އެޗްއާރްއެޗް: ކޯރާޑީއަކުން ހަމަލާ ދީގެން ޒަހަމްވި ކުއްޖާ އަށް މި ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން
03 މެއި 2017 - 09:41
އައްޑޫ ހިތަދޫގައި ރޭ ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ހަމަލާދީ ޒަހަމްކޮށްލި 15 އަހަރުގެ ފިރިހެން ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް ވިދާޅުވީ ފަރުވާ ދެމުން އަންނަ ކުއްޖާ، އިތުރު ފަރުވާ އަށް މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖާގައެއް ހަމަޖެހުނުހާ އަވަހަކަށް މާލެ ފޮނުވާލަން މަސައްކަތް ކުރަމުން މި އަންނަނީ. މި ވަގުތު އޭނާގެ ހާލަތު ސްޓެބަލް. ހޮސްޕިޓަލަށް ގެނައި ފަހުން ފިޓް ވެސް ޖެހިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
"ބޮލަށް އެބަ ހުރި ފުން ޒަހަމްތަކެއް ލިބިފައި."
ހަތަރު ވަރަަކަށް މީހުން ހިމެނޭ ގްރޫޕަކުން ރޭ 10:30 އެހާކަށްހާ އިރު ހިންގި މާރާމާރީގައި ކޯރާޑީއަކުން ހަމަލާ ދިނުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށާއި ލޯ ކައިރި ޒަހަމްވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެއީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގެ ދަރިވަރެކެވެ. އަދި އޭނާ އަށް ހަމަލާ ދިނީ ގޭ ކައިރީގައި ރޭ ކުޅެން އުޅެނިކޮށް ކަމަށް ވެ އެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓެއް
03 May 2017
ކޮންމެ އިންތިހާބަކާ ދިމާކޮށް ރަށް ރަށުގަ ތިބި އެތައްބައިވަރު ކުށްވެރިންނެއް ވޯޓް ހޯދަން ދޫކޮށްފަ. މިއީ ތެދެއްކަން އެނގޭނެ ކޮންމެ ރަށެއްގަ އުޅުނަސް މިދުވަސްކޮޅު ރޭގަނޑު މަގުމައްޗަށް ނުކުމެލީމަ.
އ ލ ޤ
03 May 2017
ޖާގާ ނުލިބޭ ވާހަކަ. ނިކަން ވިސްނާށެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އައްޑޫގައެވެ. މުޅިރާއްޖޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަކުގެ 50% ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ހިނގަނީ އައްޑޫގައެވެ. ބޮޑެތި އެކްސިޑެންޓް ތަކުގައި ރާއްޖޭގެ އެންމެ ގިނަ މީހުން ނުކުޅެދި 30 ވަރަކަށް ފުރާނަ ގެއްލިފައިވަނީ އައްޑޫ މަގުތަކުގައެވެ. އެހެން ނަމަވެސް އައްޑޫގައި ހުރި ހޮސްޕިޓަލަކީ ފެންވަރުދަށް، އެކަށޭނެ ޚިދުމަތެއް ނެތް ތަނެކެވެ. ޑޮކްޓަރަކު ނެތިގެން އޯޕީޑީ ބަންދުކުރި ވާހަކަ ނޫސްތަކުން މިފަހުން އިވިފައިވާނެއެވެ. ދެން އިވުނު ހަބަރަކީ ރައްޖޭގައި 3 އެމްއާރްއައި ސްކޭނާރ ބަހައްޓާ ހަބަރެވެ. އެއީ ވެރިރަށް މާލެއާއި، މާލެއިން އަނގަމަތި ދޯންޏެއްގައި 3 މިނެޓުން ދެވޭ ވިލިގިލި އަދި 20 މިނިޓް އިން ދެވޭ ހުޅުމާލޭގައެވެ. އިސްވެ ދެންނެވި އައްޑޫ އަކީ ކަނޑުމަގުން ނަމަ 36 ގަޑިއިރުން އަދި މަތިންދާބޯޓުން ދޮޅުގަޑިން ދެވޭ ތަނެކެވެ. އެއީ ހާލަތެވެ. ދެން އޮތީ ޚަރަދުގެ ވާހަކަ އެވެ. ކޮންމެ ރަށެއްގައި ބިޔަ މެޝިން ނުބެހެއްޓޭނެ ވާހަކައެވެ. ސުވާލަކީ ހަފުތާއަކު އެވްރެޖްކޮށް 4 ނުވަތަ ފަސްމީހުން ، އެމީހުންގެ އެހީތެރިން، އަދި ގިނަ ފަހަރު ޑޮކްޓަރަކާއި ނަރުހަކަށް އާސަންދައިން ޓީކެޓް ދީ، މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ފްލައިޓް ޗާޓާރ ކުރުމަކީ ހައްލުތޯއެވެ. ނޫސްވެރިންގެ މިނިވަންކަމުގެ އަޑުގަދަވާ މިއަދު މިވާހަކަ ނޫސްވެރިން ދައްކަން އެބަޖެހެއެވެ،
ފާތުމަ
03 May 2017
މާރާމާރީގައި ބައިވެރިވާ މީހުން ޕީޕީއެމް ކެޑިޑޭޓުން ގެ ގޮތުގައި ދެންއޮންނަ އިންތިޚާބެއްގައި ބައިވެރިވާނެ އޭރުން އިންސާފް ގާއިމުވެ ޤައުމު އެންމެ ރަގަޅަށް ތަރަށްޤީވާނީ. ތަރަށްގީ ޔަގީން!
