ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 ޑިސެމްބަރ 2025 - 23:02
ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތްއޮތުން ބަދަލުކޮށް ކިލޯއަކަށް ވުރެ ބަރުނަމަ އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމައިފި އެވެ.
އެ ބޮޑު ބަދަލު އިއުލާން ކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
"މިހާތަނަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީއާ އެކީގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
މިފްކޯއިން މިހާރު ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. އަދި ކުދިމަސް ކަމަށް ބަލާ މިންގަނޑަކީ 1.5 ކިލޯއަށް ވުރެ ލުއިވުމެވެ.
"އެންމެ މަތީ ރޭޓޭ މި ދެންނެވީ 16ރ. އަށް މިހާރު މި ގަންނަ ގަތުން، އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ، އެންމެ ދަށްވެގެން 16ރ. އަށް ގަންނަ ގޮތަށް މިފްކޯ އިން މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެއަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް 16ރ. [މަސް ގަންނާނީ]."
ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކޮށްފައި އޮތުމުން މަސްވެރިންގެ ޝަކުވާ ބޮޑެވެ. ރައީސް މަސްވެރިންނާ ބައްދަލު ކުރެއްވުމަށް މިއަދު ދުވާފަރުގައި ބޭއްވި ޖަލްސާގައި ވެސް މަސްވެރިން ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގދ. ފަރެސްމާތޮޑާ ކެޔޮޅަކު އެ ބައްދަލުވުމުގައި ބުނީ، އެއް ކިލޯއަށް ވުރެ ބަރު މަހަކީ ރަނގަޅު އަގު ދޭ ކެޓަގަރީ ކަމަށް އަމިއްލަ ކުންފުނިތަކުން ވެސް ބަލާ ކަމަށެވެ.
މަސްވެރިންގެ ދުވަހަށް ދުވާފަރަށް ގޮސް ހުރި އައްޑޫ ދޯންޏެއްގެ ކެޔޮޅަކު ބުނީ 1.5 ކިލޯއިން ދަށަކީ ކުދިމަސް ކަމަށް މިފްކޯ އިން ކަނޑައަޅާފައި ވާއިރު، ކުދިމަސް ކިލޯއަކަށް ދެނީ އެންމެ ހަތް ރުފިޔާ ކަމަށެވެ. މަސްދޯނިފަހަރު ދޫކޮށް ދިވެހިން އެހެން މަސައްކަތްތަކަށް އެނބުރެނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްކަމުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
15 December 2025
މާލެތެރޭގަ މިއުޅޭބުޅާތައް މިފްކޯއަށް ކިރުވާނުލެވޭނެތޯ؟. ކިލޯއަކަށްވުރެ ބަރުބުޅާ ވަރަށްގިނަ.
އައްސުލްތޯން
14 December 2025
މިއީ މައްސަލައަކީ. ބަޔަކު ބޮޑާހާކާލާއިރަށް އެކަންވީ ކުރަން. މިފްކޯ ޕްރައިވެޓައިޒްކުރަންވީ. އޭރުން ތިމަސްވެރިން ޖެހޭނީ ސައިޒުވާން. ސަރުކާރުން މެޖޯރިޓީ ހިއްސާ ދޫކޮށްލަންވީ. އޭގެ ބަދަލުގަ ޕަބްލިކަށް މެޖޯރިޓީ ހިއްސާ ދޭންވީ. އެހެންނޫނީ ނުސީދާކޮށް ރައްޔިތުންގެ ފައިސާ ތިދެވެނީ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް
ނާއިންސާފު
14 December 2025
މަސްގަންނަން ޖެހޭނީ ދިވެހިން އަތުން، ބިދޭސީންނަށް ސަބްސިޑީ ދީ މަސްވެރިކަމުގެ ނަފާ އޮވެގެން ނުވާނެ. ދިވެހިންނަށް އިސްކަން ދީގެން މަސްގަންނަން ޖެހޭނީ..
