ސީރިއާ އަށް ހަމަލާ ދިނުމަށް އެމެރިކާގެ މަނަވަރުތަކުން މިސައިލް ފޮނުވާލަނީ: ސީރިއާ އަށް ދިން ހަމަލާ އަކީ އެހެން ގައުމުތަކަށް ވެސް އިންޒާރެއް ކަމަށް އެމެރިކާ އިން ބުނޭ.
10 އެޕްރީލް 2017 - 10:44
ވޮޝިންޓަން (އެޕްރީލް 10) - ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުުގައި ސީރިއާ އަށް ދިން މިސައިލް ހަމަލާ އަކީ ނޯތު ކޮރެއާ އާއި އެހެން ގައުމުތަކަށް ދިން އިންޒާރުގެ މެސެޖެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މަނަވަރުތައް ކޮރެއާ ޕެނިންސުލާ އަށް މިސްރާބު ޖަހާފައިވާ އިރު ޓިލަސަން ވިދާޅުވީ ނޯތު ކޮރެއާގެ ނިއުކްލިއާ މައްސަލަ ސަމާލު ކަމަށް ގެނައުމަށް ޗައިނާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފްލޮރިޑާގައި ބައްދަލު ކުރައްވައިފަ އެވެ.
އޭބީސީގެ "ދިސް ވީކް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވީ ހުކުރު ދުވަހު ސީރިއާ އަށް ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވާ ކޮންމެ ގައުމަކަށް އެމެރިކާ އިން ދިން އިންޒާރުގެ މެސެޖެއް ކަމަށެވެ.
"ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފުވެ، އެހެން ގައުމުތަކަށް ނުރައްކަލަކަށް ވަންޏާ އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" ޓިލަސަން ވިދާޅުވި އެވެ. "ނޯތު ކޮރެއާ މައްސަލައިގައި އަޅާނެ ފިޔަވަޅު ވަރަށް ސާފު. އެއީ ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ހެދުން."
މި އަހަރު ފެށުނު ފަހުން ނޯތު ކޮރެއާ އި ވަނީ ފަސް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އަދި އެ ގައުމުން ވަރުގަދަ ނިއުކްލިއާ ޓެސްޓަކަށް ތައްޔާރުވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭނަ
11 April 2017
މިއީ މުސްލިމުންނާއި ކާފަރުންނާ މެދު ހިނގާ ހަނގުރާމައެއް. އެވަރު ދަންނަން ވެއްޖެ ނުން
މަންޖެ
11 April 2017
މި ދެން ކިހާ ދެރަ ކަމެއް. ނޯތް ކޮރެއާއަށް އިންޒާރު ދޭންވެސް ބޮން އަޅަނީ ނިކަމެތި ސީރިޔާއަށް. އެމީހުންގެ ކުށަކީ ކޮބައިބާ؟ މާތް ﷲ ސީރިޔާ އަދި އެހެނިހެން ހުރިހާ މުސްލިމް އަޅުތަކުންނަށް ސަލާމަތާ ރައްކާތެރިކަން ދެއްވާ އެ ނުބައި ނުލަފާ ޖާހިލުންގެ ކިބައިން މުސްލިމް އުންމަތް ސަލާމަތް ކުރައްވާންދޭވެ. އާމީން. :(
ނޫނުއަލިފް
10 April 2017
ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާން ނުޖެހޭ ދެ ޤއުމު އޮވޭ. އެމެރިކާ އަދި އިޒްރޭލް. ކެކެކެކެކެކެކެ...
މަހުދީ
10 April 2017
އަސްލުވީގޮތަކީ އިރާގުގައި މެސެކާއެއް އެމެރިކާއިން އިހަށްދުވަހު ހިންގާފައި މަތިޖަހަންވެގެން ސީރިޔާގެ ކޮމިކަލްހަތިޔާރު އެމެރިކާޖެ އެޖެންޓުން ލައްވާ ބޭނުންކޮށް ހަމަލާދިނީ. އިރާގަށް ހަމަލާދީ އެމެރިކާއިން ވަނީ 200 އާމުރައްޔިތުން މަރާފައި.