ކުރީގެ ރައީސް މައުމޫނާ އެކު، އަފޫ (ވ).
07 އެޕްރީލް 2017 - 01:22
ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަންގެ މީހެއްގެ ގެއެއް މިރޭ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފި އެވެ.
"މިހާރު" އަށް އެނފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މައުމޫނަށް ތާއީދުކުރާ އިބްރާހިމް އަފްރާތު (އަފޫ) ދިރިއުޅޭ މއ. ގުލްޝަން ކިނާރާ އެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުން އަފޫގެ ގެ ފާސްކުރީ "މަޖިލީހުގެ ނައިބު ރައީސްގެ ރުހުން އޮތްތޯ ބެލުމަށް، ނެގުމަށް ތާވަލްކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގައި، ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެފަދަ ފައިސާ ހަވާލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މއ. ގުލްޝަން ކިނާރާ، އިބްރާހިމް އަފްރާތު ކަމާ، މީނާ އަށް ފައިސާ ފޯރުކޮށްދެނީ ސިޔާސީ ފަރާތްތަކުން ކަމާއި، އެ ފައިސާ އެކި ފަރާތްތަކަށް ހަވާލުކުރުމަށް މއ. ގުލްޝަން ކިނާރާގައި ރައްކާކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާތީ، މައްސަލައާ ގުޅުންހުރި ހެކި ގާރީނާ ހޯދައި، މައްސަލައާ ގުޅުން ހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް" ކަމަށެވެ.
"މިހާރު"އާ ވާހަކަދެއްކި އަފްރާތުގެ ރައްޓެއްސަކު ބުނީ އެގެ ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް އެގެއިން ފެނިފައިނުވާ ކަމަށެވެ.
މިދިޔަ މަހުގެ 27 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވެސް މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫންޒޫން
18 April 2017
އެއްގޮތެްނޫން. ޢޭނާ ރައީސް އަށާ ސަތުކާރަށާ ރއްޔިތުންނަށް ހެއްދެވި ނުހެއްދެވި އަކަށް ނުގޮވާ. ނޫނަސް އެއީ އަޑީބުގެ މީހެކޭ. އދީބުއާ ތި މީހުންނާ ތީ އެކައްޗެކޭ. ތިއުޅެނީ އެމަސްއަލަ ނުބަލައިގެނެްނޫން. ހަޅޭއްލަވާހިތުން.
ގާދިރު
07 April 2017
ކޮބާތަ ކޮނޑަށް ރުފިޔާ ގޯނި މަހާލައިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތުފައިސާ ބަހަމުން ދުވި ކަމަށް ބުނެ އިޢުލާންކުރި މަޖިލިސް މެމްބަރު، ކީއްވެބާ ފުލުހުން އޭނަ ހިފާ ހައްޔަރުނުކުރަނީ، މީ އަޅެ ޤާނޫނުގެ ވެރިކަން ހިނގާ ތަނެއްބާ!! މިއަދު އޭނަގެ މައްސަލަ ނުބެލި ނަމަވެސް ޤާނޫނު އަދި އައިސް އޭނަޔާ އަރާ ހަމަކުރާނެކިމީ ކަށަވަރުކަމެއް އިންޝާﷲ
ގަލީ
07 April 2017
އަހަރެންގެ ތާއީދު އަނބުރާ ގެނެސްފިން. ދެން މިސަރުކާރަށް ދުވަހަކުވެސް ތާއީދެއް ނުކުރާނަން އަދި އާއިލާވެސް .
އިސްތިގްލޮލް
07 April 2017
ރިޝްވަތު ދިންކަމަށް ޝައްކުކުރެވޭ މީހުންގެގޭގެ ރެއިޑުކުރާއިރު ކީއްވެބާ ރިޝްވަތުހިފިކަމަށް ޝައްކުކުރެވޭ މީހުންގެ ފަހަތުން ނުދުވަނީ؟ ހިފާތީދޯ ދޭނީ؟
އުމަރު
07 April 2017
ކޮބާތަ ގޯނި ގޯނީގަ ފައިސާބެހިމީހުން
ވާލުސޮރު
07 April 2017
ދިވެއްސަކަށްވީތީ ފަޚްރުވެރިވީދުވަސް ފާއިތުވެ ދިވެއްސަކަށްވީތީ ލަދުގަންނަންޖެހޭ ދުވަސް އައިސްފަ މިއޮތީ. ރާއްޖެ މިއަދު މިއޮތީ ސްޓޯން އޭޖްގަ ދުނިޔެ އޮތް ހާލަތަށްވުރެވެސް ދަށުދަރަޖައެއްގަ. ލަދުން ބޯހަލާކު.
