އެނބޫދޫފަޅުގައި ރިސޯޓްތައް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު. ކ. އަތޮޅުގައި ހިންގަމުން އަންނަނީ ތިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ކަމަށް ޒަމީރު ވިދާޅުވި.
30 އެޕްރީލް 2017 - 12:06
ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ރަނގަޅުވެ، ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވި ތިން އަހަރު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގުމަށް ފައިސާ ދޭން ބޭނުންވެފައި ތިބި ގިނަ ބަޔަކު އެބަތިބި ކަމަށެވެ.
"ހުރިހާ ޕްރޮޖެކްޓެއް ހިނގަމުން އަންނަ އިރު، ރާއްޖޭގެ ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި،" ރާއްޖެ ހަލުވިމިނެއްގައި ތަރައްގީވަމުން އަންނަކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. އެ ގޮތުން ދެ މިލިއަން ރުފިޔާ އިން ފެށިގެން 200 ނޫނީ 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޕްރޮޖެކްޓުތައް ހިނގަމުން އަންނަ ރަށްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވާހަކަ ދައްކަވަނީ. ރާއްޖޭގެ ދަރަނީގެ ތަސައްވުރު ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ ގިނަ ޕްރޮގްރާމްތަކެއް ރައީސް އަބްދުﷲ ޔާމީން ހިންގަވަން ނިންމަވާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ތަރައްގީތަކެއް އައިސްފައި ހުއްޓަސް، އެކަން ކުރީ ބާރު ސްޕީޑެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މި ފެންނަނީ ބާރު ސްޕީޑުގައި ސަރުކާރު މަސައްކަތް ކުރާ ތަނެވެ.
ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ބޭނުމުގައި ގިނަ ޕްރޮޖެކްޓުތަކެއް ފަށާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގޮތުން މާލެ އަތޮޅުގައި އެކަނި ވެސް ތިން ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ހިނގަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކަކީ ފަޅުތައް ހިއްކައިގެން ހިންގާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި މާލެ އަތޮޅު އެނބޫދޫފަޅު ހިއްކުމުގެ ބޮޑު މަޝްރޫއާއި ބ.އަތޮޅު ކައިރިން ފަޅެއް ހިއްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ގުޅިގެން، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓްތަކުގެ ތެރެއިން ގިނަ ރިސޯޓްތަކެއް އަންނަ އަހަރު ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަޅުތައް ހިއްކުމަށް ފަހު، އެ ތަން ރަށެއްގެ ގޮތުގައި ތަރައްގީކޮށް، ވިއްކުމަކީ ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން ގެންގުޅޭ ފޯމިއުލާއެކެވެ.
"މާލެ އާއި މާލެ ކައިރީގައި އުޅޭ މީހުންނަށް ލިބޭނެ ފައިދާއަކީ އާއިލާއާ އެކީގައި ތިބެފައި ގޮސް އެ ތަންތަނުގައި ވަޒީފާ އަދާކޮށްފައި އަނބުރާ ރަށްތަކަށް އާދެވޭނެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ޕްލޭން ކުރެވިފައި ވަނީ އެގޮތަށް،" ޒަމީރު ވިދާޅުވި އެވެ.
