ކައުންސިލް އިންތިޚާބުގެ ވޯޓުތަކެއް ގުނަނީ: އެ އިންތިޚާބުން އެމްޑީޕީއަށް ބޮޑެތި ކައުންސިލްތަކެއް ލިބުނަސް ކައުންސިލްތައް ހިންގުމުގެެ ބާރު އޮތީ ސަރުކާރުގެ އަތްމަތީގައި --ފޮޓޯ/މިހާރު
10 މެއި 2017 - 08:33
އެތައް ފަހަރަކު ފަސްވުމަށް ފަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައ އިދިކޮޅު އެމްޑީޕީން މިވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެ ޕާޓީން މިވަނީ ހޯދައިފަ އެވެ. ދަތި އުނދަގޫތަކާ އެކު ވެސް އެމްޑީޕީ އަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ދެކެ އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީން އެންމެ ބޮޑަށް ދެއްކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ވާހަކަ އެވެ. އެ ބައެއްގެ ކަންކަން އެ ބަޔަކު އަމިއްލަ އަށް ނިންމުމުގެ ބާރު ކައުންސިލްތަކަށް އަނބުރާ ހޯދައިދޭ ވާހަކަ އެވެ. މުޅި އިންތިޚާބުގައި އެ ޕާޓީން މޮޓޯއަކަށް ބޭނުންކުރީ އެ ވާހަކަ އެވެ. ކޮންމެއަކަސް އެ މޮޓޯއާ އެކު ނިކުމެ، އެމްޑީޕީން މިވަނީ ބޭނުންވި ވަރުގެ ކާމިޔާބީއެއް ހޯދައިފަ އެވެ.
އެކަމަކު ކަންކަން ހިނގަމުންދާ މަގުން ބަލާއިރު ކައުންސިލްތަކުގެ އަޣުލަބިއްޔަތު ލިބުނަސް އަމިއްލަ ދެ ފައި މައްޗަށް ކޮޅަށް ތެދުވުމުގެ ބާރު ކައުންސިލްތަކަށް އެބަ އޮތްތޯ މިއީ ސުވާލެކެވެ. ވަކިން ޚާއްސަކޮށް އެމްޑީޕީން މެޖޯރިޓީ ނެގި ކައުންސިލްތަކަށް އެ މީހުން ބޭނުންވާ ކަންކަން ހާސިލް ވެދާނެ ހެއްޔެވެ؟. އެ ދާއިރާތަކުގެ ރައްޔިތުން ބޭނުންވާ ކަންކަން އެ ކައުންސިލްތަކަށް ފޯރުކޮށް ދެވޭނެ ހެއްޔެވެ؟. މިއީ ހައްތަހާ ވެސް ސުވާލެވެ.
މި ސުވާލު މިގޮތަށް އުފައްދަން ޖެހޭ ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ސަބަބަކީ ކައުންސިލްތަކުގެ ބާރެއް ނެތުމުވެ. ޚާއްސަކޮށް، އެމްޑީޕީން ބޮޑު އަޣުލަބިޔަތެއް މިހާރު ނަގާފައިވާ ސިޓީ ކައުންސިލްތައް ކަމަށްވާ މާލެ އާއި އައްޑޫ އަދި ފުވައްމުލައް ސިޓީ އެވެ. އެވެ. ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ އުފެދުނުއިރު ކައުންސިލްތައް އޮތީ އަމިއްލަ ނިންމުންތައް ނިންމޭ ފަދަ ބާރުވެރިކަމުގަ އެވެ. ކައުންސިލް ނިސްބަތްވާ ދާއިރާގައި މަޝްރޫއުތައް ހިންގުމާއި ބިން ދޫކުރުމާއި ކަރަންޓާއި ފެނުގެ ޚިދުމަތްތަކާއި މިނޫނަސް މުހިންމު އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދިނުމާއި ކަންކަން އަމިއްލަ އަށް ނިންމުމުގެ ބާރު ކައުންސިލްތަކަށް އޮތީ ދީފަ އެވެ.
