ޚަބަރު / ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

އަމިއްލައަށް މަރުވާ މައްސަލަތަކުގެ ހަބަރުތައް ގެނެސްދިނުމުން ހިތްވަރު ލިބޭ: ހޯމް މިނިސްޓްރީ

04 މެއި 2017 - 17:16

17 comments

އަމިއްލައަށް މަރުވާ މައްސަލަތަކުގެ ހަބަރުތަކުގެ ތަފުސީލް ޝާއިއުކުރުމުން އެފަދަ ކަންކަންކުރުމަށް އިތުރު ފަރާތްތަކަށް ހިތްވަރު ލިބި، އެކަންކަން ކުރުމުގައި ފަސް ނުޖެހޭކަން ހާމަވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަމިއްލަ މަރުވުމާއި ނަފުސަށް ގެއްލުން ދިނުން އިތުރުވަމުންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމިއްލައަށް މީހުން މަރުވާ ހަބަރުތައް އެކިއެކި ނޫސްތަކާއި މީޑިއާތަކުގައި ވަރަށް ތަފުސީލްކޮށް ގެނެސްދޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި އެފަދަ ކަމެއް ހިނގި ނަމަވެސް އެކަމެއްގެ ހަބަރުތައް ވަރަށް ތަފުސީލްކޮށް ގެނެސްދޭތީ އާއްމުން ވަރަށް ޝައުގުވެރިކަމާއެކު އެ ހަބަރުތައް ކިޔާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ހަބަރުތައް ގެނެސްދިނުމުން އެކަމުން ހިތްވަރު ލިބި، ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާދިސާތަކާ ގުޅިގެން ނުވަތަ ކުރިމަތިވާ ހާލަތްތަކުގައި މާޔޫސްވުމާއި ނާއުންމީދުވުން ފަދަ ކަންކަމުގެ ސަބަބުން އެފަދަ ކަންކަން ތަޖުރިބާކޮށްލުމަކީ ވެސް ބައެއް ފަރާތްތަކުން މަދުން ނަމަވެސް ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ނަމަވެސް މިފަދައިން ނާއުއްމީދުވާ ނުވަތަ މާޔޫސްވާ އެއްވެސް ހާލަތެއްގެ ހައްލަކީ އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނުވަތަ އަމިއްލައަށް މަރުވުމެއް ވެސް ނޫނެވެ. އަދި އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ކަނޑައެޅިގެން މަނާކުރެވިފައިވާ ކަންކަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ އެފަދަ ހަބަރުތައް އެހާ ތަފުސީލްކޮށް ގެނެސްދިނުމުން ރާއްޖެ ފަދަ ގައުމެއްގައި "ރަމަތަ" ނުކުރެވޭ ފަދަ އިޖުތިމާއީ، ނަފުސާނީ އަދި ޖަޒުބާތީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކަށް ޖާގަ ނުދީ އާއްމުން ހޭލުންތެރިކޮށް، ނަފުސަށް ގެއްލުން ދިނުމުގެ ބަދަލުގައި ދީނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބެންހުރި ފަރުވާ ހޯދުމަށް ބާރުއެޅުމަށް އެ މިނިސްޓްރީން ގޮވާލާފައިވެ އެވެ.

17 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 7%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައްދާމް

04 May 2017

ތި ބުނަނީ އެއްވެސް ވާހަކައެއް ނުދައްކާ މަޑުން ތިބެން އެކަމަކު މީހަކު އަމިއްލައަށް މަރުވީ ކަން ވެސް އެނގޭނީ ފުރަތަމަ އެކަމެއް ހިނގި ގޮތް ރަނގަޅަށް ބަލައިގެން.......... ފަހަރެއްގައި ހަމަ ވެދާނެ މަރާލީ ކަމަށް ވެސް........ އެހެން ވެއްޖެނަމަ މީހަކު މަރާފައި ވެސް އެކަން ފޮރުވަން ފަސޭހަ ވާނެ......

The name is already taken The name is available. Register?

