އޭސީސީގެ ރައީސް ލުތުފީ (ވ) އާއި ޕީޖީ ބިޝާމް އެއްބަސްވުމެއްގައި ސޮއިކުރައްވަނީ---މިހާރު ފައިލް ފޮޓޯ
30 އެޕްރީލް 2017 - 16:09
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގުގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާ ހިއްސާ ކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް މި މަހު އާންމު ކުރާނެ ކަމަށް އޭސީސީން ކުރި ބުނެފައިވީ ނަމަވެސް، މަސް މިއަދު ނިމުނުއިރު ވެސް އެ ރިޕޯޓެއް ނުނެރުނެވެ.
އޭގެ ބަދަލުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓް ޕީޖީ އަށް ފޮނުވުމަށްޓަކައި "ޑިއުޓީ ޕްރޮސެކިއުޝަން" ގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.
ޑިއުޓީ ޕްރޮސިކިއުޝަނަކީ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ އެކު މައުލޫމާތު ހިއްސާ ކުރުމެވެ.
ގައުމު ސިއްސުވާލި 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު އޭސީސީން ފެށީ މީގެ ދޮޅު އަހަރު ކުރިންނެވެ.
އޭސީސީން ތަކުރާރުކޮށް ބުނެފައި ވަނީ ތަހުގީގު ލަސްވަނީ އެއީ މިހާތަނަށް އެ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލައަށް ވެފައި ގިނަ ބަޔަކާ ސުވާލުކޮށް މައުލޫމާތު ހޯދަން ޖެހޭތީ އެވެ. އެކަމަކު އެ ރިޕޯޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިދިޔަ މަހު ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
01 May 2017
ޕަބްލިޝް ނުކޮސް ޕީޖީ އަށް ފޮނުވުން ކޮްނމެސް ގެސް ގަނޑެއްހެން ހީވޭ
ބަޓޫކް
01 May 2017
ކޮންކަމެއް ހިއްސާކުރަނީ ރާއްޖެ މިހާތަނަށް ދެކުނު އެންމެ ބޮޑު ކޮރަޕްސަރުކާރު މިއީ 1.2 ބިލިއަން ރުފިޔާގެ ކޮރަޕްސަން ހިންގި ...
އަތުލަފި ޑިމޮކުރަސީ
01 May 2017
ތި ތަހުގީގު ކޮއް ނިމިފަ ހިޔާނާތުގެ ފައިސާ ވަދެފަ ހުރި އެކައުންޓް ތައްވެސްއޮތީ އެނގި ހާމަވެފަ މި ހާރު އޮތީ ތިފައިސާއިން ހިޔާނާތުގެ ގޮތުގަ ނުހިމެނޭބައި ވަން އެކައުންޓުތަކުގެ ވެރިން ހާމަކުރުން އެކަމެއް ކުރާކައް ނުކެރޭނެ،
ޖައިސަމް
01 May 2017
މިރިޕޯރޓް ހާމަ ގާތްގަނޑަކަށް ނިމިއްޖެޔޭ ކިޔާތާވެސް އެއްއަހަރު. އަނެއްކާވެސް ކޮންމެސް މަސައްކަތެއް ކުރާކަން ދައްކަން ޕީޖީއާ ހިއްސާ ކުރަނީއޭ މިބުނަނީ. ހީވަނީ ރިޕޯރޓް އާންމު ނުކުރަން ޖައްސާ މަޅިއެއްހެން މީ. ދެން ބުނާނެ ޕީޖީ އަތުގައޭ ރިޕޯރޓް އޮތީ. ޕީޖީ އާންމު ކުރާނެޔޭ.
އަލްކަމިސްޓް
01 May 2017
އަސްލު ކުރިން މަ ހީކުރީ އޭސީސީ އަކީ ވަރަށް ބާރުގަދަ މުއައްސަސާ އެއްކަމަށް. އެކަމު މިހާރު އިނގިއްޖެ ތިއީ އެއްވެސް އޮތޯރިޓީ އެއް އޮންނަ ބައެއް ނޫންކަން. މިނިވަން މުއައްސަސާއެކޯ. ތިކަހަލަ ވާހަކަ ގޮވާއުޅޭ އަނބިދަށުވެފަތިބޭ ފިރިހެނުންވެސް.
ޭއޭސީ
01 May 2017
ބުނަން ތެދެއް. ލަދު ގަނޭ. ތި އޭސީސީ އަކާ ޕީޖީ އޮފީހުން ކުރާ ކަންކަމާ މެދު. ހިތަށް އަރާ މިމީހުން ކިޔެވީ ކޯއްޗެއްބާއޭ؟ ތިވަރަށް ދަހިވެ އަމިއްލަ އެދުން އިސްކުރާކަށް ނުވާނެ. މީސްމީހުންނަށް ނުހައްގުން އަނިޔާ ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން އެގޭބާ؟ ކަންކަން ފޮރުވާ ފަސްއަޅަން އޭސީސީ ވަރު ތަނެއް ނޮއޮންާނާނެ. ތިނޫން ދުވަހެއް އަންނަ އިރު ހަމަ ކުރީގެ ޕީޖީ އަށްވީ ވަރު ވާނީ. އަދި ބްރޯ އަށްވެސް. ސަލާމަތްވާނީ ބޮޑެތި އޮޑި.
ރަދުން
30 April 2017
ނައްތާލަން ޖެހޭ ބައި ހޯއްދަވަނީ ތޯ ކަމަނާ. ނޫނޭ ވާ ވަރެއްގެ ؟؟؟؟؟
ފެންޑާ
30 April 2017
މިމީސް މީހުން ތަންތަނަށް އައްޔަންކޮށްގެން މިޤައުމު މިއޮތްގެން ފަނާވަނީ......
މެންޓަލިސްޓް
30 April 2017
ތިޔަމައްސަލަ ބަރާބަރަށް އޭސީސީއަށް ބެލޭނެ ނިޒާމެއް ގައުމުގައި ނެތްކަން ޙުދު އޭސީސީއަށްވެސް އެނގޭނެ ،،، ޕީޕީއެމްގެ މެޖޯރިޓީއޮންނަ މަޖިލިސްއަކުން އޭސީސީގެ މިނިވަންކަން އޮންނާނީ ގެއްލިފައި ،،، އެމީހުންބޭނުމިއްޔާ އޭސީސީގެ މެންބަރުންގެ ނޯކޮންފިޑަންސް ނެގޭނެ ،،، އަނެއްކޮޅުން ތިޔަމައްސަލާގައި ރައީސްޔާމިންގެ އިހްމާލް ނެތްގޮތަކަށް ތިޔަމެށް ނުނިންމޭނެ ،،، ވަރަށްވެދުން
ހުސައިން
30 April 2017
ތިޔަޙިޔާނާތުގެ ކަންތައްއަދީބުއާއި ހިސާބުންވަނީނިމިފައި