އެކަމަކު 2012 ގައި ވެރިކަން ބަދަލުވުމާ އެކު، އޭރު ވެސް ބޮޑެތި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީ އާއި އޭރުގެ ސަރުކާރާ ދެމެދު އޮތް މައްސަލަތަކުގައި ކައުންސިލްތަކުގެ ބާރުތައް މަޑުމަޑުން ސަރުކާރުން އަތުލަން ފެށި އެވެ. ފުރަތަމަ އަތުލަން ފެށީ ހަވާލުކޮށްފައި ހުރި ބިންތަކެވެ. ދެން އަތުލީ ހަވާލުކޮށްފައި ހުރި ޒިންމާތަކެވެ. އޭގެ ފަހުން ލާމަރުކަޒީ ގާނޫނަށް 2015 ގައި ގެނައި އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކަށް އަދާކުރެވޭނެ ޒިންމާތަކާއި ފޯރުކޮށްދެވޭނެ ޚިދުމަތްތައް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތަށް ހަމަޖެއްސި އެވެ. ރައީސް ކަނޑައަޅުއްވާ ކަންކަން ފިޔަވައި އެހެން ކަންކަން ކުރާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކުގެ ޒިންމާތަކާއި ބާރުތައް ރައީސް ކަނޑައެޅުއްވިއިރު މުހިންމު ހުރިހާ ކަންތައްތައް ސިޓީ ކައުންސިލްތަކުގެ އަތުން އޮތީ ނަގައިފަ އެވެ. ސިޓީ ކައުންސިލްތަކަށް މިހާރު އޮތީ ވިހާ މަރުވާ ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވުމާއި މުހިންމު މުނާސަބަތުތައް ފާހަގަކުރުމާއި ދައުލަތުގެ އިދާރާތަކަށް އެހީތެރިވުމާއި ސަރުކާރުގެ އިދާރާތަކުން ދޫކުރާ ހުއްދަތައް ދޫކުރުމާއި ބާތިލް ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން ފަދަ މަދު ޒިންމާތަކެކެވެ. އެހެން ހުރިހާ ކަންތައްތައް އޮތީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ދަށުން ކުރާ ގޮތަށް ކަނޑައަޅައިފަ އެވެ. އެހެންވެ މިއީ އެމްޑީޕީން އަޣުލަބިއްޔަތުން ހޯދި ސިޓީ ކައުންސިލްތަކަށް އޮތް ބޮޑު ހުރަހެކެވެ.
މިކަމުގައި ސަރުކާރުން ބުނަމުންދަނީ ސިިޓީ ކައުންސިލްތަކުން ޒިންމާތައް އަތުލަން ޖެހުނީ ކައުންސިލްތަކަށް ޒިންމާ އަދާނުކުރެވޭތީ ކަމަށެވެ. ބައެއް ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކޮށް، ތަރައްގީ އަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ތުހުމަތުކުރެ އެވެ. އެކަމަކު ކައުންސިލްތަކުން ބުނަނީ ޒިންމާ އަދާނުކުރެވެނީ ބަޖެޓް ނުދޭތީ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ: އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ނެގީ އެމްޑީޕީން --ފޮޓޯ/މިހާރު
ދެވަނަ ސަބަބަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ކައުންސިލްތަކުގެ ބައިވެރިވުން ނެތުމެވެ. ކުރިން ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެލްޖީއޭގެ ބޯޑުގައި މާލޭ ސިޓީ ކައުންސިލުން ހޮވާ އެ ކައުންސިލްގެ މެމްބަރަކާއި އަލަށް އުފެދޭ ސިޓީ ކައުންސިލްތަކުން ހޮވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ހޮވާ ހަތަރު މެމްބަރު ތިބޭނެ އެވެ. އެކަމަކު އެކަން ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެލްޖީއޭގެ ބޯޑުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންތަކެއް ކަމަށް ކަނޑައަޅައި، ގާނޫނަށް މިދިޔަ މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ އެކު އެ ބޯޑުގައި ދެން ތިބޭނީ އެލްޖީއޭ ހިންގުމަށް ރައީސް ކަނޑައަޅުއްވާ ވަޒީރާއި އެލްޖީއޭގެ ސީއީއޯ އާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރެއް އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ބޭފުޅުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ބޭފުޅެކެވެ. އެހެންވެ، އެލްޖީއޭގެ ސިޔާސަތުތައް ކަނޑައަޅައި، ނިންމުންތައް ނިންމުމުގައި އެއްވެސް ކައުންސިލެއްގެ ދައުރެއް ދެނެއް ނޯންނާނެ އެވެ.
