އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް (މ) ވާހަކަ ދައްކަވަނީ. އިންތިހާބުގެ ކަންކަން ދިޔައީ އިންސާފުވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން/ މިހާރު
16 މެއި 2017 - 17:01
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖޭން 66 ޕަސެންޓް މީހުން ވޯޓު ލާން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ފުރިހަމަކަމާއެކު ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާފަދަ އޮމާން، އިންސާފުވެރި އިންތިހާބެއް ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މުޅި ރާއްޖޭގައި ބޭއްވި އިންތިހާބުގައި ވޯޓު ލި މީހުންގެ އަދަދެއް އީސީން ހާމައެއް ނުކުރެ އެވެ.
"ބޭރުގެ އޮބްޒާވަރުންނާއި ސިޔާސީ ޕާޓީތަކާއި އެޗްއާރުސީއެމާއި އެހެން ފަރާތްތަކުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްފައި ހުރި ބަސްތަކަށް ބަލާފައި ޔަގީން މި ކުރަނީ އަޅުގަނޑުމެން ބޭނުންވި ފަދަ އިންސާފުވެރި އަމާން، އޮމާން އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދެވިއްޖެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ކޮމްޕްލެއަންސް ބިއުރޯ އަށް 116 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އޭގެ ތެރެއިން 115 މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަކްރަމް މިއަދު ވާހަކަ ދައްކަވަނީ. އިންތިހާބާ ގުޅިގެން 116 މައްސަލައެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އަކްރަމް ވިދާޅުވި ގޮތުގައި ކޮމްޕްލެއަންސް ބިއުރޯ އަށް މައިގަނޑު ގޮތެއްގައި ހުށަހެޅިފައި ހުރީ ވޯޓު ގުނުމާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކެވެ. އިންތިހާބާ ގުޅިގެން ހުށަހެޅީ ނަތީޖާ އަށް އަސަރު ކުރާ ފަދަ އެންމެ ޝަކުވާއެއް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި ތ. މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓު ލީ އެކަކަށް ނުބައި ކަރުހާދެއް ދިނުމުގެ މައްސަލަ އެވެ. އެ މައްސަލާގައި އީސީން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު ދެވަނަ ބުރެއް ބޭއްވުމަށެވެ. އެއީ އެކަމަކު ވޯޓު ދާދި ހަމަހަމަކޮށް ލިބުނު ހަތަރު ކެންޑިޑޭޓުންގެ މެދުގަ އެވެ.
ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ކުރިން ބޭއްވި އިންތިހާބުތަކާ އަޅާ ބަލާއިރު، މި ފަހަރު ހުށަހެޅުނު ޝަކުވާތައް މަދު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑިފުށީގެ އިތުރުން ށ. ކޮމަންޑޫގަ އެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ކޮމަންޑޫގައި ބާއްވަނީ ތިން ވަނަ ގޮނޑި އަށް މެމްބަރު ހޮވަން ހަމައެކަނި އެ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި ތިން މައްސަލައެއް ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެއް މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކު ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮތުން މާލެ އާއި އައްޑޫ އާއި ފުވައްމުލައް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައި ވަނީ ވެސް އެ ޕާޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
17 May 2017
100% މީހުން ވޯޓްލީނަމަ މިސަރުކާރަށް ނޭންގެ 5% ވެސް ލިބޭނެކަމެއް.
