އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ޝީލާ އަބްދުއްސަލާމް. --ފޮޓޯ:އޭޕީ
13 އެޕްރީލް 2017 - 12:11
ނިއު ޔޯކް (އެޕްރީލް 13) - އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އުމުރުން 65 އަހަރުގެ ޝީލާ އަބްދުއްސަލާމްގެ ހަށިގަނޑު ނިއު ޔޯކުގެ ހުޑްސަން ކޯރުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާއްމުންގެ ބައެއް ކަމަށް ނިއު ޔޯކް ޕޯސްޓުން ބުންޏެވެ. އަދި ބުދަ ދުވަހުގެ މެންދުރު ފަހުން ފެށިގެން އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ޕޯސްޓުން ބުނީ ފަނޑިޔާރުގެ ހަށިގަނޑަށް ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.
ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ ނިއު ޔޯކުގެ ކޯޓް އޮފް އެޕީލްސް އަށް އައްޔަންކޮށްފައިވާ އެފްރިކާ-އެމެރިކާ ދަރިކޮޅުގެ ފަނޑިޔާރަކު އަވަހާރަވުމަކީ ލިބުނު ހިތާމައެއް ކަމަށެވެ.
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރުގެ އިތުރުން ޝީލާ އަކީ ނިއު ޔޯކުގެ ކޯޓް އޮފް އެޕީލްސް އަށް އައްޔަން ކުރި އެފްރިކާ-އެމެރިކާ ދަރިކޮޅުގެ ފުރަތަމަ އަންހެން ފަނޑިޔާރު ވެސް މެ އެވެ. ކޮލަމްބިއާ ލޯ ސްކޫލުން ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ޝީލާ ކޯޓް އޮފް އެޕީލްސްގެ ފަނޑިޔާރަކަށް ހަމަޖެއްސީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިނި
16 April 2017
ތިވާނީ ޓްރަމް÷ްގެ ކަމަކަށް
އިބޫ
14 April 2017
ޙައަްދު ފަހަނަ އެޅި ނަސޯރާއިންގެ ކަމެއް.
ފާޑު
14 April 2017
އެކިމީހުން ވިސްނާ ގޮތް ތަފާތުވާނެ. މި ޚަބަރު އެނގުނީމަ (މަޢުލޫމާތު މުއްސަދިވީމަ) އުފާ އައިކަން އަށް ފިތާލެވިފަ ހުރެދާނެ. އެއީކީ މުސްލިމު ފަނޑިޔާރު ނިޔާވުމުން އުފާވަނީ ނުންކަމަށް ވެސް ވެދާނެ. އަސްލު އެއްޗަކީ ކޮމްޕަތީ.
ހަސަން
13 April 2017
4% އުފާވެފާ؟؟ ދިވެހިން ހަމަތަ؟؟؟ ކިހިނެއް ވެފާތަ ދިވެހިން މިތިބެނީ
ައަޔާ
13 April 2017
މަވެސް ހިތަށް އެރީ ތިހެން
ޝާހުލްޖަމީލު ބާއީ
14 April 2017
ދިވެހިން ބޯސަކަރާއް.