ހިޔާއިން މޫދަށް ފުންމާލި ކުއްޖާ ފުލުހުން ސަލާމަތް ކޮށްގެން ގެންދަނީ-- ފޮޓޯ/ ކިޔުންތެރިއެއް
25 އެޕްރީލް 2017 - 17:01
ރުޅި އައިސްގެން މޫދަށް ފުންމާލި ކުޑަކުދިންގެ ހިޔާގެ އަންހެން ކުއްޖަކު އެތަނުގެ ސްޓާފުންނާއި ފުލުހުން ސަލާމަތްކޮށްފި އެވެ.
ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމާ ހަވާލުވެ ހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާބިދާ ރަޝީދު ވިދާޅުވީ އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު، ރުޅި އައިސްގެން ހިޔާއިން ނިކުމެގެން ގޮސް މޫދަށް ފުންމާލި ކަމަށާއި އެކަމަކު އެ ކުއްޖާ ފަހަތުން އެތަނުގެ ދެ ސްޓާފަކު ދުވެފައި ދިޔަ ކަމަށެވެ.
"އެއީ ރުޅި ކޮންޓްރޯލް ކުރުމުގައި މައްސަލަ ހުންނަ ކުއްޖެއް. ރުޅި އައިސްގެން އެ ކުއްޖާ މިތަނުން ދުވެފައި ދިޔައީ. އެކަމަކު އޭނާ ހިފެހެއްޓުމަށް ފަހަތުން މިތަނުގެ ދެ ސްޓާފަކު ދުވެފައި ދިޔަ،" އާބިދާ ވިދާޅުވި އެވެ.
"މޫދަށް ހަމަ ފުންމާލުމާއެކު އޭނާ ސަލާމަތްކޮށްގެން މިތަނަށް ގެނެސްފި."
އެ މަންޒަރު ދުށް މީހަކު ބުނިގޮތުގައި 13 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާ ފުންމާލީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން އެ ސަރަހައްދު މޫދަށެވެ. އަދި ފުލުހުން އެ ކުއްޖާ ސަލާމަތްކޮށްގެން ފުރަތަމަ ގެންދިޔައީ ވިލިމާލޭ ފުލުސް އޮފީހަށް ކަމަށް އޭނާ ބުންޏެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކުދިން ފިލުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިސްޓްރީ އޮފް އާރކް އެންޑް ޖެންޑަރ
26 April 2017
މިއިން ޒަމާނަކުވެސް ކުޑަކުދިންގެ ހިޔާގެ ކަންތައްތައް ބޮއްސުންލައިގެން ނުދާ މިންވަރަށް އެތަނުގެ ހާލަތު ގޯސްވެ، އެތަނުގެ ކުދިން ދުވާލާއި ރޭގަނޑު ރަށުތެރޭފައި އެތަން މިތަނުގައި އުޅޭ އުޅުމުން ދައްކުވައި ދެނީ އެތަނާއި ޖެންޑަރ މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ފެއިލް ވެފައިވާކަން. ކުރިން އެތަނުގައި 18 އަހަރުން ދަށުގެ 130 ހަކަށް ކުދިން އުޅުނު އިރުވެސް މާ ރަނގަޅަށް މެނޭޖް ކުރެވޭކަން ފާހަގަ ކުރެވޭ. މިހިރަ މިހިރަ ކަންތައްރަކުން އެނގެނީ ޖެންޑަރ މިނިސްޓްރީ ހިންގުމަށް އެކަށީގެންވާ މިނިސްޓަރަކު ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވަންޖެހޭ މިންވަރު.
