ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2025 - 15:07
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް މި ވަގުތު އޮތީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ނަން އެކަނި ކަމަށާއި އެ މަގާމަށް އޭނާ އަށް ތާއީދު ކުރައްވާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި މިހާރު އުފެދިފައިވާ "ފެކްޝަން ކޯޅުން" ގައި ގަޕޯ އަށް ތާއީދު ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުންނެވެ.
އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވަނީ، ވަގުތީ ޗެއާޕާސަން ހޮވުމަށް ބައްދަލުވުން ބާއްވާނެ ތާރީހަކާ ގުޅޭގޮތުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާ ސުވާލު ކުރައްވައިފަ އެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ބާއްވައި ނިންމަވައި ދެެއްވަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވީ ވެސް މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވި ފައްޔާޒު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.
ނަމަވެސް، ޕާޓީގައި އުފެދިފައިވާ ކޯޅުންތައް ގައުމީ މަޖިލިހުގެ އެރޭގެ ބައްދަލުވުމުގައި ބޮޑުވެ އެ ބައްދަލުވުން ނިންމައިލީ އެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. ދެން އެ ލިސްޓުގައި އޮތީ ގަޕޯގެ އިތުރުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަމެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.
ވަހީދުގެ ނަން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަސްލަމާއި ގަޕޯގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.
މީޑިއާ ނުވައްދައި ކުރީގެ ވެސްޓްޕާކް ސަަރަހައްދުގައި ހުންނަ "ފަންކްޝަން ފައިވް" އިވެންޓު ހޯލްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ އަބްދުﷲ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީ އެވެ.
އޭގެ ފަހުން، އަބްދުﷲ ވަހީދު ވަނީ ޑެޕިއުޓީ ޗެއާސާންގެ މަގާމަށް ހުށަހެޅުއްވި ނަން އަނބުރާ ނަންގަވައިފަ އެވެ.
ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ، ވަގުތީ ޗެއާާޕާސަންގެ މަގާމު އޭނާ ކާމިޔާބު ކުރައްވާފައިވިއަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޝާހިދު ކަން ކުރެއްވި ގޮތުން ވާދަކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޔޮ
04 December 2025
ޒުވާނަކައްަ ފުރުސަތު ދީބަލަ
މޫކޭ
04 December 2025
ޑީ އާރުޕީ ރޫޅުނުއިރު އައި ގުރޫޕު ޕާޓީ ހަލަާކުކޮއްލައިފި
އައްލާ ބެއްޔާ
04 December 2025
އަދިވެސް ނަޝީދުގެ ފެކްޝަނެއް އޮވޭތަ؟ ނަޝީދުމެންގެ ތަރި އޮއްސިއްޖެ. އެމްޑީޕީން ވަކިވެގެން ގޮސް ޑިމްކްރެޓްސް އެއް ހަދައިގެން ލިބުނީ 100 ވޯޓް. 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ ދޫކޮށްލީ. ދެން ނަޝީދު ރަގަޅު ވާނީ ސިޔާސީ ކަންތަކާއި ދުރެވެ އުމުރުގެ ބާކީ ބައި ހެޔޮއަމަލުތައް ކުރުން މަތީ ހޭދަކުރުން.ނަޝީދަކަށް މި ގައުމަށް ކޮށްދެވޭނެ އިތުރު ކަމެއްނެތް. ގައުމުވެސް އިތުރު ކަމެއް ނަޝިދުގެ ފަރާތުން ބޭނުމެއް ނޫން.
އަސްލަމް އަމީން
03 December 2025
ފައްޔާޒު ތާޢީދު ކުރިއަސް ނުކުރިއަސް ހެޔޮ. ފައްޔާޒުގެ ތާޢީދު ނުލިބުނަސް ގަޕޯ ހޮވޭނެ. ލިބުނު ލަދު ބޮޑު ކަމުން މިހާރު ދެން އަމިއްލަ މޫނު މަތި ރީތިކުރަން ގަޕޯ އޯކޭ އޭ ކިޔާނެ ކަމެއް ނެތް. ގަޕޯ އޯކޭ ނުވެގެން ދިއްދޫ ވައްޑެގެ ނަން ގެނައީ.
ރަމަ
03 December 2025
ޕާރޓީގެ ޢާއްމު މެމްބަރުންގެ ހައްގުގައި މިދެރައީސުންވެސް ވެއްޖެއެއްނުން ފަހަތަށް ފިޔަވަޅެއް އަޅަން މީދެން ކިހާބޮޑު އުދަގުލަކަށް ވެއްޖެކަމެއް! ނަޝީދު ވިދާޅުވިހެން ދެރައީސުންވެސް ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ! އެމް ޑީ ޕީ އަށް މިހާރުއޮތް ހަމަ އެކަނި ގޮތަކީ ރައްޔިތުން ބަލައިގަންނަ ޒުވާން ކެންޑިޑޭޓެއް 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ނެރުން މިމަގުން މިކަން ކޮށްގެން ނޫނީ އެމް ޑީ ޕީ އަށް ކުރިމަގެއް އަދި ފެންނާކަށްނެތް!
ޗަރުކޭސް
03 December 2025
މިމީހުންނަށް މިއުޅެނީ ޕާޓީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަކަށް މީހަކު އައްޔަނު ނުކުރެވިގެން. އެޖަލްސާގަައިވެސް އަރާރުމާއި ޒުވާބު. އަދިވެސް މިމީހުން ވެރިކަމަށް އަންނަން އެއުޅެނީ. ޕާޓީގެ ފެންވަރު ތިހުރީ ފެންނާން. ގޭތެރޭ ކޯޅުމުގައި އުޅެނިކޮށް އެހެންމީހުން ރޭސް ނިންމާތަން ފެންނާނީ. ކުރިމަގުގައި ވަރަށް ކުޑަޕާޓީއަކަށް ވާނެ.
ސީޒަން ޖެކުހަން
03 December 2025
ގަޕޯ ދެން އެންޑީޕީ ސިންގަޕޯއަކަށް ބަދަލުކޮށްލާށެވެ.
ދުފި
03 December 2025
މީ ދެން ކާކުތަ؟