މި ދެ ސަބަބަށް ބަލާއިރު ވެސް އެނގެނީ ކައުންސިލްތަކަކީ މިހާރު ވެސް މަރުވެފައި އޮތް ތަންތަން ކަމެވެ. ސަރުކާރުން އެ އޮތީ ހުރިހާ ބާރުތަކެއް ނަގައި، ކައުންސިލްތަކުގެ "ފިޔަތައް ކޮށާލައިފަ" އެވެ. މިހާރު ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓާ ތަންތަން ފަދަ އެވެ. ކައުންސިލްތަކަށް ބާރާއި ޒިންމާ ލިބެން އޮތީ ސަރުކާރުން ދީފި ނަމަ އެވެ. ގާނޫނު އޮތް ގޮތުން އެއީ ކައުންސިލްތަކަށް މިހާރު އަމިއްލަ އަށް ހޯދެން އޮތް އެއްޗެއް ނޫނެވެ. އެހެންވެ، ކޮންމެ ޕާޓީއަކުން އަޣުލަބިއްޔަތު ނެގިޔަސް ސަރުކާރުން ބާރުތައް ނުދޭހާ ހިނދަކު ކައުންސިލްތަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
އެކަމަކު އެމްޑީޕީގެ ނަޒަރުގައި ކައުންސިލްތައް ބާރުވެރި ކުރުވެން އޮތީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ. އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ކައުންސިލްތައް ބާރުވެރި ކުރުވޭނީ ކައުންސިލްތައް ބާރުވެރި ކުރުވަން ވަކާލާތު ކުރާ ކައުންސިލަރުންތަކެއް އިންތިޚާބުވެގެންނެވެ. އެކަން މިހާރު ހާސިލްވެފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ދެން އޮތީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކައުންސިލްތަކަށް ބާރު ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ވަކާލާތު ކުރާނެ ބަޔަކު ކައުންސިލްތަކަށް އެބަ އަންނަން ޖެހޭ، އެކަން މި ހާސިލް ކުރެވުނީ. ދެން މަޖިލިސް ތެރެއިން އަޅުގަނޑުމެން މަސައްކަތް ފަށާނަން ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދޭން. އެ މަސައްކަތް ދެން އޮތީ،" ޝިފާޒް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ބާރު ލިބެން އޮންނާނެ ހަމައެކަނި ގޮތަކީ މަޖިލިސް ތެރެއިން ކަމަށް ވާއިރު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ކޯލިޝަންގަ އެވެ. އެހެންވެ، ކައުންސިލްތަކަށް ބާރު ހޯދުމަށް ދެން އޮތީ ވަރަށް އުނދަގޫ މަރުހަލާއެއް ކަމަށް ބެލެވެ އެވެ. އެންމެ ބޮޑެތި ސަބަބަކީ ގިނަ ކައުންސިލްތަކުގެ އަދި ޚާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީން ނަގާފައިވާތީ އެވެ. އެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީގައި އޮތުމުން ބާރުތައް ދޭން ސަރުކާރު ކޯލިޝަނުން ދެކޮޅު ހަދާނެ ކަމަށް ބެލެވެ އެވެ. ކުރިން ބާރުތައް ހަނިކުރިއިރު ވެސް އެކަން ކުރީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކާއި ސަރުކާރާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ.
އެކަމަކު އެމްޑީޕީން ދެކޭ ގޮތުގައި މި އިންތިޚާބުގެ ނަތީޖާއާ އެކު މަޖިލިސް މެމްބަރުންގެ ވިސްނުން އެކަމުގައި ބަދަލުވާނެ އެވެ. ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ އިން މެމްބަރުންނަށް އެ ލިބުނީ ވަރަށް ބޮޑު މެސެޖެއް ކަމަށް އެމްޑީޕީން ދެކެ އެވެ. ކައުންސިލްތަކަށް ބާރުތައް މަޖިލިސް ތެރެއިން އަނބުރާ ލިބޭނެކަމުގެ އުއްމީދު އެމްޑީޕީ އަށް ބޮޑެވެ.
