މާލޭގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް، މިނިސްޓަރު ޒަމީރާއި (ވ-3) ތޯރިގާއި (ވ-2) އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް (ކ) ފައްޓަވައި ދެއްވަނީ. މިއީ 75 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނޭ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އެޕްރީލް 2017 - 16:22
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 75 މިލިއަން ރުފިޔާ އަށެވެ. ހެންވޭރު ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ މާލޭގައި ނަރުދަމާގެ ނިޒާމެއް 32 އަހަރު ކުރިން ގާއިމު ކޮށްގެން މިހާތަނަށް އައިއިރު، އެ ނިޒާމަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ.
މާލޭގައި ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް (ކ) އާއި ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެންވެ، މާލޭގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ދިމާވެފައިވާ ކަމާއި ހާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ޖަންކްޝަންތަކުން ލީކުވަމުން ދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން، މާލެއަށް އަޅާނުލެވި އޮތް މިންވަރު މި އެނގެނީ. މާލޭގެ އެކިކަންކޮޅުތަކުން މީހުން ދިރިއުޅެން އާދޭ. ނަމަވެސް މިކަހަލަ އަސާސީ ޚިދުމަތެއް އަޕްގްރޭޓް ނުކުރެވި މިހާ ގިނަ ދުވަސްވުމަކީ ވަރަށް ދެރަ ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރުން ތިއްބެވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް އެކުއެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ރާއްޖެ އަށް ގެންނަ ތަރައްގީ "ލޮލުން ފެންނަމުން" ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވާހަކަ ދައްކަވަނީ، އަންނަ އަހަރުގެ ނިޔަލަށް ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިމިގެން ދާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީކޮށް އަންނަ އަހަރު ނިމުމުން އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. ފަޒުލް ވިދާޅުވި ގޮތުގައި މިއީ 300،000 މީހުންގެ އާބާދީއަކަށް ނަރުދަމާ ނިޒާމް ތަރައްގީ ކުރުމުގެ މަޝްރޫއެކެވެ.
"މި އަހަރު ތެރޭގައި އަޅުގަނޑުމެންގެ ޕަމްޕް ސްޓޭޝަންގެ ތެރެއިން ހަތް ސަރަހައްދެއްގައި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ދާނެ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ މަސައްކަތް ނިމޭއިރު 8،000 އާ ގާތްކުރާ އަދަދެއްގެ ނަރުދަމާގެ ވިއުގައި އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. މާލޭގައި ނަރުދަމާގެ ނިޒާމަކީ މީގެ 30 އަހަރުގެ ކުރީގެ ނެޓްވޯކަކަށް ވުމުން، އެ މަސައްކަތް ތަރައްގީ ކުރަން ފެށުމުން އާންމުންނަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ތަރައްގީގެ ދުވެލި އިތުރަށް ހަލުވި ކުރުމެވެ. އެ ގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެން ދާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. މާލޭގެ ދެ ސަރަހައްދެއްގައި މިހާރު ވެސް ފެން އުފައްދަ އެވެ.
މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ، މިކަހަލަ މަޝްރޫއެއް ހިންގާ ކަމަކީ ރައްޔިތުން އުފާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މާލޭގެ ގޭބިސީތައް އިތުރުވެގެން ދިއުމާއި ގެތައް އިމާރާތް ކުރާތީ، މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަކީ ރައީސް ޔާމީން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަން ނިންމެވި މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން މާލޭގެ ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މާލެ އަށް ކޮންމެހެން ބޭނުންވެފައި އޮތް ކަމެއް، މާލެ އަށް ތަރައްގީ އައިސް، މީހުން އިތުރުވާއިރު، މިކަހަލަ މަޝްރޫއެއް ހިންގާ ކަމީ އުފާ ކުރާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީއަށް އަމާޒުކޮށެވެ. އެކަމަކު މާލޭގެ އާބާދީ މިހާރު ދެ ލައްކައާ ގާތްކުރާއިރު، މުޅި ނިޒާމަށް ބާރުބޮޑުވެ، ޖަންކްޝަންތަކުން ނަޖިސްލީކުވުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީ
