އަންނަ މަހުގެ 6 ގައި ބާއްވާ ލޯކަލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި އެ ކެންޑިޑޭޓުންނާ އެކު ރައީސް ޔާމީން މިއަދު ބައިވެރިވވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
29 އެޕްރީލް 2017 - 00:17
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ކުރިފުޅުމަތީގައި "ރާއްޖެއަކީ އެއް ރާއްޖެއެއް" ކަމަށާއި މާލެ އާއި ރާއްޖެތެރެއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަ ދެކެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގައެއް ނޫން ދެ ދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެވިފައި އޮތީ. އަޅުގަނޑު ސަރުކާރުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން. ހުރިހާ ދިވެހި ރައްޔިތުންނަކީ އެއް ހައްގުތަކެއް އިމްތިޔާޒްތަކެއް ލިބިގެންދާ ބައެއް،" ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކެބިނެޓަށް ބަލާނަމަ، އަޣުލަބިއްޔަތު އޮތީ ރަށްރަށުގެ ބޭފުޅުންނަށް ކަމަށާއި އެ މަނިކުފާނަކީ ވެސް "ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ "އެއް ފަޅި" ނިސްބަތްވަނީ ނ. ވެލިދު އަށެވެ.
ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކެތް މަދުވެފަ އެވެ. އަދި އަންނަ މަހު ހަ ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ލިބެން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ޚިދުމަތް ދޭއިރު، އެކި ދާއިރާތަކުގައި ތިއްބަވާ ކައުންސިލަރުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ ނަމަ، ތަރައްގީގެ ކަންކަން ހިންގަން ފަސޭހަވާނެ ކަމަށާއި ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ބައެއް ރަށްރަށުގައި ގާއިމު ނުކުރެވުނީ އިދިކޮޅު ފަރާތްތަކުން ކައުންސިލްތަކުގައި ތިއްބެވުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށަކާ ހަމަ އަށް ހިނގި ކަންކަމާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގައި ހުދާ ކަޅުގެ ތަފާތު ހުރި ކަމަށާއި އެ ކަންކަމާއި ތަފާތު ރައްޔިތުންނަށް އަލުން ހަނދާންކޮށް ދިނުމަށް އެދިވަޑައިގަންނަވައިފަ އެވެ. އެ މަނިކުފާނުގެ ވާހަކައިގައި މާލޭގައި ހިނގަމުން އަންނަ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކާއި މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދެއްވި ކަން ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމުން މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތަށް ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ވަަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް
އެމަނިކުފާނުގެ ވާހަކަފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އެންމެ ފުރަތަމަ ހައްޔަރު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންކަން ފާހަގަކުރެއްވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހަށް ހާޒިރު ކުރީ ވެސް ނަޝީދު ސަރުކާރުގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ހުރިހާ ކަމެއް ހިނގަމުން ދަނިކޮށް ބާތިލުގެ މައްޗަށް ހައްގު ގަދަވި ދުވަހަކީ 2012 ފެބުރުއަރީ ހަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އިދިކޮޅު ލީޑަރުން ހައްޔަރު ކުރުމާ ގުޅޭ ގޮތުން އެ މަނިކުފާނު އެއްޗެއް ވިދާޅެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަސަންތި
05 May 2017
ގުދޯ ގުދޯ ގުދޯ ނުގޮވާތަ؟؟
ޥަސަންތި
05 May 2017
ޢެހެންތަ ހާދަހާޔޭމޮޅީވެސް ބޭފުޅާ، އެކަމަކު މަޖަހާހިސާބުތަކުން ދައްކަނީ އެހެންޖަވާބެއް؟؟؟ނިކަންދޭބަލަ ރާއްޖޭގެޖަލުތަކައް ގޮސްގުނާލަބަ ކިތައްމީހުންތޯ ސަރުކާރައްނިސްބަތްވާމީހުންތިބި؟ދެންބަލާބަލަ ކިތައްމީހުންތޯތިބީ އިދިކޮޅުޕާޓީތަކައްނިސްބަތްވާ؟؟ ޢެރުން ހާމަވެގެންދާނެ ތިބުނާ ހުރިހާއެއްމެނައްވެސްލިބިގެންވަނީ އެއްހައްގެއްކަމާ އެކަމަކު އެހައްގުތައް މުގުރާލެވިފައިވާމިންވަރު!!
ފާތިހު
30 April 2017
ބައްލަވާ މަނިކުފާން... މަނިކުފާނު ޕާޓީ އައްވީމަ މަގުބަންދު ކޮށްގެން ޖަލްސާވެސް ބޭއްވޭ.. އިދުކޮޅުފަރާތްތށް ވީމަ ކަމަކުނުދެ.. އިދިކޮޅުފަރާތްތައް އެޔަކީ ރައްޔިތުންނެއް ނޫންތޯ...!!!
ރުއްގަލިބޭސް / ފޭދޫ
30 April 2017
އިޤިރޭސި ވިލާތުގެ ލިއުންތެރިއަކު ލިއުނު Animal Farm ގައި ލިޔެައި އޮންނަނީ ވެސް ހަމަތިހެން. އެފޮތުގައި އޮންނަނީ ''އެންމެންވެސް ހަމަހަމަ އެކަމަކު ބައެއްމީހުން މާބޮޑަށްވެސް ހަމަހަމަ'' މަނިކުފާނަކީ ވެސް ހަމަ އެފަދަ ސިޔާސަތެއްގެ ވެރިއެއް.
އިބްރާހީމް މުއްތަލިބް
30 April 2017
ރައްޔިތުންނަށް ލިބިގެންވަނީ އެއްހައްގުތަކެކޭ އަގައިން ވިދާޅުވެ އަނެއްކާވެސް އިތުރުފުޅެއްހެއްދެވުނީ ދޯއެވެ. ގދ. ފިޔޯރީ ސަރަޙައްދުގައި އެއާރޕޯޓެއްނެތި ޓޫރިޒަމް އެސަރަޙައްދަށް ނުގެންދެވޭނެތީ ވަޙީދު ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރާ ވާހަކަ ދައްކާ އެމަނިކުފާނު ގދ. ފިޔޯރީ ފަރެސްމާތޮޑާއަށް ވަޑައިގެން އެސަރަޙައްދު ބައްލަވާ ލައްވާ ފިޔޯރީގައި އެއާރޕޯޓެއް އަޅުއްވާ ދެއްވުމަށް ހަމަޖައްސަވާ އިންވެސްޓަރަކާއި އެކު ކުރެހުންތައް ތައްޔާރުކޮށް ހުށަހެޅުމަށް ވިދާޅުވުމުން އެކަންކުރީ ދަވްލަތުން އެއްވެސް ޚަރަދެއް ނުކޮށް އަޅުގަނޑުގެ އަމިއްލަ ޚަރަދުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކީ މުއްސަދި ބޭފުޅަކަށް ނުވާތީ ދަތުރާއި ހުންނެވުން ހަމަޖެއްސީވެސް އަޅުގަނޑެވެ. އޭރު ކުރި ދިރާސާއިން އެންމެ ކުޑަ އަގެއްގައި އެންމެ ރަގަޅު އެއާރޕޯރޓެއް އެޅެން އޮތީވެސް ފިޔޯރީގައެވެ. ފަހުގެ ދިރާސާ އަކީވެސް ހަމަ އެއްނަތީޖާއެކެވެ. ޖުމްލަ ޚަރަދުވާނީ 6 މިލިއަން ޑޮލަރެވެ. 15 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން މިހާރު އެއާރޕޯޓް އަޅުއްވަނީ ރައްޔިތުން ހަމަ ހަމަވީމަތޯއެވެ. މި 15 މިލިއަން ޑޮލަރުން އެއާރޕޯޓާއި ނަރުދަމާއާއި ބޯފެނުގެ ނިޒާމެއް ފިޔޯރީގައި ޤާއިމް ކުރެވޭނެއެވެ. ހިތްޕުޅާވާހާކަމެއް ކުރައްވާފަ ކޮން ރައްޔިތެއްގެ ހަމަ ހަމަ ވާހަކަތޯއެވެ.