GAN Island

04 May 2017

ހޯމް މިނިސްޓްރީން ތިދެއްކެވިފަދަ ވާހަކައެއް ދާދިފަހުން މިސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަން ޝަރީފް ވެސް Depression Symptoms އާއި ބެހޭ ގޮތުން ދެއްކެވި. . . ސިއްޙީ މިފަދަ ސެންސިޓިވް ކަންކަމާއި ބެހޭ ގޮތުން އެކަމުގެ ތަޖުރިބާ ލިބިލައްވާފައިވާ މެޑިކަލް ދާއިރާގެ ބޭފުޅުން ނޫންމީސްމީހުން ވާހަކަ ދެއްކުމަކީ ''މިފަދަ ބަލިމީހުންގެ ހާލަތު ގޯސްވެ އެމީހުން އިތުރަށް ގޮތް ހުސްވާފަދަ ނުތަނަވަސްކަން'' ވެރިކުރުވަފާނެ ކަމަކަށް ވާތީ ރާއްޖޭގެ ސިއްޙީ ދާއިރާ ގައި އުޅުއްވާ މިފަދަ އިލްމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނާއި Maldivian Medical Association ފަދަ ޖަމާއަތް ތަކުން މިފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅާންޖެހޭ. . . ނޫހެއްގައި ލިޔާ ލިއުމަކަށް ވުރެން ކަމުގެ ތަޖުރިބާނެތް ސިއްޙީގޮތުން އިގެންޖެހޭ ނުވަތަ މިފަދަ ބައްޔަކާއި ބެހޭ އެންމެ އަސާސީ މިންވަރުވެސް އެގިވަޑައިނުގަންނަވާ ދައުލަތުގެ މަޤާމް ތަކުގައި ތިބޭ މީހުން ދައްކާ ''ނުރަނގަޅު ނޭއްގާނި'' ވާހަކައިގެ ސަބަބުން މިފަދަ ބަލިމީހުންނަށް ނުރައްކަލާއި ކުރިމަވެ ގޮތް ހުސްވުމުގެ ފުރުސަތު ހާސްގޮނަ ބޮޑުވާނެ.

The name is already taken The name is available. Register?

ހަސަން މާހިރު

04 May 2017

ތިޔަ ވާހަކައަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ. ހަމަ އެއާއިއެކު އަހަރެމެނަށް ނޭގި ނަމަވެސް ކުރެވޭ ވަރަށް ބޮޑު ގޯސް ކަމެއްގެ ވާހަކަ މިތާ ހިމަނައިލާނަމެވެ. އެއީ މިކަމާއި ކޮންމެވެސް ދިމާލަކުން ގުޅުމެއް ވާތީއެވެ. އެއީ އަޅުގަނޑުމެނަށް ނޭގި ނަމަވެސް "ގޭންގް" ތަކުގެ ނަމާއި ގޭންގް ތަކުގައި ހިމެނޭ "މީހުން"ގެ ނަން އާންމު ކުރުމެވެ. ފުރަތަމަ ކަމަކީ ގޭންގް އުފެދިގެން އަންނަނީ ކޮންމެވެސް ކަހަލަ ނަމެއް ކިޔައިގެންނެވެ. ދެން ފެށެނީ އެއަށް ލޯގޯ ހަދާށެވެ. ދެން ކަމަކަށް އޮންނަނީ އެނަމާއި ލޯގޯ ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތް ކުރުމެވެ. މާރާ މާރީތައް ފެށިގެން އަންނަނީ މިހިސާބުންނޭ ބުނުމަކުން މުޅިއަކުން ގޯސް ނުވެދާނެއެވެ. ގޯސްކޮށް އަޅުގަނޑުމެނަށް ކުރެވޭ ކަމަކީ އެކި ނަންނަމުގައި ހަދާފައިވާ ގޭންން ތަކުގެ ނަން ޢާންމު ކުރުމެވެ. މިއީ ގޯސްކަމެކެވެ. މިނަން އެކި އެކި މީޑިއާތަކުން ފެންނަ ވަރަކަށް ދާނީ "ފޭމަސް" ވަމުންނެވެ. އެހެން ކަމުން އެމީހުންގެ ބާރުވެރިކަން ދާނީ އިތުރު ވަމުންނެވެ. މިސާލަކަށް އަމިއްލަ ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމަށްފަހު ގިނަ ގިނައިން އެޖަމިއްޔާގެ ނަން މީޑިއާއިން ފެންނަ ނަމަ އެމީހަކު އެކަމާ ފަޚުރުވެރިވާނެތާއެވެ. އެއީ އެޖަމިއްޔާ ޕްރޮމޯޓް ވަނީ ނޫންތޯއެވެ. ދެން ގޭންގްތަކުގެ ލީޑަރުންގެ ނަމަށް ބަލަމާ ހިނގާށެވެ. ކޮންމެވެސް ހިއްޕެ އަކާއި ކިއްތު އަކާއި ވޮއްޓޭ ފަދަ ނަން ނަމެވެ. މީޑިއާތަކުން މިފަދަ ވަނަން ފެނުމުން އެމީހުން ކިހައި އުފަލެއް ވާނެތޯއެވެ. މިގޮތަށް ނަމަވެސް މަޝަހޫރުވަންޏާ މަޝްހޫރުވާން ބޭނުންވާ ކިތައް މީހުން ތިބޭނެތޯއެވެ؟ އެއީ ލީޑަރުންގެ ވާހަކަ އެވެ. ގޭންގްގައި އުޅޭ އެހެން މީހުންގެ ވާހަކަ އަށް ބަލަމާ ހިނގާށެވެ. އައިޑީ ކާޑުގައި އެޑްރެސް ފަދަ މުހިއްމު މައުލޫމާތު އޮންނަހެން ހީވަނީ ކޮންމެ މީހަކު ނިސްބަތްވާ ގޭންގްގެ ނަންވެސް އޮންނަން ޖެހޭ ހެނެވެ. މިހެންކަމުން ގޭންގް މީހަކުގެ ނަންކިޔުމަށް ފަހު ނިސްބަތްވާ ގޭންގްގެ ނަން މީޑިއާ ތަކުން ކިޔުމުން އޭނަގެ ނަމާއި ގޭންގެގެ ނަން މަޝްހޫރު ވުމުން އެމީހުން ކިހައި އުފަލެއް ވާނެތޯއެވެ. މިހެން ކަމުން މީޑިއާތަކުން މިކަންތައް ހުއްޓާލަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ.

