ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން މިއަދު އާންމުކުރި އެއް ފޮޓޯ: މި ފޮޓޯގައި އެ ފެންނަނީ ޔާމީން މަރާލުމަށް ފަހު ދެ މީހަކު ސައިކަލަކަށް އަރަން ދާ ތަން
25 އެޕްރީލް 2017 - 20:29
ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ވަނީ ޔާމީން 29، މަރާލި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މި ދަނޑިވަޅުގައި އެކި ޚިޔާލުގެ މައްޗަށް ޚަބަރާއި މައުލޫމާތާއި ވީޑިއޯ އާންމު ކުރުމުން ފުލުހުން ކުރާ މަސައްކަތުގެ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެފަދަ މައުލޫމާތު އާންމު ނުކުރަން އެ ޓްވީޓްގައި ފުލުހުން އެދިފައިވެ އެވެ.
ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި ޔާމީން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ ކޮބައިކަން ވަނީ ދެނެގަނެވިފަ އެވެ. އެ މީހުންގެ ހޯދަން ފޮޓޯ އާއި ވީޑިއޯ ފުލުހުން ވަނީ އާންމުކޮށް، ރައްޔިތުންގެ އެހީ އަށް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެެރިވާ އަދި އަމިއްލަ ބްލޮގެއް ހިންގާ ޔާމީންގެ މަރަށް ފަހު ގިނަ އަދަދަކަށް ފުލުހުން މަގުމައްޗަށް ނެރެ، އެކި ހިސާބުތަކުގައި ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ޚާއްސަ އޮޕަރޭޝަންގައި ރޭ ބަޔަކު ހައްޔަރު ކުރިޔަސް އެއީ މި މައްސަލައާ ގުޅުން ހުރި ބައެއް ކަން ނުވަތަ ނޫންކަމެއް ނޭނގެ އެވެ.
ސ. ފޭދޫ އަށް އުފަން ޔާމީން މަރާލާފައި އޮއްވައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ފެނުނީ އޭނާ މާލޭގައި ދިރިއުޅޭ ގެ މ. ސްޕެކްޓިއުލާގޭގެ ސިޑި ކައިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާލާ
27 April 2017
ތިޔަ ވީޑިއޯ ފުޓޭޖްތައް މަރާލި ދުވަހު ހެެދުނު އާއްމު ކުރިނަމަ ބުނެވުނިސް ފުލުހުން ކަމެއްކުރާށޭ އެއުޅެނީ. ގާތިލުން ފުރައިގެން ދާހާތާކަށް ދާނެ ވަގުތެއް ދީފަ ދެން ވީޑިއޯ ހާމަ ކުރުމަކީ ކަމެއް ކުރާކަން ދެއްކުން. ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ
އާދަނު
26 April 2017
މި ތަހްޤީޤަކީ ޤައުމުގެ ސަލާމަތާ ސިޔާދަތާއި މިނިވަންކަމަށް ވަރަށް ބޮޑަށް ގުޅިފައިވާ ތަޙްޤީޤެއް. އެހެންކަމުން އިސްލާމް ދީނާއި ޤައުމަށްޓަކައި ޖިހާދުކުރާ ރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވަން. މިކަން އެއްވެސް ފޮރުވެމެއް ނެތި، ވަރަށް ޓްރާންޕޭރެންޓްކޮށް ކުރައްވާ ނިންމަވާ ދައުވާކުރަންފޮނުވާ ކޯޓުންވެސް މިމައްސަލަ އަވަހަށް ނިންމަވާ ދެއްވާ.. މިމައްސަލާގައި ހިމެނޭ މީހުންނަކީ އަޅުގަނޑުމެންގެ ބައްޕަ، މަންމަ އަދި ދަރިކަމުގައިވީނަމަވެސް އަދަބުދެއްވާ. އެއްވެސްކަމެއް ނުފޮރުއްވާ.
