އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ: އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ: ހުސެއިން ވަހީދު
06 އެޕްރީލް 2017 - 00:17
ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ޖަލްސާގައި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ސައުދެކޭ އެއްގޮތަށް ރައީސް ޔާމީން އަރިހުގައި ދެން ތިއްބެވި މެމްބަރުން ވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ޕީޕީއެމްގެ ދެ ބައިވެ އުފެދުނު މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީނާ އެކު ހުންނެވި ސައުދު މިރޭ ވަނީ ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފަ އެވެ.
"މި ކަމެއް ދެން ނުހުއްޓުވޭނެ، މައުމޫން އަބްދުލްގައްޔޫމްގެ ސައިޑަށް ޕީޕީއެމްގައި ތިއްބެވި އިއްޒަތްތެރި މެމްބަރުން އަރައި ނިމޭތަން ފެންނާނެ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ. އަދި ޖޭޕީން ޕީޕީއެމަށް ގޮސް ތިއްބެވި ބޭފުޅުން ވެސް މާލަހެއް ނުވެ އިރާދަކުރެއްވިއްޔާ އެނބުރި އަންނާނެ،" ސައުދުގެ ހިތްވަރު ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތާ އަލަށް ގުޅުނު، ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ ދެ މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ އަމީތު އަދި ވިލިނގިލީ ދާއިރާގެ ސައުދު، މިރޭ ކުނޫޒްގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވީ "މާދަމާ އަޅުގަނޑު ޖަލަށް ލެވިދާނެ" ކަމަށާއި "އެކަމަކު ވެސް މި މަސައްކަތް ނުހުއްޓުވޭނެ" ކަމަށެވެ.
"މި ރޫހު މަރައެއް ނުލެވޭނެ އިނގޭތޯ. އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ފުރާވަޑައިގަންނަވާށޭ މިތަން ދޫކޮށްލައްވާފައި. މިތާ ފަސާދަ އުފައްދަން ނޫޅުއްވާށޭ. ރައްޔިތުންނަށް އަނިޔާކުރައްވަން ނޫޅޭށޭ. އެކަން ނުކުރެއްވޭނެ އިނގޭތޯ،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމް ދޫކުރައްވައި މެމްބަރުން އެހެން ޕާޓީތަކާ ގުޅިވަޑައިގަންނަވާ ނަމަ، ފުރަތަމަ އިސްތިއުފާ ދެއްވައި އަމިއްލަ އަށް ހޮވިވަޑައިގަންނަވަން ކެރިވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވައި، ޖޭޕީގެ މެމްބަރުން އަލުން އެ ޕާޓީ އަށް ވަޑައިގަތުމަށް ގާސިމް ދައުވަތު ދެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ނިޝާން އަލީ
އޭނާ ވިދާޅުވީ އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގަތް މެމްބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މިގޮތަށް ގުޅިވަޑައިގަންނަވާއިރު ރައީސް ޔާމީން ވިދާޅުވި ގޮތަށް ގޮނޑި ދޫކޮށްލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޕާޓީ ދޫކުރައްވާ ނަމަ މެމްބަރުން އިސްތިއުފާ ދެއްވަން ރައީސް ޔާމީން ގޮވާލެއްވިއިރު ޕީޕީއެމްގައި ތިބީ ޖުމްހޫރީ ޕާޓީގެ ކިތައް މެމްބަރުންތޯ އަދި އެމްޑީޕީގެ ކިތައް މެމްބަރުންތޯ ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވަނީތޯ ގާސިމް ސުވާލުކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ އާއި އެމްޑީޕީން ވަޑައިގަތް ބޭފުޅުންނަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން ވަޑައިގަންނަވާށޭ، ތިބޭފުޅުން ވަޑައިގަތީމަ ނިމުނީ. އެއް ކަމެއް ވެސް ނުކުރެވޭނެ. ބިރުފަހަނާޅައި ނިކުންނާށޭ، އެ ހިސާބުން ނިމުނީ ހުރިހާ ކަމެއް. ކޮންމެ ތާކަށް، ކޮންމެ މައްސަލައެއް ހުށަހެޅިއަސް ނުހިނގާނެ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ފާރިސް އަދި އިދިކޮޅު ފަރާތްތަކާ އަލަށް ގުޅުނު ޕީޕީއެމްގެ މަޖިލިސް މެމްބަރު ވިލިނގިލި ދާއިރާގެ ސައުދު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އަދި އެހެން މުއައްސަސާތަކަށް ވެސް އެނގެ އެވެ. އެ މުއައްސަސާތަކުން ތިބީ ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމަކަށް އަތްތިލަބަޑި ޖަހަން ތައްޔާރަށް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތަށް ވަރަށް އަވަހަށް ކާމިޔާބީ ލިބޭނެ ކަމަށެވެ. ރައީސް ޔާމީނަށް 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 25 ޕަސެންޓްކަން ފާހަގަކުރައްވައި، ދެ ވަނަ ބުރުގައި ތާއީދުކުރެއްވި އެންމެން ފެއަށް ޖެހިވަޑައިގަތުމުން މިހާރު އެމަނިކުފާނަށް އެވަރު ވެސް ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑޭ
06 April 2017
މިއަދު ކުއްލިޔަކަށް ހާދަ ކޯޑިނޭޓަރުން ގިނަވެއްޖެއޭ. އެކަމަކު ކޯޑިނޭޓަރުން ކުރާ ކޮމެޓްތަކަށް މުޅިންވެސް ލިބެނީ ޑިސްލައިކް. މީ އަޅެ ކިހިނެއްވާކަމެއްތަ. ކޮބާތަ ކޯޑިނޭޓަރު "މަހައްދޭ މަހައްދޭބަލަ". ހޭނުލެވެނީ ތޯއްޗެއް
ގޮއްޔެ
06 April 2017
ސަޢުދު އަށް ވަރަށް ޝުކުރު. ޔާން ދެކެ ބިރުގަންނަން ޖެހެނީ އޭނާ އަތުގައި މީހުން ބިރުގަންނަން ޖެހޭ އެއްޗެއް އޮތީތޯ؟؟ ވެރިކަމަށް ތަޚުތުގައި ވެޑުވީވެސް އެހެން މީހުން. ހުރިހާ މަސައްކަތެއް ކުރި މީހުން އެތިބީ އެކި ދިމަދިމާލުގައި އެހެލާފައި. އެންމެ ފަހުން ލޯބިވާ ބޭބޭފުޅު ކަތިލަން މިހާރު މަސައްކަތް އެކުރަނީ. މީ މިހާރު އޭނާގެ ފަހަތުގައި ތިބި މީހުން ވިސްނާ ފިކުރު ކުރާނޭ ކަންތަތައްތައް. މަޖްލީހަށް ހޮވާފައި އިތިބީ ކުފޫ ކަމަނުވާ ކުޑަކުދިންނެއްނޫން. ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން ދުވާއިރު އެކަކުވެސް ނުބުނޭ ތިމަންނައަކީ ފިނޑިއެކޭ. ވަރަށް ބިރު ގަންނަ މީހެކޭ. ކޮންމެ މީހަކުވެސް މިބުނަނީ ތިމާ އަކީ ވަރަށް ކެރޭ ކުޅަދާނަ މީހެކޭ. ދެން ރައްޔިތުން ވޯޓް ދިނީމާ ފީ ހިކައެއްހެން ގައިގައި ރަޖާ އަޅައިގެން ތިއްބަކަސް ނުވާނެ.
ނުވާނެއޭ
06 April 2017
އެއްކަމެއްވެސް ގާސިމް މެމްނަނށް ނުކުރެވޭނެއެވެ. ތިޔާ ހިކިދަނޑި ވާހަކަ ގާސިމް ތިޔާ ދައްކަނީ. ތީ ހަމަ ކަނޑުގައި އަޅާލާ ރޮނުގު ތަކެއްގެ ވާހަކަ ތޯ ދިޔާ ދައްކަނީ.
އައްޑޫ ރަދުން
06 April 2017
ޔާމީން ކޮޅަށް ކުޑަކޮށް ތާއީދު ކުރެވެން އުޅުނު އެކަމަކު އެކަން މުޅިން ހަނދާން ނައްތާލައިފިން.ދެން ބައެއްމީހުން އެބަބުނޭ ޔާމީން ތަރައްގީ ގެންނަށް ވާހަކަ.....؟ އެކަމަކު ސަރުކާރުން ގެންނަށް ތަރައްގީ އެއީ ރައީސް ޔާމީން ފަހަތުގަ އެނބުރޭ އެލީޓް ގުރޫޕަށް ފޮނިއެއްޗެއް ކަމުގައި ވިއަސް ދިވެހި ރައްޔިތުންނަށް ވަރަށްވެސް ހިތި އެއްޗެއް...މިހެންމިބުނީ މިކިޔާ ތަރައްގީގެ ޝިކާރައަކަށްވީ އާންމުން.ޓާގެޓްކޮއްފަ ހުރީ އެމީހުންގެ އަސާސީ ޚިދުމަތްތަށް ސަރުކާރުގެ އާމްދަނީގެ މެއިން ސޯސްކަމުގައި ހަދަން...މިކަން މިގޮތަށް ރައީސް ކުރާއިރު ރައްޔިތުން އެތަށް ބުރަ މަސައްކަތްތަކުން ދޮރުން ދޮރަށް ހިގައިގެން ހޮވާފަ ތިބި މެމްބަރުން ރުފިޔާގެ އަވައިގައިޖެހި ރައީސްމީހާ އެދޭގޮތަށް ކަންކަން ނިންމަން ފުރުސަތު ދީގެން ދިރޭ ގަބުރުތަކެއްހެން ކަފުންވެގެން ތިބިތިބުން ހުއްޓާލުމަށް ނަސޭހަތްތެރިވަން....