The name is already taken The name is available. Register?

ގަޅިބެ

04 May 2017

މީހުން އަމިއްލަޔަށް މަރުވާ ޚަބރުތައް މާ ތަފްސީލްކޮށް ގެނަސްދޭތީ އަމިއްލަޔަށް މަރުވާ މީހުން ވަނީ އިތުރު. ދެން މީހުން މީހުންމަރާ ވާހަކަ ދެއްކީމަ މީހުން މަރާލެއްވީ އިތުރު. މިކަހަލަ ޚަބަރުތައް ދެއްކުން މަނާކުރަންވީ، އޭރުން ނޭގޭނެނު ވާއެއްނުވާއެއް. ކޮރަޕްޝަންގެ ވާހަކަދެއްކީމާ ކޮރަޕްޝަން ދަނީ މައްޗަށް. ވައްކަންކުރާވާހަކަ ދައްކާތީ ވައްކަން ކުރާވަރު ވަނީ އިތުރު. .އަނިޔާކުރާ ވާހަކަދެއްކީމަ އަނިޔާކުރުންވަނީ ގިނަ. ކޯޓްތަކުން އިންސާފު ނުލިބޭވާހަކަ ދެއްކީމަ އެކަންވެސް ވަނީ އިތުރު. ރާއްޖެޓީވީ ޖޫރިމަނާކުރީމަ އެވާހަކަ ދެއްކީމަ ދެންކުރި ޖޫރިމަނާ ކުރީފަހަރަށްވުރެ ވީ ބޮޑު.

The name is already taken The name is available. Register?

ތާއީދު

04 May 2017

ތި ހަމަ ރަނގަޅަށް ތިބުނީ............

The name is already taken The name is available. Register?

އަލީޝާކިރު

04 May 2017

އެކަހަލަ ކަންތައްތައް ޖެހޭނީ ސިއްރުކުރަން. މިސާލަކަށް ގެއެއްގައި ދަންޖެހިގެން މަރުވި ބަނގުލަދޭސް އަންހެންމީހާ، އެ ވާހަކަ މާ ބޮޑަކަށް ނުދެއްކެ އެއީ އެކަމުގެ މައުލޫމާތު ވަރަށް ހިފެހެއްޓުނީމަ.

The name is already taken The name is available. Register?

Mishy

04 May 2017

ނޫސްތަކުގައި،ކޮމެންޓްތަކުގައި އެހެން ލިޔަން ފެށީމަދޯ ތިއެނގުނީ ތި މިނިސްޓްރީ ތިހެން ބުނަން

The name is already taken The name is available. Register?

ޔާމީން

04 May 2017

ބުއްދި ގަބޫލް ނުކުރެވޭކަހަލަ ވާހަކަ ނުދައްކާ.ބެލެވެނީ ނާޖާއިޒުފައިދާއެއް ހޯދަން ދައްކާ ވާހަކައެއްހެން.

The name is already taken The name is available. Register?

ހެޔޮނުވާނެ

04 May 2017

ވައްކަމުގެ ވާހަކަ ގޮވުން ހެދުނު އެއްޗެއް ހަދާފަ ހުއްޓުވީ ވައްކަން އިތުރުވާތީ ދެތޮ!

The name is already taken The name is available. Register?

ާހަހަ

04 May 2017

ނޫސްތައް ބަންދުކުރަންވީނު ހަމަޖެހޭ ވާހަކަ ދައްކަބަލަ

The name is already taken The name is available. Register?

ޓ

04 May 2017

އަމިއްލައައް މަރުވަނީ އީމާންތެރިކަން ބަލިކަށިވީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454