ފފ
30 April 2017
އަހަރުމެން ރާއްޖެތެރެމީހުން ބޭނުމެއްނުވޭ މަނިކުފާނު ރާއްޖެތެރެ މީހަކަށް ހަދާފަ އެޕާސްޕޯޓް ދެއްވާކަށެއް، މަނިކުފާނު އުޅެ ބޮޑުވީ މާލޭގައި އެހެންވީމަ މާލެ ބޭފުޅަކަށް ވެހުރުން ރަގަލުވާނެ!
ބަލާ މީހެއް
30 April 2017
ސަރުކާރުގެ ކެބިނެޓަށް ބަލާނަމަ، އަޣުލަބިއްޔަތު އޮތީ ރަށްރަށުގެ ބޭފުޅުންނަށް ކަމަށާއި އެ މަނިކުފާނަކީ ވެސް "ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް" ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ "އެއް ފަޅި" ނިސްބަތްވަނީ ނ. ވެލިދު އަށެވެ. ރާއްޖެތެރެއިން ރައްޔިތުން ހޮވި މެމްބަރުންނަކީ މިހާރު ރައްޔިތުންގެ މެމްބަރުންނޭ ބުނާނީ ކަންފަތްބީރު ލޮލަށް ނުފެންނަ ނުކުޅެދޭމީހުން : އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނެކަމަށް މައުމޫނަށް ވޯޓެއް ދެއްވައިގެން ހޮވި މެންބަރުންވަނީ މަގުގެއްލުވަލާފައިވާ : އެއީ ވަކިމީހެއްގެ ފައިދައަށް މަސައްކަތްކުރާމެމްބަރުންތަކެއް ؛ އެމީހުންގެ އަމާޒަކީ ރައްޔިތުންނެއްނޫން : އަމިއްލަ އެދުމާއި ފާޅުގައި އަދާވަތްތެރިކަން ދެއްކުން :ޙަސަދަވެރިކަމެއްވެސް ނޫން :
ކަލޯގެޔާ
30 April 2017
ތިޔައީ ރާއްޖެތެރެ ކުއްޖެކޭ މީހަކު ބުނީތޯ ތިހާވަރުން އުޅެނީ މައުމޫނު ބުނީ އޭނަގެ މަންމަ އެއީ ގއ ވިލިގިލީ މީހެކޯ ނާސިރު ބުނީ އޭނަގެ މަންމަ އެއީ ފުވައްމުލަކު މީހެކޯ ނަޝީދު ބުުނީ އޭނަގެ ކާފަޔަކީ އައްޑޫ މީހެކޯ ވަހީދު ބޫނީ އޭނަޔަކީ ގދ ތިނަދޫ މީހެކޯ!
ހާމިދު
29 April 2017
ޕީޕީޕީ މީހުން ދައުލަތުގެ އިމާރާތްތަކުގައި ބާއްވާ ޖަލްސާގައި ތިޔަހެން ބުނީމަ ހިނި އަންނާނެދޯ!!
ބެޑުޓެކުސް
29 April 2017
ބޮޑުކުލި. އަމިއްލަ ގައުމުގައި މަގުމަތި ވެފައިވާވުން... އެތަކެއް ފޮނި ވާހަކަ... ހުސް އަނގަ... އުނގެނުން އިލްމާއި ލިބުނު ހުނަރުން ހޯދާ ހުރިހާ ފައިސާއެއްގެ ފޮނިމީރުކަން ލިބެނީ ގެދޮރުވެރި މާލެ މީހުންނަށް. 30 އަހަރު. 3އަހަރު. 2އަހަރު. 3އަހަރު... ލައްކަ ވާހަކަ. ވީކަމެއް ހަރާން. ވަރަށް ސަލާން!