ރާއްޖެއިން ލަންކާއަށް ހަދިޔާކުރި މަސް ދަޅު ކޭސްތައް ހަވާލު ކުރަނީ: ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް އެ ގައުމަށް ހަދިޔާ ކޮށްފައި --- ފޮޓޯ/ލަންކާ ޑެއިލީ ނިއުސް
05 ޑިސެމްބަރ 2025 - 18:24
ސްރީލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް އެ ގައުމާ މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖެއިން ހަދިޔާކުރަން ނިންމި 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ބޯޓު ގަލޭނާ ލަންކާއަށް ގޮސްފައިވާއިރު، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ މަސްދަޅު ކޭސްތައް ވަނީ އެ ގައުމާ ހަވާލުކޮށްފަ އެވެ.
ރާއްޖޭން ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ކުރިން ވަނީ ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ ވެސް ސަފީރު މަސްއޫދެވެ.
ރާއްޖެއިން ލަންކާއަށް ހަދިޔާކުރި މަސް ދަޅު ކޭސްތައް ހަވާލު ކުރަނީ --- ފޮޓޯ/ލަންކާ ޑެއިލީ ނިއުސް
ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކުރި އިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވަނީ ލަންކާ ސަރުކާރާ ހަވާލު ކުރުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުންދާ ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާގެ އެހީ ދީފަ އެވެ. އަދި އަދިވެސް ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ލަންކާ އަށް މިފަހަރު މި އެރި ތޫފާން އަދި ގަދަ ވިއްސާރައިގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ އަދި އެތައް ބަޔަކު ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަރުގަނޑު 2025
05 December 2025
މިއޮއް ބޮޑު އިވެންޓް އެ ނިންމާލީ ކޮންޓޭނަރެއް ބެކްޑޮރަޕަށް ބަހައްޓާފަ، ކުޑަ ކެންވަސް އެއް ބޭނުން ކޮށްގެން.. ރާއްޖޭގަ ސުނާމީ އެރި ފަހަރު، އިދާރީ މުވައްޒަފުންގެ ކޮއްތަށް ދަރުބާރުގޭގަ ދުވާލަކު ލައްކައިން ޚަރަދުވިކަން އެގުނީ އެތައް ދުވަހެއް ވީ ފަހުން.. ސުނާމީގަ ގެއްލުން ލިބުނު ރައްޔިތުން ވަގުތީ ހިޔާގަ ތިއްބާ، މާލޭ ރައްޔިތުންނަށް ލިބުނީ ލައްކަ ރުފިޔާގެ ސުނާމީ ބިނާއެއް... ބޮޑު މަންޒަރު މި ކިޔާދިނީ..
ޑޮންް
05 December 2025
ދިވެހިން އަވަހެއްނު.