"މި އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް އެ ދެއްކީ ލާ މަރުކަޒީ ނިޒާމު ތިމަންނަމެން ބޭނުންވާ ކަން. ކައުންސިލްތައް ބާރުވެރި ކުރުވަން ތިމަންނަމެން ބޭނުންވާ ކަން. އެހެންވީމަ މަޖިލީހުގެ މެމްބަރުން ވެސް ބޭނުމެއް ނުވާނެ އެ ބޭފުޅުންގެ ދާއިރާގެ ރައްޔިތުންގެ ނިންމުމަށް ފުރަގަސް ދެއްވާކަށް. އެގޮތަށް ގަބޫލުކުރެއްވޭނެ ބޭފުޅުން މަޖިލީހުގައި މިހާރު ތިއްބަވާނީ. ސިޔާސީ ދާއިރާގައި އުޅޭ ބޭފުޅެއް ނަމަ އެގޮތަށް ވިސްނުން ހުންނަންވާނީ،" ޝިފާޒް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ނަޒަރުގައި ކައުންސިލްތަކާ މެދު ރައްޔިތުން އޮތީ އުއްމީދު ކަނޑާލައިފަ އެވެ. ކުރީގެ ކައުންސިލްތަކުން އަމަލުކުރި ގޮތުން އެ ނިޒާމު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމަށާއި މި އިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ނުލީ ވެސް އެހެންވެގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މި އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީ އަށް އެ ޕާޓީން ދައްކާ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.
އެކަމަކު އެމްޑީޕީން ދެކޭ ގޮތުގައި އިންތިޚާބުގެ ނަތީޖާ ދެއްކީ އޭގެ އިދިކޮޅަށެވެ. ރައްޔިތުން އަދިވެސް ބޭނުންވަނީ ލާމަރުކަޒީ ނިޒާމު ކަން ނަތީޖާއިން ދައްކާފައިވާ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ. އެ ޕާޓީގެ ނަޒަރުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅީ ސަރުކާރެވެ. މި އިންތިޚާބު ބޭއްވީ ވެސް އިތުރު ގޮތެއް ނެތިގެން ކަމަށް އެ ޕާޓީން ދެކެ އެވެ.
"ގާނޫނު އަސާސީގައި ލާމަރުކަޒީ ނިޒާމުގެ ވާހަކަ ބަޔާންކޮށްފައި އޮތީމަ އިތުރު ގޮތެއް ނެތިގެން އިންތިޚާބު ބޭއްވީ. މި ނިޒާމު ދެކެ ރައްޔިތުން ފޫހިކުރުވަން މަސައްކަތް ކުރީ މަޖިލިސް ތެރެއިން ސަރުކާރުން. ކައުންސިލްތަކުގެ ބާރުތައް އަތުލައި، ނިޒާމު ދެކެ ފޫހިކުރުވަން އުޅުނީ. އެކަމަކު ރައްޔިތުން ވޯޓުން އެ ސާބިތުކޮށް ދިނީ އަދިވެސް ލާމަރުކަޒީ ނިޒާމު ދެކެ ފޫހިނުވާ ކަން. އެ ނިޒާމު ކަން އަދިވެސް ބޭނުންވަނީ،" ޝިފާޒް ވިދާޅުވި އެވެ.
ލާ މަރުކަޒީ ނިޒާމު ތައާރަފްވި ފަހުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކައުންސިލްތަކަށް މެމްބަރުން ހޮވައިފި އެވެ. އެކަމަކު އޭރު ނިކުތް ނަތީޖާ އެހާ ފޮންޏެއް ނޫނެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ކައުންސިލްތަކަށް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ އޭރު އޮވެ އެވެ. ކައުންސިލްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ސަރުކާރަށެވެ. ސަރުކާރުގެ ޖަވާބަކީ ކައުންސިލްތަކުން އެއްބާރުލުން ނުދެނީ ކަމަށެވެ. ދެ ބައި މީހުންގެ ތަޅާފޮޅުމުގެ ދެމެދުގައި ފިތި ބާރުވެފައި ތިބެން މިޖެހެނީ ރައްޔިތުންނެވެ.