04 April 2017
ވަޒީރުންނާ، އަމީރުންނާ، ފުރަދާނައިންތޯ . ނަރުދަމަން މަސައްކަތްކުރައްވަނީ . މަގުމައްޗަށް ނަޖިސް އަރަން ފެށީމާވެސް ތިޔަގޮތަށް މަސައްކަތް ކުރައްވައިގެން ހައްލު ކުރައްވާނަމަ؟
ޟުހައް
04 April 2017
ކުންފުނި ކުރިޔައް
އިހުސާނު އަލީ / ވަރޖިންގ އައިލެންޑު /ޔޫ އެސް އޭ
04 April 2017
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ފަގީރު ގައުމުތަކުގެ އެއްމެ އިސް ވެރީންގެ އިތުރުން މިނިސްޓަރުންނާއި އެކު އުޅެވިފައި ހުރި ދިވެހި ޒަވާންކުއްޖެއްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުން ނުގުތާއަކައް މިފުރުސަތުގައި އަލި އަޅުވާ ލެވޭތޯ ބަލާލަން.. މިފަދަ ބައެއް ޕުރެޖެކުޓައް އިމްޕުލިމެންޓު ކުރުމުގައި ވަރައް ގިނައިން ފެނިފައިވޭ ގައުމުތަކުގެ މިނިސްޓަރުން އަދި ވެރީން... އެކަމަކު އެބޭފުޅުން އެފަދަ ހަރަކާތްތަކުގައި އުޅެފައި ހުންނަނީ އެފަދަ މަސައްކަތަކާއި ގުޅުން ހުންނަ ޒާތުގެ ހެދުން ތައް އަޅަުއްވައިގެން... ނަމަވެސް މިފެންނަނީ އެެްމެ ކުޑަމިނުން ރަނަގަޅައް ލިޔެކިޔަން ނޭނގޭ ކޯރޑިނޭޓަރުން ފެށިގެން މައްޗަށްވެސް ޓައި އަޅައިގެން ފަކީރާ ތަކުން މަސައްކަތުގައި ބައިވެރިވާކަން ދެއްކުން. އަޅުގަނޑުގެ ސުވާލަކީ ޓައި އަޅައިގެ މީހާ ނެތްފެންވަރައް ނުފުްޕިއްޔާ އެހެންމީހުނައް ތިމާ އޮޅެނިތޯ...؟؟؟؟؟؟؟
ޗިކުސް
04 April 2017
ނަޖިސް ލީކުވުން ހުއްތުވެންޔާ މިސަރުކާރުން ވާނީ މާފަންނު ސަހަރާ ކާރި އިންނަ ޖަންގްޝަން މަރާމާތު ކޮއްފަ. ދޭތެރެ ދޭތެރެއިން ނަޖިސްތައް ހުރޭ މަގުމަތީގަ.މަގުތައް ހެދި ޕޮރޮޖެކްޓް ގެ ދަށުން ޖަންގްޝަންތައް މަރާމާތު ކުރިނަމަ އަލުން ބަލުން މަގުތައް ކޮނެ ތި ސަކަރާތް ޖަހާކައް ނުޖެހުނީސް. އަދި ގެ މަރާމާތް ކުރާ އިރު ފެން ބޭރުކުރާ ހޮޅި އެޅިނަމަ މިހާރު މަގުތަކުގަ ހިގާމީހުންނަޝާއި ދުއްވާ އެއްޗިއްސައް ތަންކޮޅެއް ފަސޭހަ ވީސް. ކޮންމެ ކަމަކުން ވެސް ރައްޔިތު މީހާ އައް ދުއްޕާން ކުރެވޭ ތޯ ތި ބައްލަވަނީ .
ހަމްބެ
04 April 2017
ހުރިހާއެއްޗެއް ނަގާ އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ވަޅުލާފައޮތް ފާޙާނާހޮޅިތަށްވެސް ނަގަނީ. ދެން އޮތީ ކޯޗެއްބާ ނަގަން!!!
ވައްޑޭ
04 April 2017
ވަޅިލަނީ!!!!
މާހިރު
04 April 2017
މާލޭގެ ނަރުދަމާގެ މަޢުލޫމާތު މިހާރު ތިއްބެވި ބޭޭފުޅުންނަށް ނޭނގުމަކީ ހައިރާންވާން ޖެހޭ ކަމެއްނޫން. އެއީ ފަންނީ މީހުން އެއްލާލާފަ މަޤާމްތައް ހުސްކޮށް ސިޔާސީ މީހުން ގެނައީމަ ވާގޮތް. މާލޭގެ ނަރުދަމާގެ ނިޒާމް 90ގެ ފަހުކޮޅު ގިނަ މަރާމާތު ތަކެއް ކޮށް ފެންވަރު ރަގަޅު ކުރެވުނު. މިކަމަށް ފަންޑް ކުރީ ޖަރުމަނުގެ ޖީ.ކޭ.ޑަބްލިޔޫ އިން. މި މަސައްކަތުގެ ތެރޭގައި މިހާރު ފެންނަން ހުރި މޭންހޯލް ތައް ހަދާ ހޮޅިތަކާ ޕަމްޕް ސްޓޭޝަންތަކުގެ ފެންވަރު ރަގަޅު ކުރެވުނު. އޭގެ ކުރިން ޕަމްޕް ސްޓޭޝަންތަކުގެ ކައިރިން ދާއއިރު ދުމާ ނުބައިވަސް ކެނޑުނީ މި މަޝްރޫޢުއަށްފަހު. އަދި މަގުތަކުގައި ހުރި މޭންހޯލްތައް ފައިބަރު ކުރީވެސް މިދެންނެވި މަޝްރޫޢުގައި. މިހާރު ކުރަމުން އެދާ މަސައްކަތަކީ މާބޮޑު ބަދަލުތަކެއް ގެނެވޭނެ މަޝްރޫޢުއެއްނޫން. އެއީ މައިހޮޅިތަކާއި މަގުމަތީގައި ހުރި މޭންހޯލްތަކުގެ ސައިޒު އެކަށީގެންވާވަރަށް ބޮޑު ކުރުމާއި ޕަމްޕް ސްޓޭޝަންތައް އިތުރު ކުރެވޭނެ ގޮތެއް މިހާރު ނެތީމަ!
ހޮއްކޮ
04 April 2017
އަތުގަ އުނގުޅެއްޔާ ދަތުގަ އުނގުޅޭނެ ސިޔާސަތުގެ ދަށުން
މެޖޯ
04 April 2017
މީކޮންކައުސިލެއްގެ މެޖޯރިޓީއޮވެގެން ހިންގާކަމެކޯ
ނަލަ ނަލަ ކަރަންޓުބިލް
04 April 2017
ފޮޓޯއެއް ނެގުނީމަ ހުރިހާ ކަމެއް ހައްލުވީ