ފުލުހުން މިއަދު ފެށި މަސައްކަތުގައި ބައެއް އުޅަނދުތައް ޓޯ ކުރަނީ.-- ފޮޓޯ: ޕޮލިސް
06 ޑިސެމްބަރ 2025 - 15:53
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.
ސަރުކާރުގެ އެކި ކުންފުނިތަކާ ގުޅިގެން ފުލުހުން އެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، ޓޯކުރަނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތަކެވެ.
ހުޅުމާލޭގައި އެކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން މިއަދު ޓޯ ކުރަން ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އާއި ސީޕީ ނަވީން އަދި އެޗްޑީސީ އެމްދީ ޒުހެއިރު ބައިވެރިވަނީ..-- ފޮޓޯ: ޕޮލިސް
މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލޭގައި އެއްވެސް އުސޫލެއް ނެތި ދޫކޮށްލާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން އާއްމުންނަށް އުނދަގޫ ވާތީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ އެކެއް އަދި ދޭއްގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ނަގަން ކުރިން އަންގައިފަ އެވެ.
ފުލުހުން މިއަދު ފެށި މަސައްކަތުގައި ބައެއް އުޅަނދުތައް ޓޯ ކުރަނީ.-- ފޮޓޯ: ޕޮލިސް
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑުވެ ފުލުހުން ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.
އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯ ބާއީ
06 December 2025
މިހާ ގިނަ ދުވަސްވަންދެން ޓޯ ނުކޮށް ބަހައްޓާފަހުރީ ކާކު ބުނެގެންތަ؟
ވާނުވާ،،،
06 December 2025
ރަނގަޅު ކަމެއް. ތިޔަ ގަޓާ އެއްވަރަށް ނު ގަވާއިދުން ޒޯން ބަދަލުކޮއްގެން މާލެ/ހުޅުމާލެ އޭރިއާގަ ދުއްވާ ކާރުތައްވެސް ޓޯ ކޮއްބަލަ.
އާރީ
06 December 2025
ހެޔޮނުވާނެ މާލެ ހަމަޔަކަށް އަޅުވަބަލަ. ގޯޅިއެއް ވެސް އަޅާ ނުލެވޭ ކަންކަން މަތީ ސައިކަލު ގިނަކަމުން
ގޯސްވާނީ
06 December 2025
މާލެ މިހާރު ހުރިވަރަށްވުރެން ރަނގަޅެއްދެނެއްނުވާނެ. މީހުން ގިނަވާވަރަކަށް ވާނީ ގޯސް ނޫނީ ހުރިވަރުގަ ހުންނާނީ.