ޖާލިހު
07 April 2017
ކޮންމެހެން ދިވެއްސަކަށްވީތީ މިކަމާގުޅިގެން ލަދު ގަންނާކަށް ނުޖެހޭ. އެންމެންނަށްވެސް އެނގޭ ދިވެހިންގެތެރއިން މަދުބަޔަކުކުރާކަމެއްކަންމިއީ.
މަރީ
07 April 2017
ސަހާދަތް ބަޔަކު ހަމަ މޮޔަވެ ނިމިއްޖެ. ޥެރިކަމާހެދި ބޫތު ކައިފި. ޢާންމު ރައްޔިތަކަށް ވިޔަފާރި ވެރިއަކަށް ދެމީހަކު ސައްލާއެއް ކޮށްފާނެކަމަށް ވެސް މިމީހުން މި ތިބެނީ ސިހިސިހި. ހުރިހާ ބާރެއްގަ ބަގުޑި ބައްދައިގެން ތިބޭއިރު ކޮންކަމަކާ ތިހާ ބިރަކުން ތިއުޅެނީ؟؟؟ތިބެބަލަ ބުރިޖު މަތީ ޕާޓީ ބާއްވައިގެން ހަވާ އަރުވައަރުވާ.
އަހުމދު
07 April 2017
ހަމަހައިރާންވެ އަންތަރީސްވެއްޖެ. މިއީ އެއްޤައުމެއް ދިރިއުޅެނީދިވެހިރައްޔިތުން ވަކިބަޔަކު ތަހުޤީޤަތްދަމާއިރު އަނެއްބޔަކު ފާޅުގައި ފައިސާގޯނިހިފައިގެން ބެހިވާހަކަ މީޑިއާގައި ފާޅުކަންބޮޑުގޮތުގަ ބުނެ ވާހަކަ ދައްކާއިރުވެސް އަޅައެއްނުލާ .މިއީ އަޅެފަހެ އިންސާނުންގެ ހަމަތަ.
މުހަންމަދު
07 April 2017
... އަހުމަދުގެވާހަކައަށް ތާއީދުކުރަން .. ފައިސާގޯނިހިފައިގެން ތިމަންނަ ބަހަމުންދިޔައީމޭ ހުވާކުރަންކުރަން ޖެހިއްޖެއްޔާ ﷲގަންދީހުވާވެސްދީފާނަމޭބުނިއަޑުއިވުނީމާ އަހަރެންހިތަށްއެރި ސުބުހާނަﷲ އަނެއްކާއަހަރެމެންގެލޯބިވާ މެމްބަރުންތަކެއްގެ ދުވަސްދިޔައީއޭ .... އެރޭނުވެސްނިދުނު ..... މިހުންނަނީ ހާލަތު .. ލިބުނުތާ ލިބިގަނެގެން ނުލިބޭތާޖަހާގަނެގެން އެތިބެނީ .. އަހަރެންވެސް މިސަރުކާރަށް ކުރިތާއީދު އަނބުރާގެނެސްފިން އަދި އަހަރެންގެއާއިލާގަވެސް މިސަރުކާރަށްތާއީދުކުރާ އެކަކުވެސް ނެތްވާހަކަ އުފަލާއެކުދަންނަވަން ..
ޟޔދޖޔ
07 April 2017
މޮޔަވަނީ
ރަކިކީ
07 April 2017
މިހާރު ތިޔަ ދަނީ ކުރީގެ ދޯހަޅި ސަރުކާރު ވެއްޓެންދިޔަ ދިމާލަށް.. އުއްމީދުކުރަނީ ރައީސް ޔާމީން ރަގަނޅު ހިކްމަތްތެރި ނިއްމުމަކުން މިކަން ނިންމަވާނެކަމަށް.. ޕީޕީއެމަށް ކުރިއެރުމަށް އެދެން.. އެކަމަކު މިހާރު އަދުރޭ އުޅޭ ވައްތަރު ލަދުވެތި..ނިކަން ސާބިތުކަންމަތީ ގުޑުގުޑުނާޅާ ކުރިއަށް ދޭބަލަ.. ފިނޑިން އުޅޭ ވައްތަރަށް އިރުއިރުކޮޅާ ވައްނި ވައްނި ނުޖައްސާ.. ރައީސް ޔާމީނަކީ ޖެ ހިލިންކުޑަ ގުޑުގިޑު އަޅާ ބޭފުޅެއްނޫން.. އަދުރޭ ގައިން އެތެޅެފޮޅެ ގަންނަ ފިނޑިންގެ ސިފަ ކަނޑުވަންވެއްޖެ..