އަލްކަމިސްޓް
03 May 2017
ވަރަށްވެސް ހިތާމަހުރި ކަމެކެވެ. ރާއްޖޭގައި ބޮޑެތިވަމުން އަންނަކުދިން ހަރުދަނާ ކުރުމަށްޓަކައި މައިންބަފައިންނާއި ޓީޗަރުން އަދި ސަރުކާރުގެ ކަމާބެހޭފަރާތްތަކުން މަސައްކަތް ކުރަންވީއެވެ. މިކަހަލަ ޒިންމާ އެންމެ ބައެއްގެ ބޮލަށް ކަނޑާލެވޭކަށް ނެތެވެ. މިކަން ރަނގަޅުވާން އޮތީ ހުރިހާ ގޭއަކުން ބޮޑެތިވަމުން އަންނަ ކުދިންނަށްވެސް ރަނގަޅު އަޙްލާޤު ދަސްވެގެންނެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޓީނޭޖް ކުދިން މިފަދަ ކުއްކުރުވުން ހުއްޓުމަށްޓަކާ ރަނގަޅު ޖުވެނައިލް ޕްރިޒަންތައްވެސް ހަދަންވީއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް އަދަބުލިބޭ ޤާނޫނުތައް ހަރުދަނާކޮށް ކޮމިއުނިޓީ ސާރވިސް ފަދަ އަދަބުތައްވެސް ދޭންވީއެވެ. މީގެ އިތުރުން ސްކޫލްތަކުންވެސް އެފަދަ ޤާނޫނުތަކަށް ކުދިން ހޭލުންތެރިކުރުވަންވީއެވެ. އޭރުން ކުއްކުރުމުގެ ކުރިން އެކުދިންވެސް ހާސްފަހަރު ވިސްނާނެއެވެ.
މަރިޔަމް
03 May 2017
މިގައުމުގައި އަމާންކަމާއިި ސުލްހަމަސަލަސް ކަން ގައިމު ވެއްޖޭ ކިޔާފައި ސަރުކާރުގެ މިނިސްޓަރުނާއި މިންބަރުން ލަވަކިޔަމުންދޭ ، އެކަމަކު ކޮންމެދުވަހަކުވެސް ނޫސްތަކުގެ ހެޑްލައިންތަކަށް އަރަމުންދަނީ މިފަދަ ހިތާމަވެރި ޚަބަރުތަށް ، ދުނިޔޭގެ ފެންފަރުގެ މޮޅެތި ވައްކަމާއި ރޭޕްކުރުމާއި ޚިޔާނާތާއި މީހުންނަށް ތޫނު އެއްޗެހިން ހަމަލަދިނުން ، މިހިރީ ހައްތާވެސް ދުވާލަކު އެއްފަހަރު ނޫސްތަކުގައި ޖަހާވާހަކަ ، އިއްޔެ އިރުއެރިތަނާ އިވުނީ ޕްރައިވެޓް ބޮޑު އޮފީހެއް ފަޅާލާ އަލިފާންޖެހިވާހަކަ ، މިއަދު ކޯރާޑިއަކުންޖަހާ ކުއްޖަކު އަިސީޔޫގައި ބޭއްވިޚަބަރު ، އިހަކަށްދުވަހު ދައުލަތުގެ މައިކުންފުނީގެ ތިޖޫރި ހުސްކޮށްލި ޚަބަރު ، ދެން އިތުރަށް ބުނާނެ އެއްޗެއްނެތް ،،،، ސަހަރޯ
ސަހޫ
03 May 2017
އިންސާފެއް ނެއްތަނެއްގަ އޮންނާނީ ޖަންގަލީގެ ހުކުން ބޮޑުއެތި ކާނީކުޑައެތި! އަތުޖެން އެޗަކުން ޖަހާމެރިޔަސް ވާނެ ކަމެއްނޯންނާނެ! މިވަރުގެ ކުޑަތަނެއްގައި ގޭންތައް ބާރުގަދަ ވަނީ ގޭންގުތަކުގެ އަޑީގަ ހުރީ؟؟؟؟؟؟؟؟؟؟؟؟
ކަލާމް
03 May 2017
ހާދަދެރައޭދޯ މިކަންހުއްޓުވަންވެއްޖެއެންނުމިހާރު