އިދުރީހު
26 April 2017
ކަލޭމެންނައް ނުވަންޏާ ރައްޔިތުންނާ ހަވާލުކޮއްބަލަ ގާޔިލު ހޯދާށާ ހުކުން ތަންފީޒު ކުރަން އޭރުން ރައްޔިތުން ތިކަން ކޮއްފާނަން
ރައްޔިތުން
26 April 2017
ދައުލަތަށް ނުވާތީއޭ ކިޔާފަ ރައްޔިތުން ކުއްވެރިން ހޯދާ ހުކުން ތަންފީޒު ކުރަން ފެށީމަ ވާގޮތް އެ ފެނުނީ ޔާމީނުގެ މަރުން ވެސް. އެއީތަ ދިވެހިން ބޭނުންވާ ގޮތަކީ؟
ރައްޔިތެއް
26 April 2017
ކޮންމެހެން ހަވާލުނުކުރިޔަސް ހޯދުމުގެ މިނިވަންކަން އެބައޮތް. ތިބޭފުޅާ ތިހާ މޮޅިއްޔާ ހޯދަންވީނުންތޯ ނޫސްތަކަށް ކޮމެންޓް ކުރުމުގައި ވަގުތު ބޭކާރުނުކޮށް.
ހާލަތު
26 April 2017
ނޫސްވެރިންނާއި އާންމުން އަޅާ ނުލައި ތިބެފިނަމަ ތިޔަކަންދާނީ ޗޮކުންނެވެ. ފެންފޯއްރުއްތައް ކަނޑާލި މައްސަލައަށް ވީގޮތެވެ. ވީހާވެސް ގިނަ އާންމުންނާއި ނޫސްވެރިން ތަފާތު ހިޔާލާއި މައުލޫމާތު ވީހާވެސް ގިނައިން އާންމުކޮށްގެން ނޫނީ މިކަމުގެ ހަގީގަތް ހޯދޭނެ ކަމަކަށް ނުފެނެއެވެ. ދެން ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތައް ހުރަސް އަަޅަނީއޭ ކިޔާފައި ނޫސްވެރިންނާއި ސޯސަލްމީޑިޔާގައި ލިޔާމީހުންނާ ދެކޮޅަށް ދައުވާ ކުރާށެވެ. ބޭނުން މީހަކު ކުށްވެރިކޮށްލަން މިހާރު މާ ފަސޭހަ ގޮތެކެވެ.
މަޖީދު
26 April 2017
އަދަބު ލިބޭނީ ތަހުގީގު ކުރަން ގޮވާލިމީޙުނަށް އެކަނި ކަންނޭނގެ. މުޖުރިމުން އެންމެފަހުން ފްރީވާނީ.
ހިލަ
26 April 2017
ދެން މިނިވަން ކޯޓްތައް ތަކަށް އިންޓެލިޖެންސް ރިޕޯޓެއް ހަދާލައިގެން ވަދެ މިވާހަކަ ދައްކާ ހުރިހާ ނޫސްވެރިންނާ ހުރިހާ މީޑިއާތައް ޖަލަށްލާންވީނޫންތޯ އެއީތާ މިހާރު މިގައުމު ހިނގާގޮތަކީ އޭރުން ތިޔަ ތަހްގީގުރަނގަޅަށް ކުރެވޭނީ
ނެޝަނަލިސްޓް
26 April 2017
ފުލުހުންގެ ފޯކަސް މިވަގުތު ހުންނަންވާނީ ޝައްކު ކުރޭވޭ މީހުން އަވަހަށް ހައްޔަރު ކުރުމަށް! ހާއްސަކޮށް މި ޖަރީމާ ރޭވި މީހުނާ ފައިނޭންސް ކުރި މީހުނަށް ހެކި ނައްތާލުމުގެ ފުރުސަތު ނުދިނުމަށް!