މިފަހަރު އެކަން އަލުން ތަކުރާރު ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ސަރުކާރުން ކައުންސިލްތަކަށް ބާރުތައް އަނބުރާ ދޭން އެބަ ޖެހެ އެވެ. ހަމައެގޮތަށް ކައުންސިލްތަކުން ވެސް ޒިންމާ ރަނގަޅަށް އަދާކުރަން އެބަ ޖެހެ އެވެ. ޒިންމާ އަދާނުކުރެވޭ ނަމަ ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި އެލްޖީއޭ އިސް ނަގަން ވެސް އެބަ ޖެހެ އެވެ. ކައުންސިލްތަކާއި ސަރުކާރުގެ ތަޅާފޮޅުމުގައި ރައްޔިތުން ތާށިވެގެން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
12 May 2017
ރަށު އޮިފީސް މި ނަން ބޯޑް އިންދާ ކައުންސިލް މިނަމަށް ބަދަލު ކުރުމުން ނަމުން ބަދަލެއް އަންނާނެތަ ؟ކަތީބު މިނަމުގާ ބަޔަކު ތިއްބާ ކައުންސިލަރު މިނަމަށް ބަދަލު ކުރުމުން ބަދަލެއް އަންނާނެތަ ؟ކުރީ ރަށު އޮފީސް ހުރި އިރަށް ވުރެ މިހާރުގެ ކައުންސިލް އިދާރާ ވީ މުއްސަނދިތަ ނުވަތަ ފަގީރުތަ ؟އެ ގޭ ކަމަކީ ކުރީ ރަށު އޮފީސް ތައް ހުރި އިރު އަތޮޅު މާލިއްޔާ އާ ރަށު މާލިއްޔާ މިނަމުގާ އެކައުންޓް ތަކެއް އެމްއެމްއޭ ގަ ހުރެ އެ އެކައުންޓް ތަކުގާ ފައިސާވެސް ހުރި މިހާރު އެއިން އެއްވެސް އެއްޗެއް ފެންނާކަށް ނެތް .ކައުންސިލް އުފެއްދުމަށްޓަކާ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންތައް އަދިވެސް އޮތީ ނުކުރެވި އެއީ ކައުންސިލް ތަކަށް އާމްދަނީ ލިބޭނެ މަގު ގާއިމް ކޮށްދީސަރުކާރާ ނުބެހި ކައުންސިލް ގެ ހަރަދުތަކާ ޕްރޮޖެކްޓްތައް ހަމަޖެއްސޭ ފެންވަރަށް ކައުންސިލް ތަކުގާ މާލީ ތަނަވަސްކަން ގާއިމް ވެގެން ދިއުން. މިހާރު މިވާގޮތަކީ މުސާރަ ކޮޅުވެސް މިލިބެނީ ސަރުކަރުން ދިނިއްޔާ ، ފާހާނާ ކޮށްލެވެނީ ވެސް ސަރުކާރުން ފާހާނާ ހަދާ ދިނިއްޔާ . ވީމާ ނަމަކުން ކެއްކޭނެ ރިހައެއް އޮންނާނެތަ ؟މިހާރުވެސް އެންމެ އަވަހަށް ކުރަންޖެހޭ ކަމަކީ ދަވްލަތަށް މިހާރު ލިބޭ އާމަދަނީ ގެ ތެރެއިން ކައުންސިލަ ތަކަށް ލިބޭނެ އާމްދަނީތަކަކީ ކޮބައިކަން ކަނޑައަޅާ އަތޮޅުތައް ނުވަތަ ކައުންސިލްތައް އަމިއްލަ ފައި މައްޗަށް ތެދުވަން ދޫކޮށްލުން.އެހެން ނޫނީ ދުވަހަކު ވެސް ކައުންސިލް ތަރައްގީވާތަނެއް ނުފެންނާނެ.