ބަކުރުބޭ
14 December 2025
ހުރިހާދިވެހިންނަށް ފެނަކައިން ވަޒީފާ ދިނީމަ ދެން ކޮންތާކުން ދޯނިތަކުގައި މަހަށްދާނެ މީހުން ހޯދަނީ. މަޖުބޫރުވެގެން ބޭރުމީހުން ދޯނިތަކުގައި ގެންގުޅެނީ. އެހެން ނޫންނަމަ ހުރިހާދޯނިތައް އޮންނާނީ ފަޅުގައި
ތަމްހީދު
14 December 2025
ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅެމުން ދާ މިންވަރަކުން ރައީސް އެގެންދަނީ މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުރިހަމަ އަށް ފުއްދަމުންނެވެ.
މަސްވެރިއެއް
14 December 2025
މި ބަދަލު ތަކަކީ ވަރަށް ގެންނަންޖެހޭ ހެޔޮބަދާލެއް، އެހެންނަމަވެސް މިހާރު މީގެ ހުރިހާ މޮޅެއް މި ލިބެނީ ބިދޭސީންނަށް. ދިވެހިންނަށް ހުރިހާ ގެއްލުމެއް.
ކޮރަލް
14 December 2025
މާލޭގެ ރައްޔިތުން މަސްމާރުކޭޓުްނ ގިނައިން ގަނެގެން ކަމުން ދަނީ ތާޒާ ކަމެއް ނެތް މަހެވެ. މާރޫކޭޓް ބަންދު ކުރީމަ މަސްތައް އައިސް ފޮށި ތަކަށް އަޅަނީ އެވެ. އަލުން އަނެއް ދުވަހު ބާޒާ ރަށް ހަމަ އެމަސް ނެރެނީ އެވެ. މިިއީ މުޒާހަރާ ކުރަން ޖެހޭ ކަމެކެވެ. ތާޒާ މަސް އެނަގަނީ މާރުކޭޓް ތެރޭގަ ހުންނަ ކުންފުނި އަކުން ހިންގާ ތަނަކަށެވެ. އެމީހުން އެމަސް އެވިއްކަނީ މާރު ކޭޓް އަކަށް ނޫނެވެ.
ދުއްޕާން
14 December 2025
ކޮންފަދަ ބޮޑު ނޮހޮރޮއްޕާނެއްތަ މިމަސްވެރިންނޭ ކިޔާ ބަޔަކުމީ. ބަންގްލާ މީހުން އަސްލު މިމަސައްކަތުގަ އުޅެނީވެސް.
ބަކުރުު
14 December 2025
ހޯކޯނަމްބަރު ސަތިރީސް އަދި ހޯކޯމާރު ތިރީހަށް ބޭނިމަސްކޮޅުދޭ ކިރާލަން ވަގުތުން ފައިސާދޭ ދަށްވެގެން ދެކިލޯ ބަރާބަރު ހަމަވަނީނަމަ ކިރުވޭނޭ ދެން އެއަށްވުރެ މަތިވިނަމަ އުފަލުން އެހާރުން ފޮޅިދާނޭ ފައްކާވެތިބީ ތައްޔާރީގައި ކަށްޓާ ހަމަކޮށްލާދޭން. ބޭނިމަސްކޮޅުދޭ ކިރާލަން ވަގުތުން ފައިސާދޭ.
ސިކްސް ސެވަން 7 6
14 December 2025
ރައީސް މުއީޒް މިޔީ ހަގީގީ މަސްވެރިންގެ ވިންދު އެނގިލައްވާ ބޭފުޅަކީ.
ށިހާމް
14 December 2025
އާމްދަނީ އިތުރުވާ އެއްވެސް ކަމެއް ނުކޮށް، ދަރަނި ނަގައިގެން ހެސް ކިޔާފަ ސަބްސިޑީ މިދެނީ. ކިހާދުވަހަކު މިހެން ފަރުޖެއްސޭނެ؟