ޕީޓްރަލް ހޮޓާ ސަރަހައްދުގައި ރޭ ފުލުހުން ހަރަކާތްތެރިވަނީ: މި އޮޕަރޭޝަނުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައި-- މިހާރު ފޮޓޯ
25 އެޕްރީލް 2017 - 11:03
މައްޗަންގޮޅީ ޕީޓްރަލް ހޮޓާ ހިމެނޭ ސަރަހައްދުގެ ތިން ތަނެއް ފުލުހުން ރޭ ފާސްކޮށް ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދުގެ ވަގުތެއްގައި އާއްމުކުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ފާސްކުރީ މއ. ކިނާރާ ހައުސް އާއި އެނބޫގޯޅީގައި ހުންނަ އޮފީހަކާއި މއ. ނަމޫނާގެ އެވެ. މީގެ ތެރެއިން ތިން މީހުން ހައްޔަރުކުރި ކަމަށް ވަނީ ކިނާރާ ހައުސް އާއި އޮފީހުންނެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ރަހުމް ކުޑަގޮތަކަށް މަރާލާފައިވާއިރު، މާލެތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ރޭ ވަނީ ނެރެފަ އެވެ.
އެކަމަކު ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނުގައި މީހުން ހައްޔަރުކުރީ ޔާމީނުގެ މަރާ ގުޅިގެން ކަމަށް އަދި ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު މިއަދު އާއްމުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި، މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް އަދި ސާމްޕަލް ނަގާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
25 April 2017
ސްޓަންޓް ޖެއްސުން ހުއްޓާލާ!
އާއިޝާ
25 April 2017
އަމުދަކުން އެވަރުކަމެއްކޮށްފަ ބަޔަކު ތިބޭނެހެން ހީވޭދޯ .. ތިމީހުން ލައްވާ ކައްޓަފުޅިތަކެއް ހެން ހިފެން ... މޮޔަޔަކުވެސް ގަބޫލް ނުކުރާނެ ތިވާހަކައެއް..ލޮލް
ފެންޑާ
25 April 2017
ބަޔަކުމީހުން އާދޭސްކޮށްގެ ދޭންއުޅޭ މައުލޫމާތެއްހެން ހީވާކަހަލަ، މިއަދު މިއަދު މައުލޫމާތު ދޭނަމޭބުނުމުން....ވަރަށްވެސް ތަން އަންޕްރޮފެޝަނަލް އިނގޭ!!!
ކުޑަދޫއަހްމަދު
25 April 2017
ބުރުމާ ގާސިމް ހައްޔަރުކޮށްފިއޭ! ނުވަތަ ސިޔާސީ މީހަކު ހައްޔަރު ކުރިއްޔާ އެވާހަކަ އެއް ޕޮލިހުންގެ ޓުވިޓަރގަ ލިޔެލާނެ ވަގުތުން. ކީއްވެގެން މިގައުމުގައި ބޮޑެތި ކަތިލުންތަށް ކުރިއަށްދާއިރު، ތުހުމަތަކަށް ހައްޔަރުކުރެވޭ މީހުންގެ ވާހަކަ ބުނަން ބިރު ގަންނަނީ! މާބޮޑަށް ބިރުން އުޅެގެން، ފިނޑިވެގެން ކުއްވެރިންނާއި ޑީލެއް ނުކުރެވޭނެ! ގާބިލު ފުލުހުންނާއި، މުއައްސަސާތަކާއި، އަދުލުވެރި ފަނޑިޔާރުން ބޭނުން އިންތިހާއަށް!
GAN Island
25 April 2017
ރައީސް އޮފީހަށް ޤާއުކިމީހާގެ މައުލޫމާތު ދެއްވަނީ ކޮންއިރަކު ؟؟ އޭނާ ރައީސް އަފީހަށް ގާއުކާ ކުޑަދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އެސަރަހައްދަށް އައީ ކޮންތަނަކުނ ނިކުމެގެން ؟؟ އަދި ރައީސް އޮފީހުގެ ދޮރުތަކުގައި ޖަހާފައިވަނީ އާދައިގެ ގާކޮޅަކުން ޖަހައިގެން ތަޅާލެވޭހާ ފެންވަރުދަށް ބިއްލޫރިތޯ ؟؟ މިމައުލޫމާތުވެސް ދެއްވަންޖެހޭނެ.
ކޮލަމާފުށި
25 April 2017
ބޭކާރު މަސައްކަތް...ތިޔަމީހުން ދުކޮއްލާފަ ދެން ދުއްވައިގަނޭ ސިޔާސީ ލީޑަރުންގެ ފަހަތުން...
ރުމާލް 2
25 April 2017
ހައްޔަރުކުރި މީހުންގެތެރޭގައި ވަރަށްބޮޑަށް ޝައްކުކުރެވޭ އެކަކު ހުރިކަމަށް އަޑުތައްދަނީ ފެތުރެމުންނެވެ. އެޒްވާނާ ނިސްބަތްވަނީ ހުވަދުއަތޮޅު ރަށަކަށެވެ. ނުބައި ހުރިހާކަމެއްގެ މުގޫ ކަމަށް އޭނާ ދަންނަ އެންމެން އެވާހަކަދައްކައެވެ. ތެދެއް ދޮގެއް ނޭގެއެވެ.
އުމަރު
25 April 2017
ޔާމީނުގެ ރަޝީދުގެ އާއިލާއިން އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ފުލުހުން ހައްޔަރުކުރި މީހުންގެ މައުލޫމާތެއްނޫން، ބޭނުންވަނީ ޔާމީނު ރަޝީދު މަރާލި މީހުން އަދި މަރާލުމަށް އެންގި މީހުން އޭގެ އިތުރުން މަރާލުމަށް ހަރަދުކުރިމީހުން އެކަމުގައި ބައިވެރިވި މީހުން، އެމީހުންގެ ނަންތަށް ބޭނުންވަނީ، އެހެންކަމުން އެމީހުން ހޯދާ،
މަޑޭ
25 April 2017
މޮޔަގޮވަނީ
ްޤުއްޓޭ
25 April 2017
މަގާތައް އަންނަނީ ހިނި މިވެރިން ކޮސްގޮވާތީ. މި ކުދިންކޮޅު ވަރަށް މޮޅު ވާނެ ކަންނޭގެ ހޮލީވުޑް ފިލްމް ކުޅެން.