މުންކޮ
06 April 2017
ޤާސިމް އިބްރާހިމްއަށް ރިޝްވަތުގެ ތުހުމަތު ކުރެވި ޝަރީއަތައް ފޮނުވުން އެއީ އިއްޒަތްތެރި ރައީސް ޔާމިީންގެ މައްސަލައެއްނޫން އިނގޭތޯ!!!!!!
ރަދީފް
06 April 2017
ގާސިމް އަދި ތިހެން ބުންޏަސް ގަބޫލެއްނުކުރެވޭ. ވަރަށް އަވަހަށް މަވޯޓާ އަދި އޭޑީކޭ ޕީޕީއެމް ދަރުބާރުގެ ފެކްޝަނަށް ސޮއިކުރާނެކަމަށް އިންސައިޑް ސޯސެސްބުނޭ.
އަސްލުމީހާ
06 April 2017
ޔާމިންވެސް ދެންވީ ކުނޫޒްގަ ބާއްވާ ޖަލްސާތަކުގައި ބައިވެރިވާން. އަދި ރައްޔިތުންގެ ކިބައިން މާފްއަށް އެދެން. ގޮތްދޫނުކޮއް އުޅުނު މީހާވެސް އެންމެ ފަހުން މަރުވީ ފާރުބުޑެއްގެ ކައިރީ އޮވެ ބޯލާނެ ފެންފޮދެއްވެސް ނުލިބި.
އިބުރޭ
06 April 2017
ސޭޓުގެ ޅަ ސިކުނޑީގެ ސަބަބުން ބަޔަކު ޖެހި މަޅީގައި ވަރަށް ރަނގަޅަށް ސޭޓުވަނީ ޖެހިފަ. މިފަހަރު ސޭޓަށް ލިބިގެންދާނީ އަދި މާ ބޮޑު ލަނޑެއް.
ާއިގުރައި
06 April 2017
ފަލާހް ކީކޭ ބާ ބުނަނީ؟
ގޮނާނީޑް
06 April 2017
ގާސިމް އިބްރާހިމް ތިޔާ ވިދާޅުވާ އިސްލާހީ ހަރަކާތުގެ މެއިން ކޯސް އެއް އިނގޭ އެކަކު ވެސް އެބަހުރިތޯ އެވެ. ނެތް ދޯ. އެކަކު ވެސް ނެތް. ބަލަގަ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމެއް ކުރާނަމަ އެކަން ބަލާ ވެރިފައި ކޮށް އެކަމަށް އިންސްޓްރަކްޝަން އެންޑް ވާރޑިކްޓް ނެރެން އޮތީ ސްޕްރީމް ކޯޓް އެވެ. ސްޕްރީމް ކޯޓް އަކުން ނުބުނޭ ގާނޫނު އަސާސީ އާއި ޚިލާފަށް ސަރުކާރުން އެއްވެސް ކަމެއް ކުރިކަމަށް. ދެން ގާސިމް އިބްރާހިމް ސަރުކާރަށް ދައްކަން ޖެހޭ 18 މިލިއަން ޑޮަލަރު ނުދެއްކުމުން ސަރުކާރުން ގާނޫނު އަސާސީ އާއި ޚިލާފަށް ކަންކަން ކުރާ ކަމަށް ހިޔަންޏަށް މުޑި ނަގައިގެން ޕްރޮޕެގެންޑާ ފެތުރި ނަމަވެސް އެކަން އެގޮތަށް ނުވާނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. ސަރުކާރަށް ދައްކަން ޖެހޭ 18 މިލިއަން ޑޮލަރު ނުދައްކަން ހުއްޖަތެއްގެ ގޮތުގައި މަޖްލީހުގެ މެމްބަރުންނަށް ލޮބީ ކޮށްގެން މަޖްލީހުގެ މެމްބަރުން އަތުއަޅުވައިގެން ސަރުކާރު އަންޑަރމައިން ކުރުން އެއީ މަމެންނަށް ގަބޫލުކުރަން އުނދަގޫ ކަމެކެވެ.
މެމެން.
06 April 2017
މުޢައްސަސާތައް ވަނީ ހިސޯރުކުރެވިފައި. ދެން ކޮންތާކުން އެއްޗެއް ބުނެވޭނި !
ޙަސަން އަޙްމަދު
06 April 2017
މަންޖޭ ސިކުނޑީގަ ފަނި އަޅާފަ ހުރީމަ ކަލޭ ކަހަލަ މީހުނަށް ނޭނގެނީ. ގާނޫނު އެޔޮތީ ލިޔެފަ ދިވެހި ބަހުން