މިދިޔަ ހަފުތާގައި ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވާއިރު ޕޮލިސް ކޮމިޝަނަރު އިހުސާން އެ ވާހަކަ އަޑުއައްސަވަނީ.---ފޮޓޯ: ޕޮލިސް
05 ޑިސެމްބަރ 2025 - 18:39
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި އެ ކަމަކު މި ފަސް އަހަރު ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ތަނަކަށް އެ މުއައްސަސާ ހައްދަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން ޖެހޭއިރު މިނިސްޓަރު އިހުސާނަށް އެކަން ނުކުރެއްވޭ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.
ޔާމީނަށް ސޯޝަލް މީޑިއާގައި ދެއްވި ރައްދުގައި އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަން އިންނެވުމުގެ ބަދަލުގައި ލިބިވަޑައިގެންނެވި ފަސް އަހަރު ދުވަހު ރައީސް އޮފީހުގައި އިންނަވައިގެން ފުލުހުންގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާތް ﷲ ގެ އިދާރަފުޅާ އެކު، މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމަ އަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް،" އިހުސާން ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރާނަން."
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި އަދި މި ވަތަން ދެކެ ލޯބިވާ މީހުން ކަމަށާއި އެ މީހުންގެ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އެ ތާނގައި ހުރި ރަނގަޅު ކުރަންޖެހޭ ހުރި ކަން ދަނެ އެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކު ރައީސް މުއިއްޒު ވެރިކަން ކުއްވަނީ،" އިހުސާން ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ފުލުހުންގެ ކަންކަމަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިސްޓަރުގެ ހައިސިއްޔަތުން އިހުސާން ވަނީ ފުލުހުން ހިދުމަތް "ރީސެޓް" ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އެ ކަމަށް މަގުފަހި ކުރުމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސަށް ފަހު މިނިސްޓަރު ވިދާޅުވީ، އެ ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށެވެ.
އިހުސާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ނަތީޖާ ކަމަށެވެ. ރައްޔިތުންނަށް އެ ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް މިނިސްޓަރު ވަނީ އެ ކޮންފަރެންސްގެ ދުވަސްވަރު ވިދާޅުވެފަ އެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސް
05 December 2025
އިހުސާނު ތިތަނުން އިސްތިއުފާދީފަ ގެއަށް ދިޔައިމަ ތިޔަން ރަނގަޅުވާނެ.ޕާޓީއަށް ފޯމުފުރަން ކުރިކަންތަކުން ފުލުހުންތިބީ ތިޔަ މިނިސްޓަރުގެ އިތުބާރުގެއްލިފަ.
ޕަބޫޖި
05 December 2025
ޔާމީނު އަކީވެސް އިންސާނެއް. އަތްދަށުން ދިޔަ ކަންކަން ވެސް ހުރި. އެކަމަކު ރަނގަޅަށް ކުރި ކަންކަމުގެ ނިސްބަތުން "އޭ" ރިޕޯޓެއް ލިބެނީ ހަމަ.
ޑރވާންޗޯ
05 December 2025
ޔާމީނޭ އިބޫއޭ ނުގޮވާ ފުރަތަމަ ކަމެއްރަނގަޅަށް ކޮށް ނިންމަބަލަ. އިބޫ އަމީނީމަގުގަ ތާރުއެޅި ފަހުބައި ދިޔާވެ ހަލާކުވީމަ ވަރަށް މަލާމާތަކޮށްފަ މިވެރިކަމުގަ މަރާމާތުކުރިބަޔާ ދެން އަލަށް ތާރުއެޅި ކުޑަތަންކޮޅު މިހާރު އޮތްގޮތްބަލާފަ ލަދުގަންނަން ދަސްކޮށްބަލަ. ޔާމީނު ހެދި އެއްވެސް ހިސާބެއް އެގޮތަށް ދިޔާވެފައެބައޮތްތަ؟.
ޢަލްޓިކޯ
05 December 2025
ކީކޭދެންބުނާނީ ކިޔާނެ އެއްޗެއްނެތިއްޔާބުނެބަ ތިމަން ފެއިލްވެ 40ފޫޓް ކޮންޓެއިނަރ އެއްގެ ކޯނު މަގުމައްޗަށް އަޅާފީމޭ އެވަރުންވެސްނުވިޔޭ މާލެއާ ހުޅުމާލެ މަގު މަތި ހީވަނި ކުރައިމް ސޭންއެއް އޮއި ހެން ލަދުކޮބާ
ތަމެންދޯ
05 December 2025
އިހްސާން ހުރެގެން ދެ އަހަރުވަނީއޭ ފުލުހުންގެ މުވައްސަސާއަށް ކޮންކަމެއްބާ ރަނގަޅަށް ކުރެވުނީ އަދިވެސް މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތަކޭ އެކަކު ވެސް މަދެއް ނުވޭ މިހާރު ވެސް ވެލާނާ ބިލްޑިންގް ކުރިމަތިން ފެންނާނެ އޭގެ ބިދޭސީ އަކު ސައިކަލް ސާފުކުރަން އުޅޭ ތަން އެއީ ޔަގީނުން ވެސް ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީއެއް ހަމަ އިހްސާން އަށް ނުފެންނަނީތޭ ނުފެންނާނެ ނޫންތޭ ލޯ ބޮޑުކަޅު އައިނު އަޅައިގެން އައްޑޫ މީހުން އުޅޭގޮތަށޭ އުޅޭނީދޯ
މަލިކީ
05 December 2025
އެމަނިކުފާނަކީ އެއްވެސް ގޮތަކަށް ފުލުހަކަށްވެސް ކޯޓަކަށްވެސް އިސްލާހުވާން ފުރުސަތުދޭނެ ބޭފުޅެއް ނޫން. އެބޭފުލާ ބޭނުންވަނީ އެބޭފުޅާގެ ގާނޫނު ހިނގަންޖެހޭނީ
ސޯ ސޭޑް
05 December 2025
ދެލޯފުޅާ ރަންކޮޅާ، މި ފަސްއަހަރޭ ކިޔުން ހުއްޓާލަބަ، ބާކީ ތިން އަހަރު… 2 އަހަރު ދުއްވާލީ އަޗާތެޅުމާ، ކަރާ ފެޅުމާ، އަޅި ބުރުވުމާ، ހެޑްލައިން އެޅުމުގަ… ދެންވެސް ކަމެއް ކުރެވޭތޯ ބަލާބަލަ… ނޫނީ މަށަކަށް ނުވާނެޔޭ ކިޔާފަ ވަޑައިގަންނަވާ.
ޑރވާންޗޯ
05 December 2025
އިހުސާންއަކަށް ތިކަމެއްނުވާނެ. ފަށާކޮންމެކަމެއް ގަދައަޑުފައްގަނޑެއްކިޔާފަ ނިމިގެންދަނީ ޖަމަލުފޮޑިއަށް.
ގައްދާމީ99
05 December 2025
ތިޔައިން އެކަކަށްވެސް އަހަރެމެން ތާއީދެއް ނުކުރަން. އިސްތިއުފާ ދީފަ ދާންވީ
ސީޒަން ޖެކްޝަން
05 December 2025
ކުރީގެ ސަރުކާރުން ނުވަތަ ސަރުކާރަކުން ނުވަތަ ސަރުކާރުތަކުން އަރައިނުގަނެވި 2 އަހަރު ފާއިތުކޮށްލައިފި. ފަހަތަށްނުބަލައި ކުރިއަށް ބަލައިގެން ދާނެމީހެއްކަމަށް ބަލައިގެން މުއިއްޒަށް ވޯޓުދިނީ.