ތެދުބަސް
11 May 2017
ސަރުކާރުގެ މުދަލާ،ފައިސާއަކީ ވަކިޕާޓީއެއްގެ،ވަކިބޭފުޅުންތަކެއްގެ އެއްޗެއްނޫން އެއީ ހުރިހާ ރައްޔިތުންގެ އެއްޗެއް ވީމާ ކޮންމެބޭފުޅަކު ތަނެއްގެ ވެރިއަކަށް ހުންނެވިއަސް ސަރުކާރުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދުމަތް ދެއްވަންޖެހިލައްވާނެކަމުގައި ދެކެން
އަލްކަމިސްޓް
10 May 2017
އަޅުގަނޑުގެ އެންމެ ބޮޑު މައްސަލަޔަކީ މިފަދަ މަޤާމްތަކަށް ކުރިމަތިލާފަރާތްތަކަށް އެކަށީގެންވާ ތައުލީމެއް ލިބިފަނެތީމައެވެ. ކިހިނެއްތޯ ވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އިން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ދިވެހި މީޑިއަމްގަ ނަމަވެސް މިފަދަ މަޤާމްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގިއްޔާ. އަދި ގާނޫނުގަ މިފަދަ ސެޓިފިކެޓެއް ހާސިލްކުރުމުން މެނުވީ މިކަހަލަ މަގާމަކަށް އެމީހަކަށް ކުރިމަތި ނުލެވޭގޮތަށް ފާސްކުރީމަ.
ކުޑަދޫއަހްމަދު
10 May 2017
ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުން ހޯދާނެ! އޭގެ ހެއްކެތް ނިމިދިޔަ ކައުންސިލުގެ އިންތިހާބުން ދައްކުވައިދީފި. އަޅުގަނޑުމެންނަށް އެބަ ބޮޑު މަންޒަރު ފެނޭ އިނގޭތޯ؟ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމް.ޑީ.ޕީއާއި ކޯލިޝަންގެ ބައިވެރީން ކާމިޔާބުކުރާނެ! އަދި ޖެހިގެން އަންނަ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުވެސް އެމް.ޑީ.ޕީއާއި ކޯލިޝަންގެ ބައިވެރީން ނަގާނެ! މިއީ މިކަންދެން ވާނެގޮތް. އޭގެ ފަހުގައި ގާނޫނުތަށް އިސްލާހުކޮށް، ރައްޔިތުންނަށް ބާރުތަކާއި، ހައްގުތަށް ލިބޭނެ، އަދި މިގައުމުގެ މުއައްސަސާތަށް އިސްލާހުކޮށް، ހާއްސަކޮން ފަނޑިޔާރުގެ އިސްލާހުކުރެވޭނެ! އޭރުން ދެން 2022 އަންނަންވާއިރު މި ދިވެހި ގައުމު އޮންނާނީ ވަރަށް ފުރިހަމަ ގައުމެއްގެ ގޮތުގައި، ދިވެހި ރައްޔިތުން ކެތްކުރައްވާ! އަނިޔާވެރިން ބަލިވެއްޖެ! އަދިވެސް ބަލިކޮށްލަން ތައްޔާރުވޭ! އަދި އޭގެ ފަހުގައި މި ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ހިލާލާފައިވާ ތަކެތި ހޯދުމަށް އަވަސްގަނޭ! އަދި ހައްގު އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ދިނުމަށްވެސް ތައްޔާރުވޭ!