އެނޮނީމާ
26 April 2017
ތިޔަ ކުޑަކުދިންގެހިޔަލޭ ކިޔާތަނާމެދު މަ ސައްކުކުރަން. އެތާހުރޭތަ މުޅިތަން 24 ގަޑިއިރު ރެކޯޑް ކުރެވޭ ކެމެރާތަށް . މަށަށް ފެންނަގޮތުގަ ހުންނަނޖެހޭނެ ފާހާނާތަށް ފިޔަވައި. ކުދިން އެތަނުން ނިކުންނަން މަސައްކަތްކުރާނީ ކޮންމެސް ކަމެއްވެގެންތާ. މީ އިންވެސްޓިގޭތް ކުރަން ޖެހޭކަމެއް. މިހާރަކު އެއްވެސް ބަޔަކަށް 100 % އިތުބާރެއްނުކުރެވޭނެ. ކޮންމެސް ބަޔަކު އެބަޖެހޭ އެތާތެރޭ ވާނުވާ ގާތުންބަލަން. އެކުދިން އެހާ ފޮރުވައިގެން އެ ގެންގުޅެނީ ކީއްވެބާ. ފޮޓޯ ވީޑިޔޯ ނުނެގޭ . މަށަށް އްތަން ވައްތަރީ ފާޑެއްގެ ޖަލަކާ
ހޯރަ
26 April 2017
އަންހެން ކުއްޖަކަށް ކަމެއްވެގެން އުޅޭއިރު އަންހެން ފުލުހުން އެތަނަށް އެޓެންޑު ވާންޖެހޭނެ ޖަސްޓިފައި ކޮށްފަވެސް ބުނާނީ އަންހެންފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭނެޔޭ.
ޑިޕުރިސަން
26 April 2017
އަސް ބަލަންވި އެކުއްޖާ ފުންމާލީ ކީއްވެގެންތޯ ފުލުހުންނަކައްވެސް ގަޔަކުއަތެއްނުލެވޭނެ
ޖެނެޓުް
26 April 2017
ކުޑަދޫ އަހްމަދުގެ ކޮމެންޓު ރައްޔިތުން ބަލައިގެންފި! އަދި އެއަށް ރަށްދުދީފައިވާ ފިނޑީންގެ ކޮމެންޓުތަކަށް ރައްޔިތުން ނޫނެކޭ ބުނެފި! ފުލުހުންގެ ޕްރޮފެޝަނަލް ކަމާއިމެދު ޝައްކު އުފެދިފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ ވިސްނުންހުރި ގޮތް މިކަހަލަ ކޮމެންޓަކުންވެސް އެބަ އިނގޭދޯ؟
ދޮންއާމިރު
26 April 2017
ދިވެހި ފުލުހުން ހާދަ ހުޝިޔާރޭ...
ފިކުރޭ
26 April 2017
މީގަ އަސްލު ވިސްނަންވީ އެކުއްޖާ އެގޮތަށް އަމަލުކުރީ ބޯހަމަނުޖެހޭތީތޯ ނޫނީ ހިޔާގެ ފެންވަރު ދަށްވުމުގެ ސަަބަބުންތޯ؟
ޢަލީ
25 April 2017
ފުންމާނުލާތި އޭރުން މޫނުގަ ފުއްޖަހަން އުޅޭއިރު ތެތްވީމަ ނުޖެހޭނެ
ފައްކާ
25 April 2017
ކުޑަކުދިންގެ ހިޔާދޯ ވަރަށް ފައްކާތަނެއްތީ! އެންމެ ފަހުގެ ތަމްރީނު ހަދައިގެން ތިއްބެވި ވެރިންތިބޭނީ. ދަންރުވެސް ބޭރުގައި އާންމުންނަށް އުންދަގޫ ކުރަމުން ދުވެނަގާ އިރުވެސް އޯކޭ. ދެޖިންސުގެ ކުދިން އޮޅުލާ އިރުވެސް އޯކޭ. ޥަރަށް ފައްކާ ތަރުބިއްޔަތެއް
ބެއްޔާ
25 April 2017
ޔިކުއްޖާއަސްލު ރުޅިގަދަވިގޮތެއް އެގޭނީ ރަނގަޅަށް ހަގީގަތްބެލީމަ...