16 އޮކްޓޯބަރ 2025 - 14:19
ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި މިހާރު ބަހައްޓާފައި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަ ދުވަސް ވެފައިވާ ވެހިކަލްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހުޅުމާލޭގެ ފުލުހުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގެ ފުލުހުން ކުރި އެ މަސައްކަތުން 716 ވެހިކަލް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ވެހިކަލްތަކުގެ ތެރޭގައި ކާރާއި ސައިކަލާއި ޕިކަޕުގެ އިތުރުން ވޭން ވެސް ހިމެނޭ ކަމަށެވެ. އަދި އެ މައުލޫމާތު މާ ގުޅުން ހުރި އިދާރާތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއީ، ފުލުހުންނާއި އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން، ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމާއި ބާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރެ އެވެ. މިދިޔަ އަގޮސްޓު މަހު އެކަނި ވެސް ފުލުހުން ވަނީ މާލޭގެ މަގުތަކުން 200 އަށް ވުރެ ގިނަ ބާ އުޅަނދު ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލު
17 October 2025
ކުޑަކުޑަކޮށްނުކޮށް ބާރު ސްޕީޑުފައި ނަގާ އުކާލާ ތިއީ ބޭނުންނުކުރެވޭ ތަކެތިކަމަށްވާނީ
އިބޫ
17 October 2025
ކުރުމުއްދަތެއްގައި ޕާރކިންގ އިމާރާތަކެއްއަޅާ މަގުމަތީގެ ޕާކިންގ ނިމުމަކަށް ގެންނަންވީ, ވިކޭނެ ... ގަންނާނެ , ސަރުކާރުގައި ފައިސާނެތިއްޔާ ޕަބްލިކް ކުންފުންޏެއްހަދާ ހިއްސާވިއްކަންފަށާ ... ކާމިޔާބުވާނެ އަދި އިޖްތިމާޢީ ބޮޑުމައްސަލައަކަށްވެސް ޙައްލެއް ލިބުނީ
ކޮރަލް
17 October 2025
ބްރިޖް އިން ހުޅުމަޅެ އަށް ފައިބާ ފަ ހައިވޭ ގަ ސައިކަލް ދުއްވާ ލޭން ފެންނާކަށް ނެތެވެ. 4 ފުރޮޅުލީ ވެހިކަލް ޕާކް ކޮށް ފުރާލާފަ އެވެ .
އިއްޕަޓޭ
17 October 2025
މަގުތަކުގެ ކަންމަތީގަވެސް ތިފަދަ އެތައް އުޅަނދެއް ބަހައްޓާފަ ހުރޭ. މަގުތަކުން ނިކުމެގެންދާއިރު އަނެއްމަގުން ދުއްވާފަ އެއްޗެއް އަންނަތަނެއް ނުފެނޭ. ބައެއް މީހުން ދުއްވާނީވެސް ހިޔާލެއް ފިކުރެއްނެތި. ގަވާއިދުން އުޅޭ މީހުންނަށް ހުރިހާވެސް އުދަގުލެއް ތަހައްމަލުކުރަންޖެހޭ ގައުމެއް މިއީ.
ތަންފީޒު ހަފީޒު
17 October 2025
ހުރިހާވެސް މައްސަލައަކީ ތަންފީޒު ނުކުރެވުނު. ސަހަރާ މިސްކިތް ކުރިމަތީއޮތް ވެލިބިމުގައި 72ގަޑިއިރަށް ޕާކިންގ ބޯޑުޖެހި. މިހާރު އެތަނުގަ ޕާކުކޮށްފަހުރި ވެހިކަލްތައް މަތިން ވިނަހެދި، އެތަކެތި ވީރާނާވާއިރުވެސް އެބުނާ 72ގަޑިއިރުގެ ގަވާއިދު ތަންފީޒުނުވޭ.
އަހާ
17 October 2025
ހުޅުމާލެ މަގުތައް ތޮއް ޖައްސައްސައިފަ ތި ތިބެނީ ބަލަން. އެތައް ދުވަހަކު ޕޮލިހުން ގާތު ބުނެފިން އެސާމާނު ނަގައޖދޭށޭ. ވ. އުނދަގޫވޭ
ށުޖާބެ
17 October 2025
ޢެޗްޑީސީ އޮތީ ބޮއްސުންލާފަ .މުނިސިޕަލްއޮތީ ފޭލްވެފަ ނާގާބިލްވެރިން ލައިގެން ނުހިންގިގެން އުޅޭއިރު އެމްޑީ ކަހާތަން ހިރުވާވެސް ނުލާ .ކުނިއަޅާމުަޅިރަށް ގޮނޑުވާއިރުވެސް ބަލަންތިބެނީ ބޮޑުމުސާރަނަގައިގެން .ހާދަހާދެރަވަރެވެ.
ކުރުނބާ
16 October 2025
މި ރާއްޖޭގައި ޕާރކިންގ ބިލްޑިންގ އެއް އަޅާނެ މީހެއް ހަމަ ނެތީ..؟ އެ ކަން ނުކޮށް މަގުމަތީ ވެހިކަލް ގިނަވާ ވާހަކަ އަބަދު ދައްކަނީ... މާލެ ސިޓީ މޭޔަރުގެ ބޮލުގަވެސް އެވަރުގެ ތެއްކަމެއް ނެތީ؟
އިއްސެ
16 October 2025
އުކާލަބަލަ ހުރިހާ އެއްޗެއް. އެކަންވެސް ކުރާކަށް ނުކެރޭނެ ވޯޓެއް ގެއްލިދާނެތީ. މުޅިން މިހެން ރައްޔިތުން ދެކެ ބިރުން ހުރިހާ ސަރުކާރެއް ތެޅެން ހަދައިގެން މި ގައުމު ހަލާކުވަނީ
މުޑަހަންޖާ
16 October 2025
އަހަރެމެންކާރީ ތިވާހަކަ ތިބުނަނީ އަހަރެމެން ކީއްކުރާނެއޭ ހިތާތަ.