އަލިބެ
10 May 2017
ތިހުރިހާ ވާހަކައެެއް ހުއްޓާލާފާ ކައުންސިލްތަކަށް ހޮވުނު ބޭފުޅުންގެ ޢުމުރަށާއި، އަދި އެބޭފުޅުންގެ ތަޖުރިބާއާއި ތައުލީމީ ފެންވަރަށް ވިސްނާލެއްވިންތޯ؟ ރައްޔިތުންގެ ހުރިހާކަމެއް ހިންގުމަށް މިއަންނަނީ ތަޖުރިބާއެއްނެތް ޅަދަރިންތަކެއްފަދަ ކުދިންތަކެއް. ގާނޫނުގައި ބިންދޫކުރެވޭނީ މިވެނި އިޖުރާއަތެއް ފުރިހަމަކޮށްގެންނޭ ބުނެފައި އޮތަސް އެކުދިން ހިތައް އެރިތަނަކުން ކޮންމެ މަސައްކަތެއް ކުރަންވިޔަސް ބިންދޫކުރަންވީ. މިއީ އެކުދިންގެ ހަމަ ހުންނަގޮތް. ލޭންޑްޔޫޒް ޕްލޭނެއް އޮތަކަސް އެޕްލޭނަކަށް ރިއާޔަތެއް ނުކުރޭ ސިންމެތި ވިއްކަން ބިން ދޫކޮށްފާނެ މީހުންދިރިއުޅޭ ތަނެއްގެ މެދުން. މިއީ ކަނޑައެޅިގެން އުސޫލާ ޚިލާފުކަމެއް. އަދި ޖަމްޢިއްޔާތަކުގެ އިދާރީ ކަންކަން ކުރަން ދޫކޮށްފާނެ ދިރިއުޅުމަށް މީހުންނަށް ދޫކުރާ ބަންޑާރަ ގޯއްޗަކަށްވުރެ ބޮޑުބިމެއް. މިހުންނަނީ ދެކޮޅު ޖެހޭގޮތަށް ނިންމާފަ ހުންނަކަންކަމެއްނޫން.
ވަރަށް ސަޅި ލިޔުމެއް
10 May 2017
ސަރުކާރު ތަސައްރަފު ފުދިގެން ވާނީ! ސަރުކާރަށް އެބަ އެނގެންޖެހޭ އެންމެންގެ ފިކުރު އެއްގޮތް ނުވާނެ ކަން! އެއީ މާތްﷲ އިންސާނުން އުފައްދަވާފައިވެސް ވަނީ އެކި ޖަމާއަތްތަކުގެ ގޮތުގައި! ވީމާ ސަރުކާރު އެބަ ޖެހޭ ވިސްނުންތެރިކަމާއެކު ކައުންސިލް ތަކަކީ ވެސް ސަރުކާރުގެ ބައެއްގެ ގޮތުަގއި ބަލައިގަނެ، ކުލަޔަކަށް ނުބަލާ ކައުންސިލްތަކަށް ވެސް ލިބިދޭން ޖެހޭ އިމްތިޔާޒު ތަކާޢި ބާރު ދޭން! ސަރުކާރުގެ އެއްބާރުލުމާޢި އެކު ރައްޔިތުންނަށް ކަންތައްތައް ފަހިވެގެން ދިޔައިމާ ރައްޔިތުން ސަރުކާރަށް ވޯޓް ދޭނެ! އެމީހުންނަށް އެނގޭނެ ސަރުކާރުގެ އިޚްލާސްތެރިކަން! އެކަމަކު ސަރުކާރަށް ހީވަނީ އެމްޑީޕީ ކައުންސިލެއް ރައްޔތުންނަށް ބޭނުން ވާ ކަންތައް މަގުފަހި ކުރީމާ ރައްޔިތުން ސަރުކާރަށް ވޯޓް ނުދޭނޭ! ހަގީގަތުގައި ސަރުކާރުން ވިއްކަން ވާނީ ސަރުކާރުގެ އިކްލާސްތެރިކަން! އެއީ ރައްޔިތުން މިއަދު ދެކެން ބޭނުންވާ ކަމަކީ!
ރަދުން
10 May 2017
މެޖޯރިޓީ ހޯދައިގެން ބާރު ލިބޭނީ
ޖޭކޭ
10 May 2017
ކައިންސިލްތަކަށް ވަކި ހާއްސަ ބާރުތަކެއް ޮންނާކަށް ނުޖެހޭ. ބައެއް ފަރާތްތަކަށް ހީވަނީ އެއީ މާބާރުގަދަ ބަޔަކަށް ވާންޖެހޭހެން. ކައުންސިލްތަކުގެ ދައުެަކީ ސަރުކާރަށް އެއްބާރުލުން ދިނުން. މީގަ މައްސަލަޔަކަށްވަނީ ބައެއް ކައުންސިލްތަކުން ސަރުކާރުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބާރުލުން ނުދިނުމުން.