އަތުލަފި ޑިމޮކުރަސީ
17 May 2017
އެންމެ ވާދަވެރި ކަން ބޮޑު 2 ޕާރޓީގެ ކެންޑިޑޭޓުން ވާދަ ކުރި ގިނަ ދާއިރާ ތަކުން އިދިކޮޅު ބޮޑޭމެންގެ ޕާރޓީގެ 99% މީހުން ވޯޓްލާން ނިކުއް އެއީ މަގޭ ދާއިރާގެ ހަގީގައް ،އެމީހުން ބަރޯއަށް ލައިގެން ނުހިނގޭމީހުންވެސް ގެނައި ވޯޓްލާން ހައްގު އަދާކުރުވަން ،އެހެންވީމަ އިދިކޮޅައް އޮތީ އެމީހުންގެ ސައިޒް ފެނިފަ ނުފެނިގެން އުޅޭތަނަކީ ބާކީ އޮތް 40% މީހުން ނާއި އަމިއްލަ ގޮތުން ނެގި 100ވުރެން ގިނަގޮނޑި ހޯދިމީހުން ތިބި ގޮތް ،ނަތީޖާ ދެފަރާތައްވެސް ވަރައް ސާފްވާނެކަމަށް އުންމީދުކުރަން، އަދި ވާދަވެރި އިންތިޙާބެއްގަ ތިޔަ ދެޕާރޓީވެސް ރީތިބައްޔަކުން ބަލިކުރާނެ އަމިއްލަ ފަރުދީ ކެންޑިޑޭޓެއް ރައްޔަތުން ބޭނުންވާކަން ނިކަން ރަނގަޅައްވެސް އޮޅުންފިލައިފި ކަމުގަ ދަންނަވަން ، 2018 އާއްމު އާދަމީ ޒިންދާބާދު ،
ހެހެ
17 May 2017
66% ވަރަށް ރަނގަޅު ޢަދަދެއް! ސަރުކާރުބަލިވެއްޖެކަން ޔަޤީން! 2018 ގެ ވޯޓުން މިއަށްވުރެ ބޮޑަށް ބަލިވާނެ ކަންޔަޤީން! ބަލި ޔަޤީން!
މުގާބޭ
16 May 2017
ސިޔާސީ ކަންކަމަށް މީހުން ޝައުގު ނެތްކަން މި ޕަސެންޓުން ދޭހަވަނީ. ސަބަބަކީ ކޮންމެ ބަޔަކު ކިތަންމެ މޮޅުވާހަކައެއް ދެއްކިޔަސް ހުސް އަމިއްލައެދުމައިގެން އުލޭމީހުން ސިޔާސީ ދާއިރާގައި އުލޭ އެންމެންނަކީ.
VinaVisna
16 May 2017
ޝަކްވާ އާއި މައްސަލަ ތަށް މަދުވީ މައްސަލަ ޖައްސަން ތިބި ޕާޓީ އަށް އިންތިޚާބު ކާމިޔާބު ވިމުން ނެވެ. ސަރުކާރަށް އިންތިޚާބު ކާމިޔާބުވި ނަމަ ތިއެއް އެގުނީހެވެ.
ކަލް
16 May 2017
އަނހަހާ! ކީކޭ؟ ނާހަމަ ތެދެއް؟ އެހެންޔާ އެކަލޭގެ އެހެދީ ދޮގެއް އުތަ؟ ނިކުތީ އެންމެ 7 ޕަސަންޓި އޭ ކިޔައިގެން؟ ތޭ؟
ބޮލައްތުރާ
16 May 2017
ނުވެސްލާނަން.
ސައްޕޭ
16 May 2017
66 ވޯޓު ލީމާ ކީއްވެ ސަރުކާރުން ބުނަނީ ގިނަމީހުން ވޯޓުލާކަށް ނުނިކުމެޔޭ!
ކޮމެންޓު
16 May 2017
އަނެކަކު މިބުނަނީ ކޮންމެ ދިހަ މީހުންގެ ތެރެއިން ވޯޓުލީ ދެމީހުންނެވެ. ދޮގުރަސްގެފާނު!
modaf
16 May 2017
66% އަކީ ބޮޑު އަދަދެއް ލޯކަލް އިންތިޚާބަކާ ބަލާއިރު. ކުރީގެ ލޯކަލް އިންތިޚާބުގަވެސް އެވަރުނުވޭ. އެކަމަކު ބަލިވީ މީހުން ޕްރޮޕެގެންޑާ ފަތުރަނީ މީހުން ވޯޓްލާކަށް ނުނިކުމޭޔޭ ކިޔާފަ. ވޯޓް ލީމީހުންގެ އަދަދު ހާމަނުކުރިޔަސް ތިއޮތީ ހޯދޭކައްނު ކުރިން އިއުލާންކުރި ވޯޓްހައްގުވާ މީހުންގެ އަދަދުން. އަނެއްކޮޅުން ޕީޕީ ބަލިވީ ފައްސަތޭކަ އެތަށް ކެންޑިޑޭޓުން ނެރެގެން. އެންޑީޕީ އިން 400 ކެންޑިޑޭޓުން ނެރެގެން 300 ކާމިޔާބުކުރި. ދެން ބުނާނެ. ޢާއިލީ ވޯޓޭ. އަހަރުމެން ދެން 2018އިގަ އާއިޅީ ވޯޓް ކަނޑާލީމަ މިރައިސަށް ލިބޭނީ 5%.