"ގިނަ ރަށްތަކުގައި ގަސްތައް އިންދައި ވަރަށް އެޑްވާންސްކޮށް އޮތީ. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ރަށްތަކުގައި ރިސޯޓު ހެދިގެން ދާނެ،"
ޒަމީރު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ރައީސް ޔާމީން ގެންނަވަން މަސައްކަތް ކުރެއްވި ތަރައްގީ ރަނގަޅު ސްޕީޑްގައި ނުގެންދެވެނީ ބައެއް ދާއިރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ކޯލިޝަން މެމްބަރުންނަށް ވޯޓު ދިނުމުގެ މުހިންމު ކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮެއްލަތު
30 April 2017
އާދެ ލައްބަ! ބާރު ސްޕީޑެއްގައި ޤައުމު ބަނޑު އަޅާތަން. އިނދަ ޖެހޭތަން. ބަނޑަށް ޖެހޭތަން.. އެބަ ފެނޭ
ހައިލިމިޓް
30 April 2017
ރާއްޖޭގެ ދަރަނީގެ ތަސައްވުރު ރަނގަޅު ކުރުމަށް ޓަކައި ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމުގައިވާ މާލެ ސަރަހައްދުގައި އެބަޖެހޭ އަދި ވެސް ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރުމަށް ޓަކައި ޓޫރިޒަމް ކޮމްޕޯނެންޓްގެ ކްރީމް ކޮޅު ހޯދަން ޑައިވް ކުރަން. އެގޮތުން ބަލާއިރު މާލެ އާއި ހުޅުލެ އާއި ދެމެދު އެއަޅާ ބްރިޖް ގައި އެޖަހާ ފަދަ ވަރުގަދަ ކޮލަމްސް ތައް ޖަހައިގެން އޯވަރ ވޯޓަރ ސްކައި ވިއު ވިލާސް ތައް ހިމެނޭނެ ހެން އަޖުމަ ބަލާލަން 60 ރޫމްގެ ރިސޯރޓެއް ނުވަތަ 25 ބުރީގެ ގެސްޓް ހައުސް އެއް ހަދަން އެބަޖެހޭ ބެކް އޮފް ހައުސް އާއި އަދި ޕަބްލިކް ބިލްޑިންގްސް ތަކާއި އެކު. މީވެސް ވަރަށް ހިނާގެ ވިޔަފާރި އެއް ކަމަށް މަމެންނަށް މިފެންނަނީ. އަޕަރ ލިމިޓް އަށް އަދި ވެސް ވިސްނުން ގެންގުޅެންވީ މިކަމުގައި.
ތަރައްގީ
30 April 2017
އެމްޑީޕީގެ ވެރިކަމުގާ މިރާއްޖެއައް ލިބުނުލާރިތައް ލީޖީބައް.
މިލިޓަރީ
30 April 2017
ޔާމިނަކީ ބޭކާރު ވާހަކަ ދައްކާމީހެއްނުން ޔާމިން މިކުރާ މަސައްކަތައް އަހަރެން މިހާރު ވަރައްތާއީދުކުރަން.
ސޮކްތެރެޕީ
30 April 2017
އެމްޑީޕީ މީހުން ޔާމިން ކިތަމްމެ ރަގަޅުކަމެއް ކުރިއަސް އެމީހުން ހަދާނީ އިދިކޮޅު.
ހަދާތި
30 April 2017
ރާއްޖޭގެ ދަރަނީގެ ތަސައްވުރު ރަނގަޅު ކުރެވޭނީ މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅެއް ހިއްކާ ގޮތަށް އެފަދަ ފަޅު ތައް ކުއްޔަށް ދީގެންނެވެ. އެެނބޫދޫ ފަޅުގެ އަދިވެސް ބޮޑު ބައި އޮތީ ކުއްޔަށް ނުދީ އެވެ. އެެނބޫދޫ ފަޅު އެބައޮތެއް ނޫންތޭ ގޮސް ގުޅި އާއި ޖެހެން ދެން ހިއްކެން. ކަން މިހެން ހުރުމުން ހަމަ އެނބޫދޫ ފަޅުގެ އިރުމަތީ ފަޅު އެއްކޮށް އެމްޓީސީސީ އަށް ދީގެން އެތަން ހިއްކާލަންވީ މާލެ ސައިޒުގެ 100 މާލެ ލިބެން ދެން. މާލެ ސައިޒުގެ ދެ މާލެ ހިއްކުމަށް ފަހު އަނެއްކާ 500 މީޓަރު ދުރުގައި އަނެއް ދެ މާލެ ސައިޒުގެ ތަން އެނބޫދޫ ފަޅުން ހިއްކާނީ. އެއިރުން ސީވޯޓަރ ސާރކިއުލޭޝަން އަށް މައްސަަލަ ދިމާ ނުވެ ރީއްޗަށް މޫދު އޮންނާނެއެވެ. ކަން މިހެން ހުރުމުން މިދެންނެވުނު އުސޫލުން އެނބޫދޫ ފަޅު ހިއްކައިފިނަމަ 100 މާލެ ވަރު އެތަނުން ނެގޭނެއެވެ. އެހެން ވެއްޖެނަމަ ދެން ރާއްޖޭގެ އާބާދީ އެއް ފަސް ކޮށްލެވުނީ ނޫންތޭ މާލެ ސަރަހަައްދަށް. މިހެން ވެއްޖެނަމަ ދައުލަތުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދު ކުޑަވެ ދައުލަތުން ރިކަރަންޓަށް ކުރާ ޚަރަދަކީ އެއީ ދެކޮޅު ޖެހޭ އެއްޗަކަށް ވެގެން ދާނެއެވެ. މީ ކުރަން ވެއްޖެކަމެއް ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް.