ޒާ
10 May 2017
ރައްޔިތުން ބޭނުން ވިޔަސް ނުވިޔަސް ސަރުކާރުގެ އެއްބާރުލުމެއް ނެތި ސަރުކާރާއި ގުޅުން ކުޑަ ކައުންސިލް ތަކަށް ކޮށް ދެވޭނެ އެއްކަމެއްވެސް ނެތެވެ. ސަރުކާރާއި ދެކޮޅު ކައުންސިލެއް ހޮވައިގެން އެއްވެސް ތަރައްގީއެއް ނުގެނެސް ބޭކާރު ދުވަސް ތަކެއް ދުއްވާލުމުގައި އެބައި މީހުން އެވަނީ ކާމިޔާބު ހޯދާފައެވެ. އެއީ އެގޮތަށް ތިބެން ރުހެވޭތީއެއް ނޫނެވެ. ނަމަވެސް ހަމަ ހިތުގައި އޮތް ހަސަދަވެރިކަން ބޮޑުކަމުންނެވެ. އެއީ އެފަދަ ފަރާތް ތަކަށް މާދަމާ އެހެން ބަޔަކު ވެރިކަމަށް އަޔަސް ކަން ކުރެވޭނެ ގޮތެވެ.
ހާސަރު
10 May 2017
ކައުންސިލްގައިތިބީ ކޮންބައެއްތޯ ސަރުކާރުން ބަލާކަށްނުޖެހޭ ސަރުކާރުން ޚަރަދުކުރަނީ އެންމެންގެފައިސާ އިދިކޮޅެއް އެއްކޮޅެއް ބެލުމެއްނެތި ސަރުކާރަށްޖެހޭ ކަންކަން ކުރަން ކައުންސިލަރުންނާއި އަދި ވަކިވަކި ރައްޔިތުންނާއި ސަރުކާރެއް އިދިކޮޅުވުމަކީ މާ ނާތަހުޒީބު ކަމެއް! ކައުންސިލްގެވެސް ރައްޔިތުންގެވެސް ތާއިދު ސަރުކާރަކަށް ލިބޭނީ ތަފާތުކުރުމެއްނެތި ކަންތައްކޮށްގެން ގަދަބާރުން ހޯދޭނެ ރުހުމެއްނެތް.
ސަރުކާރު
10 May 2017
ސަރުކާރަކީ މައި ސޯބު! ސަރުކާރު އެބަ ޖެހޭ ތަސައްރަފް ފުދެން! ސަރުކާރަކީ ވިސްނުންތެރި ސަރުކާރެއް ނަމަ އެނގޭނެ ކޮންމެ ކުލައެއްގެ ބަޔަކާ އެކީވެސް މަސައްކަތް ކުރަން! ސަރުކާރެއްވިއްޔާ އެކި ވިސްނުމުގެ މީހުން ގޮވައިގެން ރައްޔިތުންނަށް ލާބާ ހުރި ގޮތަކަށް ވެރިކަން ކުރަން އެނގެން ޖެހޭނޭ! ނަމަވެސް ތިމާމެންގެ އަމިއްލަ އަންބޮނޑި ބޮޑު ކުރަން އުޅޭ ބަޔަކު އަބަދުވެސް ބިރުން އުޅޭނީ ބާރުތައް ދޫކޮށްލަން!
ނޫނޭ
11 May 2017
ތިވާހަކަޔަށް އެއްބްސވެވޭކަށްނެތް. ގދ.ތިނަދޫ އަކީ މިސަރުކާރުން އެންމެގިނަ ބިޔަ މަޝާރޫޢު ހިންގި ރަށް. ތިނަދޫ އަކޫ %100 އެމްޑީޕީ ކައުންސިލެއް އޮންނަ ރަށެއް. އިއްޔެގެ އިންތިޚާބުގަވެސް ހަމަ %100 އެމްޑީޕީ...
ޑޯން
10 May 2017
ކިހާބޮޑުކަމެއް މާގަދަވެގެން އުލޭސަރުކާރެއް ސައިޒު ކޮއްލުންވެސް ވޯޓުން..