވަހު އެމީހަކު ހިތުހުރި ގޮތަކަށް އުޅެން ހުޅުމާލެ އޮތީ ދޫކޮށްފައި. ގަވާއިދު އޮތިއްޔާ އަވަހަށް ތަންފީޒުކުރޭ.
00000000
02 December 2025
ތިހިން ކިޔާތާ ކޮން ޒަމާނެއް!!!!! ތިކަން ނުކުރާނެތީ ތިހެން ތިކިޔަނީ!!!!! ކަމެއް ކުރާ ބަަޔަކު އެވާހަކައެއް ނުއެއް ދައްކާނެ އެކަމެއް ކުރާނީ!!!!!
ސަހަރޯއި
02 December 2025
ޕާޓޭންނާ ބިދޭސީން ޓޯކޮށްބަލަ.