ދފ
30 April 2017
ކޮންމެ އެއްޗެއްވެސް ކިޔާލީމަ އެއޮތީ ހަބަރަކަށްވެފަ. ފެކްޓް ޗެކެއް ކުރާނެ ބަޔަކު ތިބިތަނެއްނޫން. މިހެންވެސް ބުނެލީމަ ހެވިލާފަ ގޮސް ވޯޓުދޭނެ މީހުން ބައިވަރު ވިއްޔާ!
ބަލާބަލަ
30 April 2017
ރާއްޖޭގެ ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވުމުން އެއީ ދެން އުފާވެރިކަން ލިބިގެން ދާނެ ކަންކަން މިހުންނަނީ. ދެން މަމެން ދެކެން ބޭނުން ވަނީ މާލެ އާއި ވިލިގިލި އާއި ދެމެދު ގައި އެ އޮންނަ ކުޑަ ކުޑަ ތިލަ ކަނޑުއޮޅި އެބަޖެހޭ އެމްޓީސީސީ އަށް ގެންނަ ކޮންނަ ބޯޓް މެދުވެރިކޮށް ހިއްކާލަން. އެކަން ކުރެވިއްޖެނަމަ އެތަނުގައި މާލެ ސައިޒުގެ ތިން މާލެ ހިއްކާލާ އެތިން މާލެ ބްރިޖްސް ތަކުން ގުޅުވާލާ އެއް މާލެ އެއީ މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ޕާރކް އަކަށް ހަދާ އަނެއް ދެ މާލޭން ދިވެހި ރައްޔިތުންނަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ 1000 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް ކުއްޔަށް ދީފިނަމަ ދެން ރާއްޖޭގެ އިގްތިސާދު ދާނެ އިންޑިއާގެ އިގްތިސާދު ފަހަނައަޅާ. އަދި ރާއްޖޭގެ އާބާދީ އޮޓޯ މޯޑް އިން އެއިރުން އެއްފަސް ވެގެން ދިޔައީ އެވެ. މިކަން ކުރެވޭތޯ އަޅެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ބައްލަވަންވީ ނޫންތޭ.
ޔަގީނޭ
30 April 2017
މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާލާ އެތަންތަނުގައި ރިސޯރޓްސް ތަކާއި އަދި އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީ ކުރެވިއްޖެނަމަ އެއުފެއްދެނީ 5 ލައްކަ ވަޒީފާ މާލެ ސަރަހައްދުން. މާލެ ސަރަހައްދުގައި ހުރި ބޮޑެތި ފަޅު ތަކުގެ އަދަދު އެބައަރާ 2000 އާއި ކައިރި ކުރާ އަދަދަށް. މާލެ އިން ފެށިގެން 20 ކިލޯ މީޓަރު ރޭޑިއަސް އަކީ އެއީ މާލެ ސަރަހައްދު އެވެ. މާލެ އިން ފެށިގެން 20 ކިލޯ މީޓަރުގެ ރޭޑިއަސް ތެރޭގައި ހުރިއްޔާ ހުރި ހުރިހާ ފަޅެއް ހިއްކާ މާލެ އާއި އެ ތަންތަނާއި ދެމެދު ބްރިޖް އެޅިއްޖެނަމަ ދެން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނެއެވެ. އެއީ ޔަގީންވެ ކަށަވަރުވާ ކަމެކެވެ.
ފޮނިކަލޯ
30 April 2017
ޒަމީރު، ޤިޔާމަތްދުވަސް ވެސްއޮތީ ކުރިޔަށް އެހެންވީމަ ދޮގު ހަދައިގެން ކަލެޔައް ވާނެ ފައިދާއެއް އޮތީތޯ؟