ހުނިހަކުރު
26 April 2017
ހުރިހާ މުއައްސަސާތައް ހިސޯރުކޮށްގެން މުށުތެރެއަށްލައިގެން ރައްޔިތުނަށް ރައްކާތެރިކަން ކަށަވަރުކޮށްނުދެވުނީމާ އަވާހަކަ ދައްކާނެ ރައްޔިތުން ނޫޅޭ ވަޒީފާގެއްލިދާނެތީ ބިރަކުން ރައްޔިތު އެންމެން ނަޒާހަތްތެރިކަން އިތުރުކުރަން ފްލެޓްދީފައެއް ނުވެސް ގަނެވޭނެ
އަޅުގަނޑު
29 April 2017
އަޅުގަނޑު ހިނިއަންނަނީ، ބައެއް މުއައްސަސާތަކުގެ މުވައްޒަފުން، ނަޒާހާތްތެރިކަން އިތުރުކުރަން، ބޮޑު މުސާރައާއި ފްލެޓާއި ކާރާއި ހެލްތް އިންސޫރަންސް މުޅި އާއިލާއަށް ކަނޑައަޅަނީ، ކޮން ސަކަރާތެއް ޖަހާނަމޭ ހިތާއޭ ހިތަށް އަރާފަ.. ބަލަ ދައުލަތުގެ ވަޒީފާތަކަށް ދޭ މުސާރައިން ނަޒާހަތް ތެރި ނުވެވޭފަދަ ތެދުވެރިކަމެއް ނެތް މީހަކު ގައުމުގެ ހަޒާނާ އަތްމަތި ކޮށްލަދިނަސް ތިޔަ ބުނާ ނަޒާހަތްތެރިއެއް ނުވާނެ.. ދޭ ވަރެއް މިބައިމީހުނަށް އޮންނާނީ މަދުވެފަ..މިއަދު ތި ފްލެޓް ދިނިއްޔާ މާދަމާ ބުނާނެ ނަޒާހަތްތެރިވެވޭނީ ރިސޯޓެއް ހަދާނެ ރަށެއްދީ އެރަށް ގަންނާނެ މީހަކު ހޯދައިދިނިއްޔާއޭ.. ދުވަހަކު މިމީހުންގެ ތެދުވެރިކަން ލާރިއަށް ހިފެހެއްޓޭނެ ވަރެއް ނުވާނެ.. ޚިޔާނާތްތެރިޔާގެ ބަނޑެއް ކިތަންމެ ވަރަކަށް ކެއަސް ނުފުރޭނެ.
ޢައި
26 April 2017
މީ ދިވެހި ހުލުހުންނާ ކޮއްލާ ސުވާލެއް މީހަކައް ތަކުރާރުކޮއް މަރުގެ އިންޒާރު ލިބެންޏާ ކިހިނެއްތޯ ކަންކުރަންވީ، ކޮންފަރާތެއްގެ އެހީޔެއްތޯ ހޯދަންވީ؟ މިހެން މި އަހަންޖެހުނީ ޑރ އަފްރާޝީމް އާ ރިލްވާން ވެސް މީ ތަކުރާރުކޮއް މަރުގެ އިންޒާރު ލިބުނުމީހުން، އެކަމު ކޮންއެހީޔެއް ތޯ ލިބުނީ، އަދި އެ އިންޒާރުތައް ދިން މީހުންނައް އެއްވެސް ފިޔަވަޅެއް އެޅުނުތޯ ނޫނީ އަދަބެއް ދެވުނުތޯ.
ސަލާމް
26 April 2017
ތިޔަ ޖަރީމާ ހިންގުމުގަ ފޮރުވިގެން ފަހަތުގަ ހުރީ ކާކުކަން އެންމެނަށްވެސް އެނގޭ. ތިޔަ ވީޑިއޯތަކަކުން އެމީހާއެއް ނުފެންނާނެ. ޢެހެންވީމަ ފުލުހުންނަކަށް ހަގީގީ ގާތިލެއް ނުހޯދޭނެ. ހޯދާކަށް ނުވެސް އުޅޭނެ. އެކަމަކު އިންސާފު ލިބޭނެ ދުވަހެއް އަދި އެބައޮތްކަން ހަނދާންކުރާތި.
ބޭޝަރަމް
26 April 2017
ޔާމިން އައް މަރުގެ އިންޒާރުދިން މީހުން އެތިބީ ފެންނަން، ޓުއިޓަރ ގަ، ފޯނު މެސެޖު ތަކުގަ، ފޭސްބުކް އިން ފެންނަން އެހެރީ.